ކުރީގެ ސަރުކާރުން ހިންގި މަޝްރޫއުތަކާމެދު ސުވާލު އުފައްދަވައި، ތަހުގީގަކަށް އަމީރު ގޮވާލައްވައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހަށް ހުށަހަޅައި ދެއްވަނީ. -ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހަށް ހުށަހަޅައި ދެއްވަނީ. -ފޮޓޯ: މަޖިލިސް

ރާއްޖޭގެ އިގުތިސޯދު އެންމެ ރަނގަޅަށް އޮތް ދުވަސްވަރު ކުރީގެ ސަރުކާރުން ބިލިއަނުން ދަރަނި ނަގައިގެން ހިންގި މަޝްރޫއުތައް ދެކޮޅު ނުޖެހޭ ކަމަށް ތުހުމަތު ކުރައްވައި، އެކަން ތަހުގީގުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ގޮވާލައްވައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ބަހުސްގައި މެމްބަރުންގެ ވާހަކަތަކަށް ޖަވާބުދާރީވާން މިއަދުގެ ޖަލްސާގައި ލިބުނު ވަގުތުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މި ސަރުކާރުގައި ދައުލަތުގެ ދަރަނި އިތުރުވަމުންދާކަމުގެ ކަންބޮޑުވުންފާޅު ކުރަމުންދާއިރު، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަންޏަށް ވިސްނާލަންޖެހޭ ކަމަށެވެ.

އެކަމުގެ ތަފްސީލަށް ވަޑައިގަންނަވަމުން، މިނިސްޓަރު ވަނީ ކުރީގެ ސަރުކާރުތަކުން ސީދާ ނެގި ދަރަންޏާއި އެ ދަރަނި އަދާކުރަން ހޭދަކުރި މިންވަރުގެ އަދަދުތައް ހާމަކޮށްދެއްވައިފަ އެވެ.

އަމީރު ވިދާޅުވި ގޮތުގައި އެ އަދަދުތަކުގެ ތެރޭގައި ހިމެނެނީ ސީދާ ދައުލަތުން ނަގާފައިވާ ދަރަނީގެ އިތުރުން ދައުލަތުން ޒިންމާވާ ގޮތަށް ސޮވެރިން ގެރެންޓީ ދީގެން ނަގާފައިވާ ދަރަންޏެވެ.

ސަރުކާރުތަކުން ނެގި ދަރަނި

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރު - 6.2 ބިލިއަން ރުފިޔާ

  • ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު - 11.3 ބިލިއަން ރުފިޔާ
  • ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު - 6.2 ބިލިއަން ރުފިޔާ
  • ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު - 39.6 ބިލިއަން ރުފިޔާ
  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު - 34 ބިލިއަން ރުފިޔާ

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ދަރަނި ނަގާފައިވަނީ ރާއްޖޭގެ އިގުތިސޯދު ވަރަށް ރަނގަޅަށް އޮތް ދުވަސްވަރެއްގައި ކަމަށާއި އެއާ ހިލާފަށް ރައީސް ސޯލިހުގެ ސަރުކާރަށް ދަރަނި ނަގަންޖެހުނީ ފަހުގެ ތާރީހެއްގައި މުޅި ދުނިޔެ ވެސް ނުދެކޭފަދަ އިގުތިސޯދީ ކާރިސާއެއްގައި ދައުލަތުގެ މާލިއްޔަތު ހަމަޖެއްސުމަށްކަން އަމީރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، ނަގާފައިވާ ދަރަނީގެ ތެރެއިން ކޮންޓްރެކްޓު ކުރެވުނު އަދަދުތަކުގެ ތަފްސީލް ވެސް މިނިސްޓަރު މިއަދު ދެއްވި އެވެ.

އެގޮތުން، އަމީރު ވިދާޅުވީ ޔާމީންގެ ސަރުކާރުގައި އެ އަދަދު 58.9 ބިލިއަން ރުފިޔާގައި ހުރިއިރު، މި ސަރުކާރުގައި އެ އަދަދު ހުރީ 51.1 ބިލިއަން ރުފިޔާގައި ކަމަށެވެ.

"އަޅުގަނޑު ހިތުން ވަރަށް ބޮޑަށް ކްލިޔާ. ރައީސް ޔާމީންގެ ސަރުކާރުގެ އެ ފަސް އަހަރަކީ މުޅި ދުނިޔޭގެ ވެސް އަދި ރާއްޖޭގެ ތާރިހުގައި ވެސް އެންމެ ރަނގަޅަށް އަދި އެންމެ ނޯމަލްކޮށް އިގުތިސޯދު ކުރިއަރަމުންދިޔަ އެއް ދައުރު،" ދުނިޔޭގެ ތެލުގެ އަގަށާއި އިގުތިސޯދީ އެއްވެސް ކާރިސާއެއް ނާންނައިރު އެ ދަރަނި ނަގައިގެން ވީ ކޮންކަމެއްތޯ އަމީރު ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން އެފަދަ ބޮޑު އަދަދެއްގެ ދަރަނި ނެގިއިރު، ހާއްސަކޮށް އަތޮޅު ތެރޭގައި ސިއްހީ އަދި ތައުލީމު ފަދަ އަސާސީ ހިދުމަތްތައް ހުރީ ލަދުގަންނަންޖެހޭ ފަދަ ހާލަތެއްގައި އެވެ.

މި ސަރުކާރުން މި އަހަރުގެ ބަޖެޓުގައި ހިމެނި މަޝްރޫއުތައް ލަސްވެގެން ދިޔަ ކަމަށް ބުނެ މަޖިލީހުގެ ބައެއް މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތައް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެކަން މެދުވެރިވީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އައި ލޮޅުމުގެ ސަބަބުން ކަމަށް އަމީރު ވިދާޅުވި އެވެ.

އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކަކީ ކުރިއަށް ގެންގޮސް ނިންމާނެ އަދި ނިމޭއިރު ފެންވަރު ރަނގަޅު މަޝްރޫއުތަކަކަށް ވާނެކަމުގެ ޔަގީންކަން މިނިސްޓަރު މިއަދު ދެއްވި އެވެ.

އެކަމަށް އިތުރަށް ބާރު ދެއްވަމުން އަމީރު ވަނީ ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެ މަޝްރޫއުތައް އަލުން ހިންގަންޖެހިފައިވާކަމަށް ވިދާޅުވެފަ އެވެ.

އޭގެ މިސާލެއްގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން ގާއިމުކުރި ހިޔާގެ 7،000 ފްލެޓުތައް ނިންމަން ގެންނަންޖެހުނު ބޮޑެތި ބަދަލުތަކާއި 14 ރަށެއްގައި ގާއިމުކުރި ފެނާއި ނަރުދަމާގެ މަސައްކަތާއި މާލޭގެ މަގުތައް ތަރައްގީ ކުރުމާއި މަޑަވެލި-ހޯނޑެއްދޫ ކޯސްވޭގެ މަސައްކަތް އަލުން ކުރަންޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑު ގޮވާލަން މި ގޮތަށް މިހުރި މައްސަލަތައް ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުން ބަލަން. އަސްލު ހަގީގަތުގައި މިއީ މާލިއްޔަތަށް އަޅުގަނޑު ދެކޭ ގޮތުގައި ޒިންމާދާރުކަމާއެކު ނޫން މި މަސައްކަތްތައް ކުރެވިފައެއް،" އަމީރު ވިދާޅުވި އެވެ.

ދަރަނީގެ މިވަގުތުގެ ހާލަތު

ކޮވިޑާއެކު ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދަރަނީގެ ޖުމުލަ އަދަދު ހުންނާނެކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.

މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު، 122 ޕަސަންޓެވެ.

ނަމަވެސް، ދަރަނި ކުޑަކުރުމުގެ ހާއްސަ ފިޔަވަޅުތަކަކާއެކު ދައުލަތުގެ ސީދާ ދަރަނި އަންނަ އަހަރު ނިމޭއިރު، ޖީޑީޕީގެ 104 ޕަސަންޓަށް އަދި 2023 ވަނަ އަހަރު ނިމޭ އިރު 101 ޕަސަންޓަށް ދަށްކުރަން ސަރުކާރުން ވަނީ އަމާޒުހިފައިފަ އެވެ.

ބަޖެޓު 2022 ގެ ހުލާސާ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ނަމަވެސް، އޭގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ނުހިމެނޭތީ، ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް އިތުރު 805 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެއާއެކު އަންނަ އަހަރުގެ ބަޖެޓު ފިނޭންސް ކުރުމަށްޓަކައި ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ. އެކަމަށް ބޭނުންވާ އަދަދުގެ 7.5 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައި ވާއިރު، ބާކީ ހަމަޖައްސަނީ އެތެރޭގެ ފަރާތްތަކަށް ބޮންޑާއި ޓީ ބިލު ފަދަ ސެކިއުރިޓީޒް ވިއްކައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox