ކޮޕް26: ގަރުނު ނިމުމުގެ ކުރިން ރާއްޖެ ނެތި ދާނެ ކަމުގެ ބިރު އެބައޮތް: ރައީސް

ސްކޮޓްލެންޑުގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް26 ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރައްވަނީ

ސްކޮޓްލެންޑުގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް26 ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރައްވަނީ

ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ރާއްޖޭގެ ރަށްތައް މަޑުމަޑުން ގެނބެމުންދާ މަންޒަރު ކަމަށާއި މިހާރު ކަންކަން ހިނގަމުންދާ ގޮތް ބަދަލުނުކުރެވިއްޖެ ނަމަ މި ގަރުނު ނިމުމުގެ ކުރިން ރާއްޖެ ނެތި ދާނެ ކަމުގެ ބިރު އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދުނިޔޭގެ ލީޑަރުން ގާތު ވިދާޅުވެއްޖެ އެވެ.

ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓުގައި ދުނިޔޭގެ ލީޑަރުންގެ ބައްދަލުވުމުގައި ތަގުރީރުކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ދިވެހިންނަށް މިހާރު ވެސް ފެންނަމުންދާ ކަމަށް ކަމަށެވެ. ވިދާޅުވީ، މި މަހުގެ ތެރޭގައި ރާއްޖޭގެ ހަ ރަށަކަށް ދަތުރުކުރިއިރު އެ ހަ ރަށުން ވެސް ރަށްގިރުމުގެ މައްސަލަތައް ފާހަކުރެވުނު ކަމަށެވެ.

"މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިން އުފުލަމުންދާ ތަކުލީފުތަކުގެ ތެރެއިން ހަމަ އެންމެ މިސާލެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކަށް އެހީވާން ތަރައްގީވެފައިވާ ގައުމުތަކުން ދޭނެ ކަމަށް އެއްބަސްވި ފައިސާ ނުލިބޭތީ އެ ފައިސާ ލިބޭނެ މަގުފަހިކޮށްދޭން ވެސް ރައީސް، ދުނިޔޭގެ ލީޑަރުންނަށް ގޮވާލެއްވި އެވެ.

ޕެރިހުގައި 2015 ގައި ބޭއްވި ކޮޕް 21 ބައްދަލުވުމުގައި އަހަރަކު 100 ބިލިއަން ޑޮލަރު ދޭން ވައުދުވީ ނަމަވެސް، އެ ފައިސާގެ ތެރެއިން ގައުމުތަކަށް މިހާތަނަށް ލިބުނީ ކުޑަ މިންވަރެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ފައިސާ ލިބޭނެ ގޮތް ފަހިކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކެއް ކަނޑައަޅަން ސަމިޓުގެ ބައިވެރިން ގާތު ރައީސް އެދިވަޑައިގެންނެވި އެވެ.

"ޕެރިހުގައި ބޭއްވި ބައްދަލުވުމުގައި މި އެސެމްބްލީގެ ބައިވެރިން ރާއްޖެ ފަދަ ގައުމުތަކަށް އެހީވާން އަހަރަކު ސަތޭކަ ބިލިއަން އެމެރިކާ ޑޮލަރު ދޭން އެއްބަސްވި. ހިތާމައަކީ މި މިކަން ހަގީގަތަކާ ގާތަށް ވެސް ނުދާކަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެކަމަށް ވާސިލްވުމާ ގާތަށް ވެސް ދެވިފައިނުވާތީ އަޅުގަނޑު މިހިރީ ހިތްހަމަނުޖެހިފައި."

ހަމައެއާއެކު ރައީސް ސޯލިހު ވިދާޅުވީ ތިމާވެއްޓާ ގުޅޭ ކަމެއްގައި ޕްރޮޖެކްޓެއް ހިންގަން ފައިސާ ހަމަޖެހޭ މަދު ފަހަރުތަކުގައި ފުރިހަމަކުރަން ޖެހޭ އިޖުރާތަތްތައް ގިނަވެ އިތުރު ދަތިތަކާ ކުރަމަތިލާން ޖެހޭ ކަމަށެވެ. އެގޮތުން ފުރިހަމަކުރަން ޖެހޭ ދިރާސާތަކާއި، ލިޔެކިޔުންތަކަށް ވަގުތު ދިގުލައިގެން ގޮސް ޕްރޮޖެކްޓުތަކުން އެންމެ އެދެވޭ ނަތީޖާ ނެރެން ހުރަސްތައް ދިމާވާކަން ފާހަގަކުރެއްވި އެވެ.

ރައީސްގެ ތަގުރީރުގައި އެންމެ ބޮޑަށް ފާހަގަކުރި އެއް ނުކުތާއަކީ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމެވެ. އަދި ވިދާޅުވީ މިއީ ވަކިވަކި ގައުމުތަކުން ހައްލު ކުރެވޭ ވަރަށް ވުރެ ބޮޑު މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.

ގައުމުތައް ގުޅިގެން ފިޔަވަޅުތައް އަޅަން ބާރުއަޅަމުން ރައީސް ސޯލިހު ވިދާޅުވީ ޖައްވަށް ގިނައިން ވިހަ ގޭސް ދޫކުރާ ކުރިއަރާފައިވާ ގައުމުތަކުން މިހާރަށް ވުރެ ބޮޑަށް ގެނދަބުޅި ބޭރުކުރަން އެއްބަސްވެސް، ނެޓް ޒީރޯގެ އަމާޒަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން ދިވެހިރާއްޖެ އޮތީ ދުނިޔެއަށް ނަމޫނާ ދައްކައިގެން ކުރިޔަށް ދާން ތައްޔާރަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ތަގުރީރު ނިންމާލައްވަމުން ހާޒިރުވެ ތިއްބެެވި ލީޑަރުން ގާތު އާދޭހާ އެކު އެދިވަޑައިގަތީ މިއީ މޫސުމީ ބަދަލުގެ ކުރިޔަށް އަރަން ލިބޭނެ ފަހު ފުރުސަތަށް ވެދާނެތީ މި ފުރުސަތު ބޭކާރުކޮށްނުލުމަށެވެ.

"ބަލިމަޑުކަމެއްގެ ތެރޭ އަޅުގަނޑުމެން އެންމެން ގްލާސްގޯ އަށް މިއައީ މުހިއްމު ބޭނުމެއްގައި. މިކަމުގައި އެއްވެސް މީހަކު މާޔޫސްވިޔަ ދީގެން ނުވާނެ،" ރައީސް ފަހު ބަހަކަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox