މުއިއްޒު ކައުންސިލްތައް ކުށްވެރިކުރަނީ ސަރުކާރުގެ ނާގާބިލުކަން ފޮރުވަން: އެމްޑީޕީ

ދިއްދޫ ދާއިރާގެ ރައީސް ވަހީދު: މުއިއްޒު ކައުންސިލްތައް ކުށްވެރިކުރަނީ ސަރުކާރުގެ ނާގާބިލުކަން ފޮރުވައި ޖެއްސުން ކުރަން ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ދިއްދޫ ދާއިރާގެ ރައީސް ވަހީދު: މުއިއްޒު ކައުންސިލްތައް ކުށްވެރިކުރަނީ ސަރުކާރުގެ ނާގާބިލުކަން ފޮރުވައި ޖެއްސުން ކުރަން ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

މުހައްމަދު މުއިއްޒު ކައުންސިލްތައް ކުށްވެރިކުރަނީ ސަރުކާރުގެ ނާގާބިލުކަން ފޮރުވަން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބުނެފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ކައުންސިލް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ 57 ރަށެއްގެ ކައުންސިލަކުން މަޝްރޫއުތައް ކުރިއަށް ގެންދަން ހުރަސްއަޅާފައިވާ ކަމަށް މުއިއްޒު ފާހަގަކުރައްވާފައިވާތީ އެ ކައުންސިލުތަކުގެ މައުލޫމާތު ހޯދުމަށް އާރްޓީއައި ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ މިއަދާ ހަމައަށް ވެސް ސަރުކާރުން މުއިއްޒު ފާހަގަކުރައްވާ ކައުންސިލްތަކުގެ މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށާއި އެކަން ނުވެސް ކުރެވޭނެ ކަމަށް ޗެލެންޖު ކުރައްވާ ކަމަށެވެ.

Advertisement

"އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔަ އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ރާއްޖޭގެ 57 ރަށެއްގެ މަޝްރޫއު ކައުންސިލްގެ ހުރަސްއެޅުމާއެކު ހުއްޓާލާފައިވާ ކަމަށް. މި ދެންނެވި ރަށްތަކުގެ މައުލޫމާތު ހޯދުމަށްޓަކައި އަޅުގަނޑުމެންވާނީ އާރްޓީއައި އިން ތަފްސީލް ހޯދުމަށްޓަކައި ހުށަހަޅާފައި. މިއަދާ ހަމައަށް އައިއިރުގައި އަޅުގަނޑުމެންނަށް އެ މައުލޫމާތެއް ނުލިބޭ،" ވަހީދު ވިދާޅުވި އެވެ.

ކައުންސިލްތައް ބަދުނާމުވާ ގޮތަށް މުއިއްޒު ވާހަކަތައް ދައްކަވަނީ ކައުންސިލްތަކަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށް ވަހީދު ވިދާޅުވި އެވެ.

"ސީދާ ކައުންސިލްތަކަށް ފުރައްސާރަ ކުރުމަށްޓަކައި ކައުންސިލްތަކަށް ޖެއްސުން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދައްކާ ވާހަކަ. މި ސަރުކާރުގެ ނާގާބިލުކަން ފޮރުވަންވެގެން ރައީސުލްޖުމްހޫރިއްޔާ ދައްކާ ވާހަކަ. އެހެންވީމަ އަޅުގަނޑު މި ބަލަނީ މި މައުލޫމާތު ސަރުކާރުން ހާމަކުރުން އަވަސް ކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ދަނީ އިންތިހާބާ ދިމާކޮށް ވަޒީފާ ބަހައި، އިންތިހާބަށް އެކި އެކި ނުފޫޒުތައް ފޯރުވަމުން ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ ބައެއް ހެކިތައް ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރާ އިދިކޮޅު ފިކުރުގެ ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އަޅާ ކަމަށް މުއިއްޒު ތުހުމަތު ކުރެއްވި ނަމަވެސް، ކައުންސިލްތައް އެއްފަރާތް ކުރުމަށް ފަހު ސަރުކާރުން ބޭނުންވާ މަޝްރޫއުއެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނު މި ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ.

އެލްޖީއޭ ހިންގަނީ މި ސަރުކާރުން ކައުންސިލްތަކުގެ މައްޗަށް ބާރު ފޯރުވުމަށް އުފެއްދި ކައުންސިލް މިނިސްޓްރީގެ ދަށުންނެވެ. އެލްޖީއޭއިން އަމަލުކުރަނީ މުއިއްޒުގެ ސަރުކާރުން އަންގާ ގޮތަށް ކަމަށްވާއިރު ކައުންސިލްތަކުން ހުއްދަ ނުދީގެން އެއްވެސް މަޝްރޫއުއެއް ހުއްޓިފައި އޮތްނަމަ ކައުންސިލްތައް ބައިޕާސް ކުރުމަށް ފަހު އެ މަޝްރޫއުއެއް ސަރުކާރަށް ހިންގޭނެ އެވެ.

އަންނަ އެޕްރީލް 4، ގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާއިރު، އެ އިންތިހާބާއެކު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓު (ރިފަރެންޑަމް) އެއް ވެސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ރިފަރެންޑަމްއަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާމެދު އާންމުން ދެކޭ ގޮތެއް ބެލުމަށް ނަގާ ވޯޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox