ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާނީ ސެކަންޑްރީ ހައުސިން މާކެޓެއް އުފަންވެގެން: އަސްލަމް

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން "އަދަދު"އަށް ދެއްވި އިންޓިވިޔުއެއްގެ ތެރެއިން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން "އަދަދު"އަށް ދެއްވި އިންޓިވިޔުއެއްގެ ތެރެއިން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލެ ސަރަހައްދުގައި ދިރިއުޅޭ ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ވަރަށް ގެދޮރު ލިބޭނީ ސެކަންޑްރީ ހައުސިން މާކެޓެއް އުފަން ވެގެން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އާރްސީސީގެ "ދި ބްލޫ ހޭވަން ރެޒިޑެންސީސް" އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި ބޯހިޔާވަހިކަމުގެ މައްސަލައިގައި އަސްލަމް ވިދާޅުވީ މިހާރު ވެސް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ބޭނުންވާ އެކި ފަންތީގެ 17،000 ދިރިއުޅެމުންދާ ކަމަށެވެ. އޭގެ ތެރޭގައި ނިކަމެތިންނާއި، މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންނާއި މުއްސަނދިން ހިމެނޭއިރު، ކުރިން ހައުސިން ޕްރޮޖެކްޓުތައް ހިންގީ އެކަމަށް ވިސްނައިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ސަރުކާރާއި ސަރުކާރުން އަމިއްލަ ޑިވެލޮޕަރުންނާ ހަވާލުކޮށްގެން ހިންގި ގިނަ މަޝްރޫއުތައް ހިންގީ އެއް އަގެއްގައި ވިއްކާ ގޮތަށް، އެއް ފަރުމާއަކަށް ހުންނަ، އެއް ބާވަތެއްގެ އެޕާޓުމަންޓުތަކެއް އިމާރާތްކުރާ ކުރާ ގޮތަށް އެއްބަސްވެވިގެންނެވެ. މީގެ ތެރެއިން ސަރުކާރުން ހިންގި ސޯޝަލް ހައުސިން ޕްރޮޖެކްޓުތައް ފިޔަވާ ބާކީ ހުރި ޕްރޮޖެކްޓުތަކަކީ ތަނަވަސް އާއިލާތަކަށް އެކަނި އަމާޒުކޮށްގެން ހިންގި ޕްރޮޖެކްޓުތަކެކެވެ.

އަސްލަމް ވިދާޅުވީ މިއީ މުޖުތަމައުގެ ހާލަތާ ބައްދަލު ސިޔާސަތަކަށް ނުވާތީ އެ ސިޔާސަތު މި ސަރުކާރުން ބަދަލުކުރީ ކަމަށެވެ. އަދި މިހާރު ޕްރޮޖެކްޓުތައް ހަވާލުކުރަނީ ހުރިހާ ފަންތިއެއްގެ މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހިމެނޭނެހެން މިކްސްޑް ޑިވެލޮޕްމަންޓުތަކުގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މިކްސްޑް ޑިވެލޮޕްމަންޓުތައް ބެހިފައިވާ ކެޓެގަރީތައް

  • ސޯޝަލް ހައުސިން: ލީސް-ޓު-އޯން (ކުލި ދީގެން މިލްކުކުރެވޭ) މޮޑެލްގެ ދަށުން ދޫކުރާ ގޮތަށް.
  • މިޑް ރޭންޖް ހައުސިން: ސަރުކާރުން ކަނޑައެޅި 2.2 މިލިއަން ރުފިޔާގެ ކޮންޓްރޯލް އަގުގައި ވިއްކާ ގޮތަށް.
  • ލަގްޒަރީ ހައުސިން: ޑިވެލޮޕަރު އިހުތިޔާރުކުރާ ގޮތަކަށް ފަރުމާކޮށް އަމިއްލައަށް އަގު ކަނޑައަޅައިގެން ވިއްކާ ގޮތަށް.

titledesc

އަސްލަމް ވިދާޅުވީ މިކްސްޑް ޑިވެލޮޕްމަންޓް ސިޔާސަތުގެ އަނެއް ބޭނުމަކީ ސެކަންޑްރީ ހައުސިން މާކެޓެއް އައުން ކަމަށެވެ. ނަމަވެސް މިކަމަށްޓަކައި އެބަޔެއްގެ ތަނަވަސްކަމާ އެއްވަރުގެ ބޯހިޔާވަހިކަމެއްގައި ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާލި ނަމަވެސް ގެދޮރަކީ އެ މީހެއްގެ ތަނަވަސްކަން ކުރިޔަރާދާ މިންވަރަކުން ބަދަލުވާ އެއްޗެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު ރާއްޖޭގައި އެހެން އެކަން ނުހިނގާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ގިނަ ދިވެހިންނަށް ވިސްނިފައި އޮންނަނީ އެންމެ ފުރަތަމަ ލިބޭ ތަނަކީ މުޅި އުމުރަށް ދިރިއުޅެން ޖެހޭ ތަނެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

މި ވިސްނުން ބަދަލުކޮށް ތަނަވަސްކަމާ އެއްވަރު ތަންތަނަށް ބަދަލުވެ، ކުރިން އުޅުނު ތަން އެ ބޭނުންވާ މީހާއަށް ދޫކޮށްލަން މިނިސްޓަރު ގޮވާލެއްވި އެވެ. އަދި ގެދޮރަކީ އެއް އަތުން އަނެއް އަތަށް ދައުރުވާ އެއްޗަކަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ތަނަވަސްކަމުގެ ހަރުފަތުގައި ކުރިއަރާ ދާން ފެށީމާ އެއަށް ވުރެ ރަނގަޅު ތަނަކަށް އަޅުގަނޑުމެން ޖެހޭ ހިޖުރަކޮށް ހޯދަން ދޫކޮށްލާފައި ދެން އެތަން އަނެއްކާ ސެކަންޑްރީ މާކެޓުގައި އެކަމަށް ނީޑުވެފައި ހުރި މީހަކު އެތަނަކަށް ދާނެ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިހާރު މިކުރާ މަސައްކަތުގެ ނަތީޖާގެ އުއްމީދަކީ މިފަދަ މާކެޓެއް އުފެދިގެން ދިޔުން ކަމަށެވެ. އަދި މިއާއެކީ ދިވެހިންގެ ތެރޭގައި ގެދޮރު ދޫކޮށް، ތަނަވަސްކަމާ ބައްދަލު ތަނަކަށް ހިޖުރަކުރުމުގެ އާދަ އުފެދިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox