މަހުމޫދުގެ މަރު: ސާލިމް އިތުރު 15 ދުވަހަށް ބަންދުކޮށްފި

މަހުމޫދު: އޭނާގެ މަރާ ގުޅިގެން ބިދޭސީ މީހާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ދީފައި

މަހުމޫދު: އޭނާގެ މަރާ ގުޅިގެން ބިދޭސީ މީހާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ދީފައި

އދ. ދަނގެތީގެ ފަޅު ގެޔެއްގެ ތެރޭ ހުރި ވަޅެއްގެ ތެރެއިން އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ޖަހައިފި އެވެ.

މަހުމޫދުގެ މަރަށް ދެވަނަ ދުވަހު ހައްޔަރުކުރި ޝާ އަލޮމް މިއާ (ސާލިމް) ގެ ބަންދަށް އެންމެ ފުރަތަމަ ވެސް ދަނގެތީ ކޯޓުން 15 ދުވަސް ޖެހި އެވެ. އެ މުއްދަތު އިއްޔެ ހަމަވުމާއެކު ބަންދު އިތުރުކޮށްދިނުމަށް ސާލިމް ކޯޓަށް ގެންދިޔުމުން އިތުރު 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި އެވެ.

ކޯޓުގައި ބަންދު މަޖިލިސް ވަރަށް ދިގުކޮށް ކުރިއަށް ގެންދިޔަ އެވެ.

ފުލުހުންގެ ފަރާތުން ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުގެ ގޮތުގައި ހާމަކުރީ، މަހުމޫދު މަރާލީ އަލޮމް މަހުމޫދުގެ އަތުން ފައިސާތަކެއް ފޭރެން އުޅުމުގެ ތެރޭގައި ކަމަށެވެ. އެވަގުތު މަހުމޫދުގެ އަތުގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް އަދި ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، އާއިލާއިން ވަނީ މަހުމޫދަކީ ގިނަ އަދަދެއްގެ ފައިސާ އަބަދު ވެސް ޖީބުގައި ގެންގުޅޭ މީހެއްކަމަށް މީގެ ކުރިން ބުނެފަ އެވެ.

މަހުމޫދު މަރާލި ރޭ، އޭނާއަށް ފޯނު ކޯލެއް އައިސްގެން ނުކުމެގެން ދިޔަކަމަށް އާއިލާއިން ވަނީ މީގެ ކުރިން ބުނެފަ އެވެ. ފޯނަށް ޖަވާބު ދިނުމަށްފަހު "މިގަޑީގަ؟" ހޭ މަހުމޫދު ފޯނުން ވާހަކަދެއްކި މީހާ ކައިރީ އެހިކަމަށް އާއިލާއިން ބުނެ އެވެ. އެއީ އާއިލާއަށް މަހުމޫދު އެންމެ ފަހުން ދިރިހުއްޓާ ފެނުނު ވަގުތެވެ.

މަހުމޫދު މަރާލުމުގައި ސާލިމް ނޫން އެހެން މީހަކު ހަރަކާތްތެރިވެފައިނުވާ ކަމަށް ތަހުގީގަށް ފާހަގަވެފައިވާކަމަށް އާއިލާ އާއި އެ ރަށު ކައުންސިލާ ބައްދަލުކޮށް ފުލުހުން ވަނީ ބުނެފަ އެވެ.

މަހުމޫދުގެ މަރު؛ އަމާން ދަގެއްޗަށް ސިހުން!

މަހުމޫދު މަރާލުމަށް ފަހު ދަނގެތީގައި މަހުމޫދުގެ އާއިލާއަށް ނިސްބަތްވާ ފަޅު ގެޔެއްގެ ވަޅަކަށް އެއްލާލާފައި އޮއްވާ އޭނާގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ހަށިގަނޑު ފެނުނުއިރު އަތާއި ފައި އަދި ބޮލުގައި ގޯނިތަކެއް އައްސާފައި ހުއްޓެވެ.

ހަށިގަނޑު ފުރަތަމަ ފެނުނު މީހުން ބުނީ މަހުމޫދަށް ވަޅިއަކުން ހަމަލާދީ ވަރަށް އަނިޔާކޮށްފައި ހުރި ކަމަށެވެ. އެ ސަރަހައްދުގައި އެ ވަޅި އާއި ދަގަނޑު ބުރިއެއް ވެސް އޮތެވެ.

މަރުގެ ފަހަތުގައި ތިބީ އެ ރަށުގައި މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހިމެނޭ ބަޔަކު ކަމަށް ރައްޔިތުން ތުހުމަތުކޮށް އެމީހުން ފުލުހުންނާ ހަވާލުކޮށްފައިވަނިކޮށް މުޅި މައްސަލަ އެނބުރިގެން ދިޔައީ ސާލިމްއާ ދިމާއަށެވެ.

ފުލުހުން އޭނާގެ މައްޗަށް ތުހުމަތު އަމާޒުކުރީ އެންމެ ފުރަތަމަ އަވައްޓެރިއެއްގެ ފަރާތުން ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އެ އަވައްޓެރިޔާ ބުނާ ގޮތުން، މަހުމޫދު އެންމެ ފަހުން ފެނުނު ރޭ ނެދުންގެ ތެރެއިން މީހެއްގެ ހަޅޭކުގެ އަޑު އިވުނެވެ.

އެ ވަގުތު އޭނާ ފާރުމަތިން ބޯދިއްކޮށްލިއިރު، އެ ގޭގައި އުޅޭ ބިދޭސީ މީހާ ކޮންމެވެސް އެއްޗެއް ދަމާފައި ގެންދިޔަހެން އޭނާއަށް ހީވީކަމަށް މި މަންޒަރު ފެނުނު މީހާއާ ހަވާލާދީ މީހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox