އިރާނުގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ޖިންސު ކަށަވަރު ކުރަން އުރުދުން އިން އެދެފި

އިރާނުގެ ގޯލްކީޕަރު ޒުހްރާ ކުދާއީ

އިރާނުގެ ގޯލްކީޕަރު ޒުހްރާ ކުދާއީ

އައްމާން، އުރުދުން (ނޮވެމްބަރު 16) - އިރާނުގެ އަންހެން ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރުގެ ޖިންސު ޔަގީން ކުރަން އުރުދުން އިން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގައި އެދެފި އެވެ.

ދެހާސް ބާވީސް ވަނަ އަހަރު އޮންނަ އަންހެނުންގެ އޭޝިއަން ކަޕްގެ ކޮލިފައިން މެޗެއްގައި ސެޕްޓެމްބަރު 25 ވަނަ ދުވަހު އިރާނުން ވަނީ ފުރަތަމަ ފަހަރަށް އުރުދުން ބަލިކޮށްފަ އެވެ. ޕެނަލްޓީ ޖަހައިގެން އުރުދުން ބަލިވީ 2-4 އިންނެވެ.

އުރުދުންގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް އަމީރު އަލީ ބިން އަލް ހުސެއިން ޓްވީޓު ކުރެއްވި ސިޓީއެއްގައި އެދިފައި ވަނީ "ޖިންސު ޔަގީން ކުރުމުގެ ތަހުގީގެއް" ހިންގައި ދިނުމަށެވެ.

އިރާނުގެ ޓީމުގެ ގޯލްކީޕަރަކީ ފިރިހެނަކަށް ވެއްޖެ ނަމަ އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ހުސެއިން ވިދާޅުވެ، އޭއެފްސީ "ނިދިން ހޭލުމަށް" އޭނާ ވަނީ ގޮވާލާފަ އެވެ.

ނަމަވެސް އިރާނުގެ ޓީމަށް ކުޅުންތެރިން ހޮވާ މަރްޔަމް އިންދްސޫތު އެ ވާހަކަތައް ދޮގު ކުރުމަށް ފަހު ބުނީ ކޮންމެ ކުޅުންތެރިޔަކު ވެސް ހޮވަނީ މެޑިކަލް ޓީމުން ރަނގަޅަށް ބެލުމަށް ފަހު ކަމަށެވެ.

"މެޑިކަލް ޓީމުން ކޮންމެ ކުޅުންތެރިއެއް ވެސް ރަނގަޅަށް ބަލައި ހޯމޯންސް ހުރި މިންވަރު ދެނެގަންނަން. އޭގެ ބޭނުމަކީ މިފަދަ މައްސަލަތައް ކުރިމަތިވެދާނެތީ ތައްޔާރުވުން،" އޭނާ ބުންޏެވެ.

"އޭއެފްސީން ބޭނުންވާ ހުރިހާ ލިޔުމެއް އެއްވެސް ލަސްކުރުމެއް ނެތި އަޅުގަނޑުމެން ފޯރުކޮށްދޭނަން."

އިރާނުގެ ގޯލްކީޕަރު ޒުހްރާ ކުދާއީގެ ޖިންސާ މެދު ސުވާލު އުފައްދާފައި ވާއިރު، އުރުދުން އިން އޭއެފްސީ އަށް ފޮނުވި ސިޓީގައި ބުނީ އިރާނަކީ "ޖިންސު އޮޅުވާލުމާއި މަނާ ބޭސް ބޭނުންކުރުމުގެ" މާޒީއެއް އޮތް ގައުމެއް ކަމަށެވެ.

ނަމަވެސް އިރާނުން ބުނެފައި ވަނީ އުރުދުން އިން އެފަދަ ވާހަކައެއް ދައްކަނީ އެ ގައުމުގެ އަތުން ބަލިވުމުގެ ލަދާ ހެދި ކަމަށާއި އޭޝިއަން ކަޕްގެ ޗެމްޕިއަނުންނަށް ވުމުގެ ބޮޑު އުއްމީދެއް އުރުދުން އިން ގެންގުޅޭ ކަމަށެވެ.

އޭއެފްސީ އަންހެނުންގެ އޭޝިއަން ކަޕް ފަށަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހު އިންޑިއާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox