ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އަށް ކުރެވޭ ބޮޑެތި މަސައްކަތް ތަކުން ނަތީޖާ ފެންނާނެ: މަހުލޫފް

Nov 6, 2021, 8:21 AM
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މީޑިއާ އަށް އިންޓަވިއުއެެއް ދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މީޑިއާ އަށް އިންޓަވިއުއެެއް ދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކުޅިވަރުގެ ތަރައްގީ އަށް ސަރުކާރުން ކުރާ ކަންކަމަށް ބަލާއިރު، ބޭނުންވާ ވަރުގެ ބަދަލުތަކެއް ފެނިގެންދާނީ ކުޅިވަރު އިންފްރާސްޓްރަކްޗާގެ ބޮޑެތި މަސައްކަތްތައް ނިމިގެން ދިއުމުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ޔޫތު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަަވަމުންނެވެ. އެ އިވެންޓަކީ ރާއްޖޭގެ 25 ރަށެއްގައި އައުޓްޑޯ ވޮލީބޯޅަ ކޯޓު އެޅުމުގެ އެއްބަސްވުމުގެ އިތުރުން ހ.މުނިއުފާގައި ގާއިމްކުރާ ޓޭބަލް ޓެނިސް (ޓީޓީ) ފެސިލިޓީ ހަދަން ކޮންޓްރެކްޓްގައި ސޮއިކުރި ރަސްމިއްޔާތެވެ.

އިވެންޓްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މި އަންނަ އަހަރަކީ ކުޅިވަރު ތަރައްގީގެ ވަރަށް ބައިވަރު މަސައްކަތްތަކެއް މިނިސްޓްރީން ފަށައިގަނެވޭނެ އަހަރަކަށް ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ކުޅިވަރަށް ކޮށްދޭން ބޭނުންވާ ކަންތައްތަކަށް ބަލާއިރު މިހާރު މި ކޮށްދެވެނީ "ވަރަށް ކުޑަ މިންވަރެއްގެ" މަސައްކަތްތަކެއް ކަމަށެވެ.

"ޓީޓީ ނެޝަނަލް އިންޑޯ ހަދަން ދެ އަހަރު ވަރު ނަގާނެ. އޭގެ ކުރިން ކުޅޭނެ ގޮތެއް ރާވަން މި ޖެހެނީ. ވޮލީ އަށް ވެސް އެހެން މި އޮތީ،" މަހުލޫފް ވިދާޅުވި އެވެ.

ހަގީގަތުގައި ވަރަށް ކުޑަވަރެއް މި ކޮށްދެވެނީ. މިހާރު މަސައްކަތްތައް ރޭވިފައި ހުރި ގޮތަށް ބަލާއިރު އެކަންކަން ފެށުނީމަ މުޅި ކުޅިވަރަށް ޖުމްލަކޮށް ހުރިހާ ކުޅިވަރަށް ހަގީގަތުގައި ވަރަށް ބޮޑު އިމްޕެކްޓެއް ފެސިލިޓީސް ވައިސް އަންނާނެ. ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާ އެކު އަޅުގަނޑު ގަބޫލުކުރަނީ ނަތީޖާ އެއް ބަދަލެއް ގައިމު ވެސް ފެނިގެންދާނެ،"

ހ. މުނިއުފާގައި ހަދާ ޓީޓީ ފެސިލީޓީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު.

އިންޑިއާގެ ލޯން އެހީގެ ދަށުން ގާއިމްކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ޓޭބަލް ޓެނިސް އިންޑޯ ހޯލާ ބާސްކެޓް ނެޝަނަލް އިންޑޯގެ އިތުރުން ރާއްޖޭގެ ހަތަރު ރަށެއްގައި ސިންތެޓިކް ޓްރެކް ގާއިމްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭގެ ހަތެއް ނޫނީ އަށް ވަރަކަށް ސަރަހައްދުގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް އެޅުމަށް ނިންމާފައިވާއިރު މީގެ އިން ކޮންމެ ފެސިލިޓީއެއްގައި އިންޓަނޭޝަނަލް މެޗު ނޫނީ މުބާރާތް ކުޅެވޭނެކަން ވެސް މިނިސްޓަރު މަހުލޫފް ވަނީ ފާހަގަކުރައްވައިފަ އެވެ.

ޔޫތު މިނިސްޓްރީން އެކި ފަރާތްތަކާ ހަވާލުކުރާ ޕްރޮޖެކްޓްތައް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށްނުދާ މައްސަލަ ގިނަ ބަޔަކު ފާހަގަކުރެ އެވެ. މިނިސްޓަރު ވަނީ އެކަމާ ބެހޭގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ޔޫތު މިނިސްޓްރީގެ ޒިންމާ އަކީ ރަނގަޅު ބަޔެއް ހޯދައި އޮންނަ އުސޫލުގެ ތެރެއިން ކޮންޓްރެކްޓް އެވޯޑްކުރުން ކަމަށެވެ.

"އާންމުކޮށް މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވެގެން އެބަދޭ. މި ފަހުން ކޮވިޑާ ގުޅިގެން ބައިވަރު ދަތި އުނދަގޫތަކެއް ދިމާވި. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވެސް ގަބޫލުކުރަން ދަތިވާ ހިސާބަށް ޕްރޮޖެކްޓްތައް ލަސް އެބަވޭ. އުއްމީދަކީ މި މަސައްކަތް ވީހާ ވެސް އަވަހަށް ނިމިގެންދާނެ ކަަމަށް،" މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މިދިޔަ އަހަރުތަކުގައި ފުޓްބޯޅަ އަށް ބޮޑަށް ހަރަދުކޮށް ރަށްރަށުގައި ޓާފް ދަނޑުތައް އަޅާ ވާހަކަ ގިނަ ފަރާތްތަކުން ފާހަގަކުރާއިރު، މިނިސްޓަރު މަހުލޫފް ވިދާޅުވީ މިހާރު 25 ރަށުގައި ވޮލީ ކޯޓު އަޅަން މި ފެށޭ މަސައްކަތަކީ ވެސް އެހެން ކުޅިވަރުތަކަށް ކުރިއަށް ދިއުމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތެއްކަން ފެންނަން އޮތް ކަމަށެވެ.

ޔޫތު މިނިސްޓްރީން 25 ރަށުގައި އައުޓް ޑޯ ވޮލީ ކޯޓު އަޅާނީ ނުވަ ލޮޓަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފުރަތަމަ ލޮޓްގައި ހިމެނެނީ ހދ. ފިނޭ، ހދ. ކުމުންދޫ އަދި ކުޅުދުއްފުށި ސިޓީ އެވެ. އަދި ދެ ވަަނ ލޮޓްގައި ހިމެނެނީ ހދ. ނޭކުރެންދޫ، ށ. ފުނަދޫ، ށ. މިލަންދޫ އެވެ. އަދި ތިން ވަނަ ލޮޓްގައި އޮތީ ބ. ކެންދޫ، ބ. ގޮއިދޫ އަދި ޅ. ހިންނަވަރެވެ.

ލޮޓް ހަތަރެއްގައި އޮތީ ކ. ތުލުސްދޫ، ވ. ފެލިދޫ އަދި ވ. ފުލިދޫ އެވެ. ލޮޓް ފަހެއްގައި ވ. ކެޔޮދޫ އަދި މ. ދިއްގަރު އޮތްއިރު، ހަ ވަނަ ލޮޓްގައި ހިމެނެނީ ފ. މަގޫދޫ އަދި ފ. ނިލަންދޫ އެވެ. ހަތް ވަނަ ލޮޓްގައި ތ. ހިރިލަންދޫ، ތ. މަޑިފުށި އަދި ލ. ފޮނަދޫ އޮތްއިރު، އަށް ވަނަ ލޮޓްގައި ހިމެނެނީ ގއ. ވިލިނގިލި، ގއ. ދާންދޫ، ގއ. ނިލަންދޫ އެވެ. އަދި އެންމެ ފަހުން އޮތް ނުވަ ވަނަ ލޮޓްގައި އޮތީ ގއ. ކޮލަމާފުށި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އެވެ.

ވީއޭއެމް އިން ފ.ނިލަންދޫގައި އަޅާ ވޮލީ ކޯޓުގެ މަސައްކަތް ހަވާލުކުރުމަށް ފަހު ފޮޓޯ އަކަށް ހުއްޓިގެން.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ އެ 25 ކޯޓު ނިމިގެންދިއުމާ އެކު ވީއޭއެމް އިން ރަނގަޅު ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. އެ ގޮތުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ވީއޭއެމުން ބާއްވަން ގަސްދުކުރާ ޗެމްޕިއަންޝިޕްގެ އިތުރުން ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ވެސް ހިންގޭނެ ކަމަށް ރަނޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެންޑޭޓަކަށް މި އޮންނަނީ ގައުމީ ޓީމުތައް ކުރިއެރުވުން. ޕްރޮމޯޓްކޮށް ހެދުން. ހަމަގައިމު ވެސް މި ވަގުުތު ވެސް ގައުމީ ޓީމުގެ ހުރިހާ ޓެލެންޓްތައް ކަހަލަ ގޮތަކަށް ހުރީ އަތޮޅު ތެރޭގެ ކުޅުންތެރިންނަށް ވެފައި. މި ވަގުތު އަތޮޅު ތެރޭގައި ކޯޓުތަކެއް އެޅުމަކީ ގައުމީ ޓީމަށް ވަރަށް ފައިދާކުރާނެ ކަމެއް. އޭރުން ޓެލެންޓް ހަންޓް ކުރެވި ގައުމީ ޓީމަށް އެ ކުޅުންތެރިން ސްޓޭޝަން ކުރެވޭނެ ގޮތްތަކެއް ހޯދޭނެ،" ވީއޭއެމްގެ ޕްލޭނަށް އިޝާރާތްކޮށް ރަނޭ ވިދާޅުވި އެވެ.

ރަނޭ ވިދާޅުވީ ވީއޭއެމްގެ އެންމެ ބޮޑު އެދުމަކީ ވީ އެންމެ އަވަހަކަށް މި ކޯޓުތަކުގެ މަސައްކަތް ނިމި ވޮލީގެ ޕްރޮގްރާމްތައް ލަސްނުވެ ފެށިގެންދިއުން ކަމަށެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ސޮއިކުރެވުނު އެއްބަސްވުމުގައިވާ ގޮތުން 90 ދުވަސް ތެރޭގައި މުނިއުފާގައި ހަދާ ޓީޓީ ފެސިލިޓީ ނިމޭނެ ކަމަށެވެ. އެ ފެސިލިޓީ ނިމޭއިރު ކުޅުންތެރިންނަށް ޖާގައިގެ ގޮތުން ތަނަވަސްކޮށް އަށް މޭޒުގައި މަދުވެގެން ކުޅެލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"އޭރުން މިހާރު މި ބޭނުންވާ މުބާރާތްތައް ބޭނުންވާ ޑޭޓްގައި ބޭއްވޭނެ. މި ވާގޮތަކީ އަޅުގަނޑުމެންނާއި ވޮލީ އާއި ނެޓްބޯލް އާއި ބާސްކެޓްބޯލް މި ޖެހެނީ ސޯޝަލް ސެންޓަރު ޝެއާކުރަން. (އެހެންވެ) ވާގޮތަކީ އެ ބޭނުންވާ ދުވަސްވަރެއްގައި މުބާރާތް ވެސް ނުބޭއްވޭ. އޭގެ އިތުރުން ވައިޑީޕީގެ ކަންކަން ވެސް ކުރިއަށްދެވެން އޮތީ ތަނެއް ލިބިގެން،" އައްޔަ ވިދާޅުވި އެވެ.

ދާދި ފަހުން ޔޫތު މިނިސްޓަރު މަހުލޫފަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބަހްރޭންގެ ޔޫތު މިނިސްޓްރީ އާއި ކުޅިވަރު އެސޯސިއޭޝަންތާ އެކު ރާއްޖޭން އެމްއޯޔޫއެއް ގާއިމްކޮށް ދިވެހި ކުޅިވަރަށް ހޯދޭނެ ފުރުސަތުތަަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ މީގެ އެސޯސިއޭޝަންތަކުން ކުރާ މަސައްކަތްތަކާ އެކު ބަހްރޭންގެ އިތުރުން ޔޫއޭއީ އާއި ކުވޭތު އަދި ސައުދީ އަރަބިއްޔާއާ އެކު ވެސް މުސްތަގުބަލުގައި ގުޅުން ބަދަހިކޮށް ކުޅިވަރަށް އިތުރު ފުރުސަތުތަކެއް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox