މަރުވެފައި އޮތް އަންބަރު މަހެއް އަައްޑޫ ސިޓީއަށް ލައްގައިފި

މަރުވެފައި އޮތް އަންބަރު މަހެއް އަައްޑޫ ސިޓީއަށް ލައްގައިފި

މަރުވެފައި އޮތް އަންބަރު މަހެއް (ސްޕާމް ވޭލް) އައްޑޫ ސިޓީ ހިތަދޫ ނޭޗާ ޕާކާ ދިމާލަށް ލައްގައިފި އެވެ.

ދުނިޔެއިން ނެތިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މީގެ މަހެއް ފެނުނީ މިއަދު ހެނދުނު ނޭޗާ ޕާކު ހުންނަ ސަރަހައްދުގެ ފުއްޓަރާ ދިމާލުންނެވެ.

އެ ސަރަހައްދަށް ދިޔަ އާންމުންގެ މީހަކު މި ނޫހަށް ބުނި ގޮތުގައި މި މަހުގެ ބޮޑުމިިނުގައި 45 ވަރަކަށް ފޫޓު ހުންނާނެ އެވެ. ފެނުނު އިރު ވެސް ވަރަށް ބޮޑަށް ކުނިވެ، ހަލާކުވެފައިވާ ކަމަށް ފާހަގަކުރި އެވެ.

"މުޅި ސަރަހައްދުގަ ހުރީ ކުނި ވަސް ހިފާފަ," އައްޑޫ ސިޓީން މައުލޫމާތު ދިން މީހަކު ބުންޏެވެ.

މިހާރު އެ ރަށު ކައުންސިލުން އަންނަނީ އެމްއެންޑީއެފްއާ ގުޅިގެން މި މަސް ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ ކޮރަވައު ދާއިރާގެ މެމްބަރު އިބްރާހިމް ޝިނާޒު މި ނޫޙަށް ވިދާޅުވީ މަސް އޮތް ތަނުން ނަގައިގެން ވަޅުލުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

ދިވެހިން މާވަހަރު މަހޭ ވެސް ކިޔާ އުޅޭ މި ވައްތަރުގެ މަހަކީ ރާއްޖޭގައި އާންމުކޮށް ދިރިއުޅޭ މަހެއް ނޫނެވެ. ނަމަވެސް, އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާ އިރު ދޭތެރެއަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް، ގިނައިން ދެކުނުގެ އަތޮޅުތަކާ ދިމާލުން ވަދެގެން އުޅޭ މަންޒަރު ފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox