ޖާބިރު މަތިވެރީއަށް ވަޑައިގެންނެވުމުން އަނެއްކާވެސް ހަމަނުޖެހުން

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ދަތުރެއްގެ ތެރެއިން. ފޮޓޯ: ފޭސްބުކް

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ދަތުރެއްގެ ތެރެއިން. ފޮޓޯ: ފޭސްބުކް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމުން އަނެއްކާ ވެސް އެ ރަށުގައި ހަމަނުޖެހުމެއް ހިނގައިފި އެވެ.

މަތިވެރި ކައުންސިލް މެމްބަރަކު ވިދާޅުވި ގޮތުގައި, މިއަދު ހަވީރު އެ ރަށަށް މެމްބަރު ޖާބިރު ވަޑައިގަތް ފަހުން އޭނާއާއެކު ރަށަށް އައި ބަޔަކާއި ރަށުގެ މީހަކާ ދެމެދު ހަމަނުޖެހުމެއް ހިނގި އެވެ.

"އެއީ އެމީހާ ގެންދިޔަކަމަށް ވަނީ ކާސާ މިއާ ގެސްޓްހައުސްގައި ކޮންމެވެސް މަސައްކަތެއް ކުރަން، ގެންގޮއްސަ އެތަނުން ހިނގައިދިޔަ އަރާރުމެއްގައި އެމީހާއާ މާރާމާރީ ހިންގީ. ދެން ގެންދިޔައީ ސީދާ މާރާމާރީ ހިންގަން ކަމެއް ނޭނގެ، އެކަމަކު ޖާބިރުއާ އެއްކޮށް ރަށަށް އައި ފަސް ވަރަކަށް މީހުން ހަމަލާދިނީ، އެއީ ވެސް ރަށުން ބޭރު ބައެއް،" އެ ކައުންސިލަރު ވިދާޅުވި އެވެ.

ކާސާ މިއާއަކީ މެމްބަރު ޖާބިރު މަތިވެެރީގައި ހިންގާ ގެސްޓްހައުސްއެކެވެ. އެ ގެސްޓްހަސްއަކީ ރަށުގައި ހުންނަ އެންމެ ބޮޑު އެއް ގެސްޓްހައުސްވެސްމެ އެވެ. މީގެ ކުރިން އެ ގެސްޓްހައުސްގައި މަސައްކަތްކުރާ މީހާކަށް މެމްބަރު ޖާބިރު މުސާރަ ނުދީގެން ވެސް މައްސަލަތަކެއް ފެންމަތިވި އެވެ. އަދި އެ ގެސްޓްހައުސްގައި 2019 ވަނަ އަހަރު ހިނގައިދިޔަ އަލިފާނުގެ ހާދިސާއަކީ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށް ވެސް ޖާބިރު ތުހުމަތު ކުރައްވާފަ އެވެ.

މިއަދު ރަށުގައި ހިނގި މާރާމާރީގައި މާ ބޮޑު އަނިޔާއެއް ރަށު މީހާއަށް ނުލިބޭ ކަމަށް އެ ކައުންސިލް މެމްބަރު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މެމްބަރު ޖާބިރު ރަށަށް ވަޑައިގެން އުޅުއްވާތާ ދެ ދުވަސްވަރު ވެއްޖެ އެވެ. އަދި އެ ދެ ދުވަސްތެރޭ އާންމުންނާ ދިމާލަށް ވެސް މެމްބަރު ޖާބިރު ރުޅި އިސްކުރައްވައި ވާހަކަ ދައްކަވާފައިވާ ކަމަށް އެ ކައުންސިލަރު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ މަތިވެރީގެ ހޮޓަލަކަށް ދިޔަ މީހަކަށް އެ ހޮޓަލުގެ ތެރޭގައި ތިބި ބަޔަކު ހަމަލާދީ މާރާމާރީ ހިންގި ކަމުގެ މައުލޫމާތުގެ ރިޕޯޓެއް މިއަދު 4:50 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މެމްބަރު ޖާބިރުގެ ބަހެއް އޭނާ ފޯނަށް ޖަވާބުނުދެއްވާތީ، ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް, ހަމަނުޖެހުން ހިނގުމާއެކު ޖާބިރު ވަނީ މައިވެރިން ވ. ފެލިދޫއަށް ވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox