241 ކޮމިޓީން ފާސްކުރި ޔޫޓީއެފް ރިޕޯޓަށް އިދިކޮޅުގެ އިސްލާހުތަކެއް

241 ކޮމިޓީން ފާސްކުރި ޔޫޓީއެފް ރިޕޯޓަށް އިދިކޮޅުގެ އިސްލާހުތަކެއް

އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށާއި އެއްބަސްވުންތަކުން ކުރާނީ ފައިދާކަމަށް ކަނޑައަޅާ، ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ފާސްކުރި ރިޕޯޓަށް އިދިކޮޅުން އިސްލާހު ހުށަހަޅައިފި އެވެ.

ޕީޕީއެމް-ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ ތެރެއިން މި އިސްލާހުތައް ހުށަހަޅުއްވާފައިވަނީ ވަނީ ޕީއެންސީގެ ޕީޖީ ލީޑަރު، އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު އެވެ. އޭގެ ތެރޭގައި ހިމެނެނީ 13 އިސްލާހެކެވެ.

ޖުމުލަ 15 މެމްބަރުން ހިމެނޭ 241 ކޮމިޓީގައި އެއްބަސްވުންތައް ދިރާސާކުރުމަށް ފަހު ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކޮށްފައި ވަނީ މިހަފްތާގެ އާދީއްތަ ދުވަހު ހާޒިރުވި މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން އަގުލަބިއްޔަތުންނެވެ.

ފުރަތަމަ އިސްލާހު: 4.1.1 ގެ އިބާރާތް އިސްލާހުކުރަން

ކޮމިޓީން ފާސްކުރި ރިޕޯޓުގައި އޮންނަނީ އެކްޝަން ޕްލޭން ފޯ ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިޔާއަކީ 2016 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އާދަމް ޝަރީފް ހުށަހެޅުއްވި އިސްލާހުގައި އޮތީ މިއީ އެއްބަސްވުމެއް ނޫން ކަމަށް ބުނެ، އެ އިބާރާތް އެކްޝަން ޕްލޭނަށް ބަދަލު ކުރުމަށެވެ.

ދެ ވަނަ އިސްލާހު: 4.2.13 ގެ ފަހަތަށް އިތުރު މާއްދާއެއް

މި ނުކުތާގައި އޭނާ ވަނީ އުތުރު ތިލަފަޅުގެ މަސައްކަތްތަކާއި އެތަނުގެ ފެސިލިޓީތައް ގާއިމުކުރުމާއި ބެލެހެއްޓުމުގެ ކަންކަން ވިލަރެސްކުރުމަށްޓަކައި ދިވެހި ސިފައިންނާއި އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރާއި އިންޑިޔާގެ އެހެން ފަރާތްތައް ހިނެމޭގޮތަށް ޖޮއިންޓް ކޮމިޓީއެއް އުފައްދުމަށް ލަފާދެއްވައިފަ އެވެ.

ތިންވަނަ އިސްލާހު: 4.2.14 ގެ ފަހަތަށް އިތުރު މާއްދާއެއް

ތިންވަނަ އިސްލާހުގައި ވަނީ އުތުރު ތިލަފަޅު އެއްބަސްވުމުން ފަދަ އަސްކަރިއްޔާއާ ގުޅިފައިވާ އެއްބަސްވުންތަކުގައި ސަރުކާރުން ފަރާތުން ސޮއިކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ނުވަތަ 241 ކޮމިޓީއާއި ހިއްސާކުރުމަށެވެ.

ހަތަރުވަނަ އިސްލާހު: 4.3.4 ގެ އިބާރާތް އިސްލާހުކުރަން

ރިޕޯޓުގައި ވަނީ ޔޫޓީއެފް އެއްބަސްވުމުގެ ދަށުން ޑޯނިއާ މަތިންދާބޯޓާއެކު ހަރަކާތްތެރިވާ އިންޑިޔާގެ ފަރާތްތަކުގެ ކެއުމާއި ތިބުމާއި އަދި އެހެނިހެން ހަރަދުތައް ހަމަޖައްސަމުން ދަނީ އިންޑިޔާ ސަރުކާރުގެ ފަރާތުން ކަމަށެވެ. އާދަމް ޝަރީފް އިސްލާހުގައި ވަނީ "އިންޑިޔާގެ ފަރާތްތައް"، މި ލަފްޒު "އެގައުމުގެ ސިފައިންނަށް" ބަދަލުކޮށްފަ އެވެ.

ފަސްވަނަ އިސްލާހުން ފެށިގެން 13 ވަނަ އިސްލާހަށް: އިތުރު ނުކުތާތަކެއް ރިޕޯޓުގައި ހިމެނުމަށް

ޔޫޓީއެފް އެއްބަސްވުމުގެ ދަށުން ޑޯނިއާ މަތިންދާބޯޓާއެކު ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިންނަށް ހާރިޖީ ސަލާމަތްތެރިކަން (ޑިޕްލޮމެޓިކް އިމިޔުނިޓީ) ދިނުމަށް ރާއްޖެއިން އެއްބަސްވެފައިވާ ކަމަށް އިތުރުކުރަން އާދަމް ޝަރީފް ހުށަހެޅުއްވި އެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިއްކައިގެން ރޯޔަލްޓީގެ ގޮތުގައި 25 އިންސައްތަ ފައިދާ ރާއްޖެއަށް، އަދި 75 އިންސައްތަ ފައިސާ އިންޑިއާއަށް ދިނުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ލިޔުއްވާފައި ވެ އެވެ.

މީހެ އިތުރުން ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިއްކޭނީ ހަމައެކަނި އިންޑިއާއަށް ކަމަށާއި، ރާއްޖެއަށް އެ ޗާޓުތައް ނުވިއްކޭނެ ކަމަށް އެއްބަސްވުމުގައިވާތީ، ރާއްޖޭގެ މަސްލަހަތު ރައްކާތެރިވެފައި ނުވާކަން އިސްލާހުގައި ފާހަގަކޮށްފައިވެ އެވެ.

އަދި އިންޑިއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އެގައުމުގެ 75 ސިފައިން ތިބިކަން ހާމަވެފައިވާ ކަމަށާއި، ބޭރު ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީކޮށް ނުތިބެވޭނެ ގޮތަކަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަދަލުކުރުމަށް ގޮވާލާފައިވެ އެވެ.

މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މެމްބަރުން ތަމްސީލުކުރާ 241 ކޮމިޓީ ގައި، އެއްބަސްވުންތައް ދިރާސާކުރުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުންތަކަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލު އާއި ސިފައިންގެ ވެރިން ހާޒިރުކޮށް ސުވާލު ކުރި އެވެ.

އެ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވާ ގޮތުގައި މި ދިރާސީ ރިޕޯޓް އެކުލަވާލާފައި ވަނީ ހަތަރު ޑޮކިއުމެންޓަކާއި ކޮމިޓީގައި ސިފައިން ދިން ޕްރެޒެންޓޭޝަނުން ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި މި އަހަރުގެ ފެބްރުއަރީގައި ސޮއިކުރުމަށް ފަހު، އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ އެކްޝަން ޕްލޭންގެ ކުރިން އުތުރު ތިލަފަޅުގައި ކޯސްޓްގާޑަށް ބަނދަރެއް ތަރައްގީކުރުމުގެ މަޝްވަރާތައް 2013 ގައި އޭރުގެ ޑިފެންސް މިނިސްޓަރު އިންޑިއާ އަށް ކުރެއްވި ދަތުރެއްގައި ކުރެއްވި ކަމަށެވެ. އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވީ ދަނގެތީ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ނާޒިމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox