ފިލިޕީންސް ނަރުސްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި

މޭރީ ގްރޭސް: ފުލުހުންނަށް ރިޕޯޓުކޮށްފައި އޮތީ އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް -- ފޮޓޯ: ސޯޝަލް މީޑިޔާ

މޭރީ ގްރޭސް: ފުލުހުންނަށް ރިޕޯޓުކޮށްފައި އޮތީ އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް -- ފޮޓޯ: ސޯޝަލް މީޑިޔާ

ސުވާލު އުފެދޭ ފަދަ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު އައިޖީއެމްއެޗުގެ ފިލިޕީންސް ނަރުސްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަވަށްޓެރި އިންޑިއާއަށް ފޮނުވާފައިވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި މޭރީ ގްރޭސް ޕިނޭޑާ މަރުވީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ މައްސަލައިގައި ގްރޭސްގެ ފިރިމީހާ ހައްޔަރުކޮށްފައިވާއިރު، އުމުރުން 29 އަހަރުގެ ހަމަ ފިލިޕީންސަށް ނިސްބަތްވާ އެ މީހާއަކީ އައިޖީއެމްއެޗުގެ އީއާރުގައި މަސައްކަތް ކުރާ ނަރުހެއްކަން އެނގިފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން މީހަކު ހައްޔަރުކޮށްފައި މި ވަނީ ގްރޭސްގެ މަރުގައި "ބަލަންޖެހޭ އިތުރު ކަންކަން ހުރި ކަމަށް ފާހަގަ" ކުރެވިފައިވާ ކަމަށް ބުނުމަށްފަހު އެވެ.

އެނގިފައިވާ ގޮތުގައި ގްރޭސްއަށް އަނިޔާތަކެއް ލިބިފައިވާ ކަމުގެ ނިޝާންތަކެއް ހަށިގަނޑުން ވަނީ ފެނިފަ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު މިއަދު "އަދަދު"އަށް ވިދާޅުވީ ގްރޭސްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިއްޔެގެ ވަގުތެއްގައި އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް، އިތުރު ތަފްސީލެއް ނުދެ އެވެ.

ހާދިސާގެ ހުލާސާ

ގްރޭސް އޭނާގެ ފިރިމީހާއާ ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ގްރޭސް ކުރިން މަސައްކަތްކޮށްފައި ވަނީ ފްރެސިނިއަސް މެޑިކަލް ކެއާގަ އެވެ. އެއީ ޑަޔަލަސިސް ހެދުމާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.

ގްރޭސްގެ މަރާ ގުޅިގެން "އަދަދު"އިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ އަންގާރަ ދުވަހު ވެސް އޭނާ ޑިއުޓީއަށް ނުކުތް ކަމަށާއި މަސައްކަތުގައި އެއްވެސް ތަފާތެއް އެ ދުވަހު ފާހަގަ ނުކުރެވޭ ކަމަށެވެ.

ގްރޭސް މަރުވީ މަސައްކަތުން ލިބުނު ހުސް ވަގުތުކޮޅެއްގައި ގެއަށް ދިޔަ ފަހުން ކަމަށްވެ އެވެ. އަދި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކު ވެސް ހުންނަ ގްރޭސްގެ މަރާއެކު ޑރ. އަހުމަދު ރާޒީ މެމޯރިއަލް ޑަޔަލެސިސް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސިހުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ގްރޭސް ދަންޖެހިގެން އަމިއްލަ މަރުވިކަން ގަބޫލު ކުރަން އޭނާގެ ރަހުމަތްތެރިންނަށް ދަތި ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox