ވާދަވެރި މާކެޓުތަކާއި ކޮވިޑުން އާމްދަނީއަށް ހިރާސް ބޮޑު: އެމްއެމްއޭ

ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އެމްއެމްއޭގެ އިސްވެރިން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެނީ: މި ބައްދަލުވުމުގައި ގަވަރުނަރު އަލީ ހާޝިމް (މ) އާއި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު (ވ) ބައިވެރިވެވަޑައިގެންނެވި. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އެމްއެމްއޭގެ އިސްވެރިން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެނީ: މި ބައްދަލުވުމުގައި ގަވަރުނަރު އަލީ ހާޝިމް (މ) އާއި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު (ވ) ބައިވެރިވެވަޑައިގެންނެވި. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމުގައިވާ ޓޫރިޒަމުން އާމްދަނީ ހޯދަން ހުށަހަޅާފައިވާ ކަންކަމަށް ވާދަވެރި މާކެޓުތައް ހުޅުވުމުގެ ސަބަބުންނާއި ކޮވިޑު ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ހިރާސް ބޮޑުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ބުނެފި އެވެ.

ފިނޭންސުން ހުށަހެޅި ބަޖެޓަށް އެމްއެމްއޭއިން އެރުވި ލަފަޔާ ގުޅިގެން މަޖިލިހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގައި އަންދާޒާކުރާ އާމްދަނީގެ ދާއިރާއިން މައިގަނޑު ކަންބޮޑުވުންތައް ހުރީ ޓޫރިޒަމާ ގުޅިފަ އެވެ.

އޭގެ އިތުރުން އަންދާޒާކުރާ އަދަދަށް ހިލޭ އެހީ ނުލިބިދާނެ ކަމުގެ ކަންބޮޑުވުމާއި އާމްދަނީ އިތުރުކުރަން ހުށަހަޅާ ކަންކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ލަސްވުމުގެ ސަބަބުން ވެސް އާމްދަނީއަށް އަސަރުކޮށްފާނެ ކަމަށް އެމްއެމްއޭ އިން ފާހަގަކުރި އެވެ.

Advertisement

ޓޫރިޒަމް މަޑުޖެހިދާނެ، ސަމާލުވާން ޖެހޭ

އެގޮތުން އަންނަ އަހަރު ވެސް ރިސޯޓު ތަރައްގީކުރުމުގެ ބޭނުމަށް ރަށްތަކެއް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ގާތްގަނޑަކަށް 148 މިލިއަން ރުފިޔާ (9.5 މިލިއަން ޑޮލަރު) ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެ އެވެ. ނަމަވެސް އެމްއެމްއޭއިން ބުނަނީ މި އަދަދަށް އާމްދަނީ ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެމްއެމްއޭގެ ލަފާގައި ފާހަގަކުރި ގޮތުގައި ރިސޯޓު ހަދަން މި އަހަރު ދޭން މަސައްކަތް ކުރި ރަށްތައް އެކި ސަބަބުތަކާ ހުރި ވިކިފައި ނުވުމުގެ ސަބަބުން، މިފަހުން ބީލަން ހުޅުވާލި ރަށްތަކުން ވެސް އެ އަދަދުގެ އާމްދަނީއެއް ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އައު ރިސޯޓު ތަރައްގީ ކުރުމަށް 12 ރަށެއް ހުޅުވާލައި އެކުއިޒިޝަން ފީ ގެ ގޮތުގައި ޖުމްލަ 148 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައި. ނަމަވެސް، 2021 ވަނަ އަހަރުގެ ތެރޭގައިވެސް ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލި ގިނަ ރަށްތައް ތަފާތު ސަބަބުތަކާ ގުޅިގެން ވިކިފައިނުވުމުން، 2022 ވަނަ އަހަރު އިކުއިޒިޝަން ފީގެ ގޮތުގައި އަންދާޒާކޮށްފައިވާ ޖުމްލަ އަދަދު ނުލިބުމުގެ ހިރާސް ހުރިކަން ފާހަގަކުރަން." އެމްއެމްއޭގެ ލަފާގައި ބުންޏެވެ.

މި ކަންބޮޑުވުންތައް އިތުރަށް ތަފްސީލުކޮށްދެއްވަމުން ބަޖެޓު ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ލަފާ އެގޮތަށް އެރުވީ މާޒީގައި ކަންކަން ހިނގާފައި ހުރި ގޮތަށް ބިނާކޮށް ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ބަޖެޓުގައި ރިސޯޓު ހަދަން ރަށްތައް ކުއްޔަށް ދީގެން އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، ގިނަ ފަހަރު އެ އަދަދަށް ރަށްތައް ދޫނުކުރެވޭ ކަމަށެވެ.

އެހެންކަމުން މި ފަހަރު ވެސް އެކަމަށް ސަމާލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓު ހަދަން ރަށްތައް ނުވިކުމުގެ އިތުރަށް، ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތު ގޯސްވުމާއި ވާދަވެރި މާކެޓުތައް ހުޅުވުމުގެ ސަބަބުން ވެސް އާމްދަނީއަށް އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން އެމްއެމްއޭ އިން ފާޅުކުރި އެވެ.

އަދި މުޅި އާމްދަނީގެ ބޮޑު ބަޔެއް ޓޫރިޒަމަށް ބަރޯސާވާއިރު، މި ދެ ސަބަބާ ހުރެ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ. މީގެ ސަބަބުން ޓޫރިޒަމް އާމްދަނީގެ އިތުރުން އެތެރޭގެ އިގުތިސޯދަށް ވެސް ލޮޅުން އައިސްދާނެ ކަމަށް އެމްއެމްއޭ އިން ފާހަގަކުރި އެވެ.

އާމްދަނީ އިތުރުކުރަން ހުށަހަޅާ ކަންކަން ތަންފީޒެއް ނުވޭ

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރަން ފަށާ ކަންކަމުން 727 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށް ވަނީ ހިމަނާފަ އެވެ. މިކަންކަމުގެ އާންމުންނަށް ބިން ވިއްކުމާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ސާވިސް ޗާޖް އިތުރުކުރުމާއެކު ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުން ހިމެނެ އެވެ.

މީގެ ތެރެއިން ވެސް އެއް ކަމަކުން އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރަނީ ބިން ވިއްކައިގެންނެވެ. އެއީ 300 މިލިއަން ރުފިޔާ އެވެ.

އާމްދަނީ އިތުރުކުރަން ހުށަހެޅި ކަންކަމުގެ ތެރެއިން ގިނަ ކަންކަމަކީ މި އަހަރުގެ ބަޖެޓުގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށް ހުށަހެޅި ކަންކަމެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ އަހަރުގެ ތެރޭގައި އެކަންކަން ތަންފީޒު ނުކުރެވި، އަންނަ އަހަރަށް ވަނީ ފަސްކުރެވިފަ އެވެ. މިހެން ދިމާވާން މެދުވެރިވީ އެކަންކަމާއި ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުން ލަސްވުމާއި، ކޮވިޑާ ގުޅިގެން އިގުތިސޯދު އޮތް ހާލަތުގެ ސަބަބުން ކަމަށް ބަޖެޓު ހުށަހަޅަމުން ފިނޭންސުން ފާހަގަކުރި އެވެ.

"2022 ވަނަ އަހަރުގެ އާމްދަނީ އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވާ ބައެއް ސިޔާސަތުތަކަކީ 2020 އަދި 2021 ވަނަ އަހަރުގެ ތެރޭގައި ކުރަން ރޭވިފައިވާ ކަންތައްތައް ކަމުގައި ވީނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން މިއަހަރު މި ކަންކަން ތަންފީޒު ނުކުރެވިފައިވާކަން ފާހަގަކުރަން. އެހެންކަމުން، މިފަދަ ކަންތައްތައް ކަނޑައެޅިފައިވާ ތާރީހުގައި ތަންފީޒުކުރުމަށް ގެންނަންޖެހޭ ގަވާއިދުތަކާއި ސިޔާސަތުތައް އެކުލަވާލައި މިކަންކަމާއި ގުޅޭ އިދާރާތަކާއެކު ދުރާލާ މަސައްކަތް ފެށުމަށް މިއޮތޯރިޓީ އިން ލަފާއަރުވަން،" އެމްއެމްއޭގެ ލަފާގައި ބުންޏެވެ.

އެމްއެމްއޭއިން މިކަމުގައި ކަންބޮޑުވުން ހުރީ އެ ސިޔާސަތުތައް ތަންފީޒުކުރަން ބޭނުންވާ ގަވާއިދުތައް ނުހެދި ދިގުލައިގެން ދިޔުމެވެ. މިއީ މި އަހަރަށް ބަޖެޓު ހުށަހަޅައިގެން ދިޔަ މަޝްވަރާތަކާއި، ބަޖެޓު ރިވިއުކުރުމުގެ ތެރޭގައި ވެސް އެމްއެމްއޭގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. އަދި ބޭނުންވާ ނަތީޖާ ނެރެން ބޭނުންވާ ނަމަ، އަހަރުގެ ކުރީކޮޅު ގާނޫނުތަކާއި ގަވާއިދުތަކުގެ މަސައްކަތް ނިމި ތަންފީޒުކުރަން އެމްއެމްއޭގެ ލަފާގައި ބާރު އެޅި އެވެ.

އެމްއެމްއޭއިން ބަޖެޓާ ގުޅިގެން ފާހަގަކުރި އިތުރު މުހިންމު ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ޕްލާސްޓިކް ކޮތަޅު ޑިއުޓީ އާއި މިނިމަމް ވޭޖުގެ އަސަރު އިންފްލޭޝަނަށް ކުރާނެ.
  • އިންކަމް ޓެކްސް ރޭޓު ފިކްސްޑް ރޭޓަކުން ޕްރޮގްރެސިވް ރޭޓަކަށް ބަދަލުކުރުން.
  • ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އަދަދު ނުލިބިދާނެކަން.
  • ސަބްސިޑީ ހަރަދު ކުޑަކުރަން ގެންނަ ސިޔާސަތުތައް ތަންފީޒުކުރަން ފެށުން.

އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި ބުނާ އަދަދަށް އާމްދަނީ ނުލިބޭނެ ކަމަށް އެމްއެމްއޭގެ ކަންބޮޑުވުން ހުރި އިރު، މި އަހަރު ވެސް ލަފާކުރި އާމްދަނީ ނުލިބޭނެ ކަމަށް ފިނޭންސުން ވަނީ ހާމަކޮށްފަ އެވެ. އާމްދަނީ ނުލިބުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އަލަށް ފަށަން ބުނި ކަންކަން ނުފެށުމާއި، ހިލޭ އެހީ ނުލިބުންކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox