މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ހަށިގަނޑު ފެނިފައިވަނީ ބުރުޒު މަގުގައި ހުންނަ ގ. އާފަލުގެ ނަމަކަށް ކިޔާ ގެއެއްގެ ތެރެއިންނެވެ. ފުލުހުން މިހާރު ދަނީ އެ ގޭ ތެރޭގައި ހަރަކާތްތެރިވަމުންނެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާއާ ގުޅިގެން ފުލުހުން ބުނީ އެފަދަ ރިޕޯޓެއް ލިބިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބޭ މިންވަރަކަށް އާއްމުކުރާނެކަމަށް ވެސް ފުލުހުން ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނަށް އެންމެ ފުރަތަމަ އެކަން ރިޕޯޓްކޮށްފައިވަނީ އެ ގޭ ތެރެއިން ކުނި ވަސް ދުވާތީވެ އެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާއާ ބެހޭ ގޮތުން އިތުރު އެހެން އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.













