މާލެއިން މީހަކު ވަގަކަށް ނުނަގާ، ސިފައިންގެ މީހާގެ ޖެހިގެން އުޅެނީ ޒާތީ މައްސަލައެއް: ފުލުހުން

ފަހީމް ހޮސްޕިޓަލުގައި: އޭނާގެ ހާލު ރައީސް ސޯލިހު ވެސް ބެއްލެވި -- ފޮޓޯ: އެމްއެންޑީއެފް

ފަހީމް ހޮސްޕިޓަލުގައި: އޭނާގެ ހާލު ރައީސް ސޯލިހު ވެސް ބެއްލެވި -- ފޮޓޯ: އެމްއެންޑީއެފް

މާލޭގެ މަގުމަތިން ރޭ މީހަކު ވަގަށް ނެގި ކަމަށް އަޑުފެތުރިފައިވި ނަމަވެސް އެފަދަ ކަމެއް ހިނގާފައިނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ކޯސްޓު ގާޑުގައި މަސައްކަތް ކުރާ ހަސަން ފަހީމް، 37، ރޭ ވަގަށްނަގައި، ބަޔަކު އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ރަހުމަތްތެރިންނާއި އާއިލާގެ މީހުންގެ ކައިރި އޭނާގެ ބުނެފައިވެ އެވެ. އަދި މަގުމަތިން ވަގަށް ނެގި ކަމަށް ބުނާ ގޮތާއި އަނިޔާ ކުރި ކަމަށް ބުނާ ގޮތް ތަފްސީލުކޮށް ފަހީމް ކިޔައިދީފައިވެ އެވެ.

ނަމަވެސް އެ މައްސަލައިގައި ފުލުހުން މިރޭ ބުނެފައި ވަނީ ފަހީމުގެ މައްސަލައިގައި މިހާތަނަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު "ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވޭ" ކަމަށެވެ.

"މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނާށް ލިބިފައިވާ މައުލޫމާތުން ބެލެވޭ،" ފުލުހުން ބުނެފައިވެ އެވެ.

ފަހީމު ކިޑްނެޕްކޮށް ހައެއްކަ ގަޑިއިރު ވަންދެން އަނިޔާ ކުރި ކަމަށް އޭނާ ބުނުމުން ސިފައިންގެ ވަރަށް އިސް ވަދުފެއް ވަނީ އޭނާ ކައިރިއަށް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފަ އެވެ. އަދި ފަހީމު ވަގަށް ނެގި ކަމަށް ބުނާ މައްސަލަ ކުށްވެރިކޮށް އެމްއެންޑީއެފުން މިއަދު ބަޔާނެއް ވެސް ނެރުނެވެ.

އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ފަހީމުގެ ހާލު ބައްލަވައިފަ އެވެ. އަދި އޭނާގެ އާއިލާއަށް ވެސް މި ދަނޑިވަޅުގައި އެހީތެރިވެދެއްވާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox