100 ކިލޯގެ ޑްރަގް މައްސަލަ: ސަފާރީގައި ދަތުރުކުރި މީހުން ދުލެއް ނުކުރި

Nov 8, 2021, 5:54 AM
100 ކިލޯއާ ގުޅިގެން ހައްޔަރުކުރި އަށް މީހުން: މިހާރު ބަންދުގައި ތިބީ ފަސް މީހަކު

100 ކިލޯއާ ގުޅިގެން ހައްޔަރުކުރި އަށް މީހުން: މިހާރު ބަންދުގައި ތިބީ ފަސް މީހަކު

ފުލުހުންގެ ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދު ދަމަހައްޓަން އިއްޔެ ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ސައުވީސް ގަޑިއިރު ވަންދެން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް، ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ފޮރެންސިކްސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަންގައި މަސްތުވާތަކެތި ހޯދީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ރަށެއްގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ އޮޕަރޭޝަނުގައި މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލާފާސްކުރި އެވެ.

ބޮޑު އޮޕަރޭޝަނުގައި އަތުލައިގަތް, 100 ކިލޯއާ ގާތްކުރާ އަދަދަކަށް ހެރޮއިންއާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކުރި އެވެ.

ނަމަވެސް, ކޯޓުން ވަނީ މިހާތަނަށް އޭގެ ތެރެއިން ފަސް މީހަކު ދޫކޮށްލާފަ އެވެ. ދޫކޮށްލި މީހުންގެ ތެރޭގައި މި ޑްރަގް ނެޓްވޯކްގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތު ކުރާ ދެ މީހުން ވެސް ހިމެނެ އެވެ. އެ ދެ މީހުންގެ ވަނަވަރު ހާމަކޮށްފައިވާއިރު އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރުމަށް ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ނިންމާފަ އެވެ.

ހައްޔަރުކޮށް ބަންދު ޖެހުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން 10 މީހުންގެ ތެރެއިން އަށް މީހުންގެ މައްޗަށް ބަންދު ޖެހި އެވެ. ނަމަވެސް, އޭގެ ތެރެއިން ވެސް ތިން މީހަކު ފަހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ދޫކޮށްލާފަ އެވެ.

ކޯޓުން ދޫކޮށްލާފައިވަނީ ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހިމާއި ގއ. ކޮލަމާފުށި، ސޯސަންގެ އިބްރާހިމް ޒައިދު ހަބީބު އަދި ހދ. ކުމުންދޫ، ޑިއާފުރެންޑު އިބްރާހިމް ސިނާން އެވެ.

ބަންދުގައި ތިބި މީހުން

  • ޖުމާން މުސްތަފާ (19އ)، ނ. ވެލިދޫ ބީޗްހެވަން
  • މުހައްމަދު އަހްމަދު (34އ)، ލ. ކަލައިދޫ، ޖަނަވަރީމާގެ
  • މުހައްމަދު ހުސައިން (61އ)، ދ. ބަނޑިދޫ، ޕޮލަރިސް
  • އެމްޑީ ރަފީގުލް އިސްލާމް (35އ)، ބަންގްލަދޭޝް
  • ޑީއެމް މޮބިން (24އ)، ބަންގްލަދޭޝް

މީގެ ތެރެއިން ދެ މީހެއްގެ ބަންދު މުއްދަތު އިއްޔެއަށް ހަމަވާތީ, ބަންދު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރި އެވެ. ޖުމާން މުސްތަފާ އާއި މުހައްމަދު އަހުމަދު ކޯޓަށް ހާޒިރުކުރުމުން އެމީހުން ވަކީލުން ވަނީ މައްސަލާގައި ހިމެނޭ އެހެން ބައެއް މީހުން ވެސް ދޫކޮށްލާފައިވާތީ އެ ދެ މީހުން ވެސް ދޫކޮށްލުމަށް އެދިފަ އެވެ.

އަދި "ކޮންމެ ވެސް ވަރެއްގެ" ހެކި ހުރި ކަމަށް ބުނެ އެމީހުން ބަންދުގައި ނުބެހެއްޓޭނެ ކަމަށް ވެސް ވަކީލުން އިއްޔެ ކޯޓުގައި ފާހަގަކޮށްފައިވެ އެވެ. ދެ މީހުންގެ ގެއިން ވެސް މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިގައިނުވާކަން ވެސް ފާހަގަކުރި އެވެ.

ނަމަވެސް, ބަންދު މަޖިލީހުގައި ފުލުހުން ފާހަގަކުރި ގޮތުގައި ޖުމާން އާއި މުހައްމަދު ވެސް ވަނީ ސަފާރީގައި ދިގު ދަތުރެއްކޮށް ބޭރުގެ ބޯޓަކުން ގޯނިތަކެއް އެ ސަފާރީއަށް އަރުވާފަ އެވެ. އެ ގޯނިތައް ފަހުން އެ ސަފާރީން ފެނިފައެއް ނުވެ އެވެ. ފުލުހުންގެ އައިއޯ ބުނި ގޮތުގައި މަސްތުވާތަކެތި ފެނުނު ގޯނިތައް އައްސަން ބޭނުންކުރި ކަހަލަ ނޫކުލައިގެ ވާގަނޑެއް ސަފާރީން ފެނިފައިވެ އެވެ.

އައިއޯ ބުނި ގޮތުގައި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދު ދޫކޮށްލި މީހުންނާއި ޖުމާން މުސްތަފާ އާއި މުހައްމަދު އަހުމަދު ތަފާތެވެ. އޭނާ ބުނި ގޮތުގައި ސަފާރީގައި ދަތުރުކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި އެއްވެސް މީހަކު ބަންދުން ދޫކޮށްފައިނުވެ އެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބެލުމަށްފަހު ބަންދު މަޖިލީހުގައި އިންނެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ ދެ މީހުންގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައި, ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށެވެ.

އދ. ބޮޑުކާށިހުރާގެ އޮޕަރޭޝަނަށްފަހު ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަނުގައި ރ. އަތޮޅުގެ ފަޅު ރަށްތަކަކުން 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ. މި އޮޕަރޭޝަނުގައި ރ. މަޑުއްވަރީ ފަޅަށް "ފެށުން 2" ކިޔާ ލޯންޗެއްގައި ވަނުމުން ހައްޔަރުކުރީ ރ. މަޑުއްވަރީ، ފިނިފަރު އަލީ ޝާކިރާއި މަޑުއްވަރީ، ފެހިއަލި ނިމާލް އަބްދުލްހާރިސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox