ޒެނީޝާ އާއި ބަޝީރަށް ދައުވާނުކުރަން ނިންމައިފި، ދައުވާކުރަނީ 13 ފުލުހަކަށް

ޒެނީޝާ އާއި ބަޝީރަށް ދައުވާނުކުރަން ނިންމައިފި، ދައުވާކުރަނީ 13 ފުލުހަކަށް

މިދިޔަ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން ނިންމައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ އެ ދެ ބޭފުޅުން ހިމެނޭ ގޮތަށް 30 މީހުންގެ ލިސްޓެކެވެ.

އޭގެ ތެރެއިން ދައުވާ އުފުލީ 13 ފުލުހެއްގެ މައްޗަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއްގައި، ގަވާއިދާ ހިލާފަށް ބިޑި އަޅުވައި، ޓޯޗާގެ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި، އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ހެކި ލިބުނު 13 މީހެއްގެ މައްޗަށް ދައުވާ އުފުލައިފައިވާ ކަމަށެވެ.

އެ 13 ފުލުހުންގެ މައްޗަށް އުފުލާފައި ވަނީ ރަހުމު ކުޑަ، ލާއިންސާނީ، އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އުފުލީ އެންޓި ޓޯޗާ ގާނޫނުގެ 21 ވަނަ މާއްދާ އާއި 26 ވަނަ މާއްދާގެ (ހ) އާއި 15 ވަނަ މާއްދާއާ ހަވާލާ ދީ، އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ކ) ގެ އެއް ވަނަ ނަންބަރުގެ ދަށުންނެވެ.

ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަތެއްގެ ޖަލު ހުކުމެކެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ދައުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެއްކާއި ގަރީނާ ލިބުނު މީހުންގެ މައްޗަށް ކަމަށާއި މި މައްސަލައިގައި ތުހުމަތުކުރެވުނު ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި ނުވާނެ ކަމަށެވެ.

ޒެނީޝާ އާއި ބަޝީރަށް ދައުވާނުކުރަން ނިންމީ "އަދަދު" އަށް އެނގިފައިވާ ގޮތުގައި ކުދިންގެ އަތުގައި ބިޑި އެޅުވި އިރު އެ ދެ ބޭފުޅުން އެތަނުގައި ނެތުމުންނެވެ.

މިއީ ރައީސް އުފެެއްދެވި "ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" އިން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ.

ޒެނީޝާ ކުރިން ވިދާޅުވެފައި ވަނީ އޭނާއާ މެދު ތުހުމަތުކުރެވޭ ކަމަށް ހިއުމަން ރައިޓްސް އިން ބުނާ މައްސަލައަކީ ޒާތީ ތައައްސަބުން އުފަންވެފައިވާ، ސައްހަ ނޫން އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ، ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުން ހިފައިގެން ހިންގުވާފައިވާ، އަދި ގާނޫނީ ހަމަތަކާ ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ހަރަކާތެއްކަން މާތްﷲގެ ވާގިފުޅާއެކު ސާބިތުވާނެކަމާ މެދު ޝައްކުނުކުރާ ކަމަށެވެ.

"ޖިނާއީ އެއްވެސް ކުށެއްގެ ތުހުމަތުން ބަރީއަވެ، ޖިނާއީ އެއްވެސް ކުށެއް އަޅުގަނޑު ނުކުރާކަން ތަކުރާރުކުރާ ހާލު، މި މައްސަލައިގައި އަޅުގަނޑުގެ ފަރާތުން އިތުރު މައުލޫމާތެއް ހިއްސާކުރާނީ އަޅުގަނޑުގެ ގާނޫނީ ވަކީލުންގެ ގޮތުގައި އައްޔަނުކޮށްފައިވާ ޕްރިމިއާ ޗެމްބާޒް އެލް.އެލް.ޕީ މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ،" އޭނާގެ ބަޔާނުގައިވެ އެވެ.

ޒެނީޝާ އަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައު އަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެންނަ" ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތްކަމުގައި އަޅުގަނޑު ދެކޭ ކަމަށް ވިދާޅުވެފަ އެވެ.

ޒެނީޝާ އަކީ ޖެންޑާ މިނިސްޓަރުކަން ރައީސް އަބްދުﷲ ޔާމީން ދެއްވުމުގެ މާކުރިން ފެށިގެން ކުޑަކުދިންގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތުކުރަމުން އައި ބޭފުޅެކެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން އަމިއްލަ ގޮތުން ކުޑަކުދިންގެ ހިޔާ އަށް ގޮސް އެކުދިންނަށް ކިޔަވައިދީ ކުޅިވަރުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނެވެ.

އޭގެ ފަހުން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީކޮށް އެ ޖަމިއްޔާ މެދުވެރިކޮށް ކުޑަކުދިންގެ ހައްގުގައި މަސައްކަތްކޮށް، ވަކާލާތުކޮށް އަދި ހޭލުންތެރިކުރުވުމުގެ ނަމޫނާ މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި ސަރުކާރުގެ ބެލުމުގެ ދަށުން ދިރިއުޅޭ ކުޑަކުދިންނަށާއި އެކުދިންނާ ހަވާލުވެ ތިބޭ މުވައްޒަފުން ތަމްރީނު ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގި އެވެ.

އާކް އިން ވަނީ ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އެގެއިންސްޓް ޗިލްޑްރަން (ސައިވާކް) ގެ ނޭޝަނަލް އެކްޝަން ކޯޑިނޭޝަން ގްރޫޕްގައި 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކޯ ޗެއާގެ މަގާމު އަދާކޮށްފަ އެވެ.

މި ދާއިރާގައި ޒެނީޝާ ކުރެއްވި މަސައްކަތް ބަލައިގަނެ ސަރުކާރުން ވަނީ 2015 ވަނަ އަހަރު އިންސާނީ ހައްގުތައް ދިރުވައި އާލާކުރުމުގެ ދާއިރާއިން، އިންސާނީ ހައްގުތަކަށް ހޭލުންތެރިކުރުވުމުގެ ރޮނގުން ގައުމީ އިނާމު ދީފަ އެވެ.

މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިން ވެސް، އެ މަގާމުގައި ހުންނަވައިގެން ވެސް ޒެނީޝާ ސިޔާސީ ހަރަކާތްތަކުން ނުފެނެ އެވެ. އެހެންވެ ސިޔާސީ މަގާމަށް އޭނާ އޭރު ވަޑައިގަތުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox