ޑްރަގުގެ ބޮޑު މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ޑްރަގުގެ ބޮޑު މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން: ޝަރީއަތް ނިމެންދަން ވަނީ ބަންދުކޮށްފައި

ޑްރަގުގެ ބޮޑު މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން: ޝަރީއަތް ނިމެންދަން ވަނީ ބަންދުކޮށްފައި

މިދިޔަ މަހުގެ ތެރޭ ފެންމަތިވި ޑްރަގުގެ ބޮޑު މައްސަލާގައި ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އިއްޔެ ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ރ. އަތޮޅުގައި ފުލުހުން ހިންގި ބޮޑު ޑްރަގު އޮޕަރޭޝަންގައި 215 ކިލޯގެ ހެރޮއިން ހޯދައި ދެ މީހަކު ހައްޔަރުކުރި އެވެ. ރ. މަޑުއްވަރީ ފަޅަށް "ފެށުން 2" ކިޔާ ލޯންޗެއްގައި ވަންތަނާ ހައްޔަރުކުރީ ރ. މަޑުއްވަރީ، ފިނިފަރު އަލީ ޝާކިރާއި މަޑުއްވަރި، ފެހިއަލި ނިމާލް އަބްދުލްހާރިސް އެވެ.

އޭގެފަހުން އެމީހުން ބަންދުގައި ތިބިިއިރު, ބަންދު މުއްދަތު އިތުރު ކުރުމަށް ދެ މީހުން ވެސް ވަނީ އިއްޔެ ކޯޓަށް ހާޒިރުކޮށްފަ އެވެ.

ކުރިމިނަލް ކޯޓުން ވަނީ ދެ މީހުން ވެސް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތައް އޮތް ކަމަށް ކަނޑައަޅައި, ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އެގޮތުން, ބަންދު އަމުރުގައިވާ ގޮތުގައި ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުވާ މިންވަރަށް އެކަށީގެންވާ ހެކިތައް ފުލުހުން ހުށަހަޅާފައިވެ އެވެ.

އަމުރުގައިވާ ގޮތުން ފުލުހުން ވަނީ ދެ މީހުންގެ މައްޗަށް ވެސް އިންޓެލް ރިޕޯޓަކާއި ލޯންޗުން ފެނުނު ސެޓެލައިޓް ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓާއި ދެ މީހުންގެ މޮބައިލް ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓެއް ހުށަހަޅާފަ އެވެ.

ދެ މީހުންގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއް

ކުރިމިނަލް ކޯޓުގައި މީގެކުރިން ބޭއްވި ބަންދު މަޖިލީހުގައި ފުލުހުން ބުނި ގޮތުގައި ފަޅު ތެރޭން ދެ މީހުން ހުއްޓުވައި ބަލާ ފާސްކުރުމުގެ ތެރެއިން ލޯންޗުން ސެޓެލައިޓް ފޯނަކާއި ގިނަ އަދަދެއްގެ ޕެޓްރޯލް ހަން ފެނިފައިވެ އެވެ.

ދެ މީހުންގެ ހަށިގަނޑުގެ އެކިތަންތަނުން ވެލީގެ އަސަރު ފެނިފައިވާ ކަމަށާއި ލޯންޗްގެ ގެގަނޑުގެ އަރިމަތިން އިތުރު ބޯޓަކާ ގާތްކޮށްފައިވާކަމުގެ ނިޝާންތައް ހުރި ކަމަށް ވެސް ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން މިކަން ގުޅުވަނީ ކަނޑުމަތީގައި މަސްތުވާތަކެތީގެ ޑީލެއް ނިންމުމަށްފަހު އެމީހުން އެނބުރި މަޑުއްވަރީއަށް ވަނީ ކަމަށެވެ. ފުލުހުން އެ ދެ މީހުން ހިފެހެއްޓީ ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ އިންޓެލިޖެންސް ރިޕޯޓެއް ލިބުމާ ގުޅިގެންނެވެ.

އޮޕަރޭޝަންގެ ތެރެއިން ފުލުހުން ވަނީ ރ. އަތޮޅުގެ ގިނަ ފަޅު ރަށްތަކެއް ވެސް ބަލާފަ އެވެ. އެގޮތުން ރ.ބޮޑުފަރު ފިނޮޅުން ފެޓްރޯލް ހުސްކުރި 20 ލީޓަރުގެ 63 ހަން ފެނިގެން އެ ދެ މީހުންނާ ސުވާލުކުރުމުން އެއީ އެމީހުން މަސްތުވާތަކެތި ބަލާދިއުމަށްޓަކައި ޓެސްޓް ދަތުރެއް ކުރަން ބޭނުންކުރި ފެޓްރޯލް ހުސްކުރި ހަންތަކެއްކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މިދެމީހުން އެތެރެކުރި މަސްތުވާތަކެތި ރ.ރާނބުގަލީގައި ހުންނާނެ ކަމަށް ބުނެ އެތަކެތި ދައްކާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ނަމަވެސް, މި ވާހަކަތަކަށް އެމީހުން ކޯޓުގައި އިންކާރު ކުރެ އެވެ. ފުލުހުން ގާތު އެފަދަ އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށް އެމީހުންގެ ވަކީލް އިއްޔެ ކޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް, ރ.ރާނބުގަލި ބަލައިފާސްކުރުމުން ތުހުމަތުކުރެވޭ ދެމީހުން މަސްތުވާތަކެތި ހުންނާނެ ކަމަށް ބުނި ކަށިކެޔޮގަހުގެ ތެރެއިން، 11 ގޯނި ފެނިގެން ނަގާ އެގޯނިތައް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖުމްލަ 215 ކަރުދާސްކޮތަޅު (ވަގުތީ ބަރުދަނުގައި 21 ކިލޯ) ފެނިފައިވާކަން ވެސް ކޯޓުގައި ފުލުހުން ހާމަކުރި އެވެ.

ފުލުހުން ބުނި ގޮތުގައި ލޯންޗުން ފެނުނު ސެޓްލައިޓު ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓަށް ބެލުމުން މިފޯނުގައި ހުރި މެސެޖުތަކުގައި އެމީހުން ރާއްޖެ ސަރަހައްދުން ބޭރަށް ދިޔަކަމުގެ މެސެޖުތަކަކާއި ބޯޓަކާ ބައްދަލުކުރިކަމުގެ މެސެޖްތަކެއް ފެނިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox