އައިޖީއެމްއެޗު ކައިރި ފެންބޮޑުވަނީ ހޮސްޕިޓަލުން ދޫކުރާ ފެނާ ހެދި، މައްސަލަ ހައްލުކުރަން މަޝްވަރާ ކުރަނީ: ސިޓީ ކައުންސިލް

އައިޖީއެމްއެޗް ކައިރިން ފެންބޮޑުވެފައި. އެ ސަރަހައްދުގައި ފެންބޮޑު ވަނީ އެ ހޮސްޕިޓަލުގެ ކޫލިން ޓަވަރުތަކުން ބޭރުކުރާ ފެނުގެ ސަބަބުންކަމަށް ސިޓީ ކައުންސިލުން ބުނޭ.-- ފޮޓޯ: ސިޓީ ކައުންސިލް

އައިޖީއެމްއެޗް ކައިރިން ފެންބޮޑުވެފައި. އެ ސަރަހައްދުގައި ފެންބޮޑު ވަނީ އެ ހޮސްޕިޓަލުގެ ކޫލިން ޓަވަރުތަކުން ބޭރުކުރާ ފެނުގެ ސަބަބުންކަމަށް ސިޓީ ކައުންސިލުން ބުނޭ.-- ފޮޓޯ: ސިޓީ ކައުންސިލް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކައިރިން ބޮޑުތަކުރުފާނު މަގުގައި ފެންބޮޑު ވަނީ އެ ހޮސްޕިޓަލުގެ ކޫލިން ޓަވަރުތަކުން ބޭރުކުރާ ފެނުގެ ސަބަބުންކަން ފާހަގަވެފައިވާ ކަމަށާއި، އަދި އެ މައްސަލަ ހައްލުކުރުމަށްޓަކައި އެ ހޮސްޕިޓަލާ މާލެ ސިޓީ ކައުންސިލާ ދެމެދު މިހާރު މަޝްވަރާކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިޖީއެމްއެޗް ކައިރިން ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ މައްސަލައިގައި އާއްމުންގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން އެ ޝަކުވާތަކާއެކު، އެ ސަރަހައްދުގައި ފެންބޮޑުވަނީ ކޮން ސަބަބަކާހުރެތޯ ކައުންސިލުން ބަލާފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

"އެ ފެންގަނޑު ހެދެނީ ކޮން ގޮތަކުންތޯ ބެލިއިރު، އެތަނުގައި ފެންގަނޑު ހެދެނީ އައިޖީއެމްއެޗުގެ ކޫލިން ޓަވަރުތަކަކުން ބޭރުކުރާ ފެންތަކެއްގެ ސަބަބުންކަމުގައި މި ކައުންސިލަށް ވަނީ ފާހަގަކުރެވިފަ އެވެ،" ކައުންސިލްގެ ބަޔާނުގައިވެ އެވެ.

ކައުންސިލުން ބުނި ގޮތުގައި އައިޖީއެމްއެޗުން މަގުމައްޗަށް ފެން ދޫކުރަމުން ދަނީ ކައުންސިލަށް އެނގިގެން އަދި ކައުންސިލްގެ ހުއްދައެއް އެކަމަށް އޮވެގެންނެއް ނޫނެވެ.

އަދި އެ މައްސަލަ ހައްލުކުރުމަށްޓަކައި ހޮސްޕިޓަލުން އެމްޑަބްލިއުއެސްސީއާއެކު ވާހަކަދެއްކި ނަމަވެސް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށް އައިޖީއެމްއެޗުން ކައުންސިލަށް މައުލޫމާތު ދިންކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައި ވެ އެވެ.

"އެހެންކަމުން އެ ފެންގަނޑު އެތަނުގައި ނުހެދޭނެ ގޮތަށް ހެދުމަށްޓަކައި، މި ކައުންސިލުން އިސްވެ އައިޖީއެމްއެޗާއި ވާހަކަދައްކައި އެ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި އައިޖީއެމްއެޗުން ފޯރުކޮށްދީގެން މި ކައުންސިލުން މަސައްކަތްކުރާ އައިޖީއެމްއެޗުން ވަނީ މި ކައުންސިލަށް ހުށަހަޅައިފަ އެވެ،" ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެ އެވެ.

އެ މަސައްކަތާ ގުޅިގެން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މަސައްކަތް ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލާ އައިޖިއެމްއެޗާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އަދި އެއްވެސް އަމަލީ މަސައްކަތެއް ފަށާފައިނުވާ ކަމަށެވެ.

އައިޖީއެމްއެޗް ކައިރިން ފެންބޮޑުވާ މައްސަލައިގައި، އެ ފެން އުފެދެނީ ކީއްވެގެންކަމެއް މީގެ ކުރިން އާންމުކޮށް ހާމަވެފައި ނުވިނަމަވެސް، އެ ސަރަހައްދަކީ ވިއްްސާރައިގައި މާލެއަށް އުދަ އަރާ ސަރަހައްދެއްކަމުން އެ ފެންގަނޑަކީ އުދައިގެ އަސަރު ކަމަށް އޮންނަނީ ބެލެވިފަ އެވެ. އެ ސަރަހައްދަކީ ވާރޭގެ ސަބަބުން ވެސް މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަހައްދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox