ނަފުރަތުގެ ބިލު: ކާފަރެކޭ ބުނެވޭނީ ދީނީ އިލްމުވެރިންގެ މެދުގައި ހިލާފެއް ނެތް ނަމަ

ނަފުރަތުގެ ބިލު: ކާފަރެކޭ ބުނެވޭނީ ދީނީ އިލްމުވެރިންގެ މެދުގައި ހިލާފެއް ނެތް ނަމަ

އިސްލާމްދީނާ ގުޅުވައިގެން ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދިފައިވާއިރު، އެ ބިލާ ގުޅިގެން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާއަތްކޮށް އެ ބިލު އަނެއްކާވެސް އިސްލާހުކޮށްފި އެވެ.

އެ ބިލު އެންމެ ފުރަތަމަ ހުށަހެޅިގެން އައިގޮތާމެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުން ވެސް ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

އެއާއެކު އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އާއްމުންގެ ހިޔާލުތައް ވެސް ހޯދައި، އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ.

އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެ ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގެ ފުރަތަމަ މާއްދާގައި ފުރަތަމަ އޮތް ގޮތާމެދު އެވެ.

އެއާއެކު އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން އެއީ ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ މާއްދާ ވަނީ މުޅިން އިސްލާހުކޮށްފަ އެވެ.

އެ މާއްދާ ކޮމިޓީން އިސްލާހުކުރީ، ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެ މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި އާއްމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުން އެއީ ކުށެއް ކަމަށް ކަނޑައެޅުމަށެވެ.

ނަމަވެސް، އެ މާއްދާ ރަނގަޅުކުރުމުގެ ނިޔަތުގައި ކޮމިޓީން ގެނައި އިސްލާހުގެ ސަބަބުން އެ ބިލު ކުރިއަށްވުރެ ގޯސްވެފައިވާ ކަމުގެ ކަންބޮޑުވުންތައް ފާޅުކުރި އެވެ.

އެގޮތުން، އިސްލާމްދީނުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވާ ގިނަ ކަންކަން ހުންނައިރު، ވަކި ރައުޔުއެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އޮތް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އަމަލުކޮށް ބަސްބުނުމުގެ ޖާގަ ލިބޭ ކަމީ އެ އިސްލާހާމެދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

އެގޮތުން، އެ މާއްދާގައި ދީނީ އިލްމުވެރިންނަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށެވެ.

އަދި ހަރުކަށި ވިސްނުން އާއްމުގޮތެއްގައި ބިނާވެފަ ހުންނަނީ އެމީހުން ގަބޫލުކުރާ ވަކިވަކި އިލްމުވެރިންގެ ބަހަށް ކަމަށްވާއިރު، ބިލުގެ އެ މާއްދާ އޮތް ގޮތުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ވިސްނުމަށް ވެސް ހިމާޔަތްލިބޭ ކަމަށް ވެސް ބުނެ އެވެ.

އެއާއެކު ސަރުކާރުގެ ފަރާތުން ފަހު ވަގުތު ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މެދުވެރިކޮށް އިސްލާހުތަކެއް ހުށަހެޅި އެވެ. ނަމަވެސް، އެ އިސްލާހުތަކާމެދު އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ތެރޭގައި ހިލާފު އުފެދި، މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައިލި އެވެ.

އެ ބިލު އަނެއްކާވެސް އިސްލާހުކޮށް ކޮމިޓީން ނިންމި ގޮތް

އެ ކަންބޮޑުވުންތައް ހައްލުކުރަން ޖުޑީޝަރީ ކޮމިޓީން ވަނީ ބަންޑަރަ ނައިބުގެ އޮފީހުގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއެކު ގިނަ މަޝްވަރާތައް ކޮށްފަ އެވެ.

އެ މަޝްވަރާތަކުގެ އަލީގައި ކޮމިޓީން ވަނީ އެ ބިލަށް އަނެއްކާވެސް ގިނަ އިސްލާހުތަކެއް ގެނެސްފަ އެވެ.

އެގޮތުން، ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، ސުންނީ ޖަމާއަތުގެ މުއުތަބަރު ރައުޔަކާ ހިލާފުނުވާ ގޮތަށް މީހަކު ފާޅުކުރާ ޝުއޫރަކުން އެ މީހަކީ އިސްލާމްދީނާ ދެކޮޅު މީހެކޭ އާންމުތަނެއްގައި ބުނުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

titledesc

އޭގެ އިތުރުން، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ފާޅުނުކުރާ ހިނދަކު އެ މީހަކީ އިސްލާމްދީނާ ދެކޮޅު މީހެކޭ އާންމުތަނެއްގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެ ބިލު ވަނީ އިސްލާހުކޮށްފަ އެވެ. އެފަދަ އަމަލެއް ކުށެއްގެ ގޮތުގައި އެ ބިލުގައި ކަނޑައަޅާފައިވަނީ އެފަދަ އަމަލެއް ހިންގުމާއެކު އަނިޔާއެއް ދިނުން ނުވަތަ އަނިޔާވެރިވުމަށް ގޮވާލުމެވެ.

އަދި މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ސިޔާސީ ވިސްނުމަށް، ނުވަތަ ދީނަށް ބަލައި މީހަކަށް އަނިޔާއެއް ދިނުން ނުވަތަ ދޭން ގޮވައިލުން ވެސް ކުށެއް ކަމަށް ކަނޑައަޅައި ބިލު ވަނީ އިސްލާހުކޮށްފަ އެވެ.

މީގެ އިތުރުން، އެކި ކަންކަމާމެދު ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް ހުރަސްނޭޅޭ ގޮތަށް މާއްދާއެއް ވަނީ އިތުރުކޮށްފަ އެވެ.

މާނަކުރުމަށް ބޮޑު އިސްލާހެއް

މި ބިލު ކޮމިޓީން މިހާރު އިސްލާހުކޮށްފައިވާ ގޮތަށް ބަލާއިރު، އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުފުރުވުމާއި މުރުތައްދުވުން މާނަކުރުމަށް ގެނެސްފައިވާ ބަދަލެވެ.

އެގޮތުން، މީގެ ކުރިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާއަތްކޮށް، ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ކަމަށް މާނަކޮށްފައިވަނީ އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި ވަކި އަމަލަކީ ކުފުރުގެ އަމަލެއްކަމާމެދު ނުވަތަ ވަކި ބަހަކީ ކުފުރުގެ ބަހެއްކަމާމެދު ހިލާފެއް ނެތް އަމަލަށާއި ބަހަށް ކަމަށް ބުނެފައި ވެ އެވެ.

އަދި މުރުތައްދުވެފައިވާ މީހެއް ކަމަށް ބުނެވޭނީ އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި އެ އަމަލަކީ މުރުތައްދުވުމުގެ އަމަލެއްކަމާމެދު ހިލާފެއް ނެތް އަމަލެއް މުސްލިމަކުކޮށްފި ކަމުގައި ކަނޑައެޅުމަށް، އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލުން ކަމާބެހޭ ޝަރުއީ ކޯޓަކުން އެކަން ސާބިތުކޮށް އެގޮތަށް ކަނޑައަޅާ ހާލަތުގައި ކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ދީނަށް ފުރައްސާރަކުރުމަކީ ޖިނާއީ ކުށެއް

އިސްލާމްދީނާ ގުޅުވައިގެން ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދާއިރު، ދީނަށް ފުރައްސާރަކުރުން ވަރިހަމަކަމަށް ބުނެ ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާއެކު، ސޯޝަލް މީޑިއާ ފަދަ މުއާސަލާތީ ވަސީލަތަކުން އިސްލާމްދީނަށް ފުރައްސާރަކުރުން ވެސް ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން އިތުރު ބިލެއް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އެވެ.

އެ ބިލު ވެސް ނަފްރަތުގެ ބިލާއެކުގައި ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށްފައިވާއިރު، މި ރިޕޯޓުގައި އެ ބިލަށް ވެސް ބައެއް އިސްލާހުތައް ވަނީ ގެނެސްފަ އެވެ.

އެގޮތުން، ހިސާން ހުށަހެޅުއްވި ބިލުގައި ގާނޫނުލްއުގޫބާތުގެ 617 މާއްދާއަށް އަކުރެއް އިތުރުކުރަން ހިމަނާފައިވާއިރު، ކޮމިޓީން ވަނީ އެއަށް މާއްދާއެއް އިތުރުކޮށްފަ އެވެ.

ޖުޑީޝަރީން ކޮމިޓީން އެ ދެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް މިހާރު ފޮނުވާފައިވާއިރު، އެ ރިޕޯޓަށް ވޯޓަށް އެހުން މިއަދުގެ ޖަލްސާގައި ވަނީ ތާވަލުކޮށްފަ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox