ރާއްޖޭން އެއް މިލިއަން ޓޫރިސްޓުންގެ ރާސްތާ ކަޑައްތުކޮށްފި

Oct 29, 2021, 11:36 AM
މި އަހަރު ރާއްޖެ އައި އެއް މިލިއަން ވަނަ ޓޫރިސްޓް (ކ-3) އެއާޕޯޓުގައި. --ފޮޓޯ: ވިޒިޓް މޯލްޑިވްސް

މި އަހަރު ރާއްޖެ އައި އެއް މިލިއަން ވަނަ ޓޫރިސްޓް (ކ-3) އެއާޕޯޓުގައި. --ފޮޓޯ: ވިޒިޓް މޯލްޑިވްސް

ކޮވިޑުގެ ބަނަ ދުވަސްތަކާ ގުޅިގެން މިދިޔަ އަހަރު ވަޅުޖެހުނު ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަލުން ހިންދެމިލައި ފެށި މަސައްކަތުން މި އަހަރު އެއް މިލިއަން ޓޫރިސްޓުން ރާއްޖޭން މިއަދު ހަމަކޮށްފި އެވެ.

މި އަހަރު ރާއްޖެ އައި އެއް މިލިއަން ވަނަ ފަތުރުވެރިޔަކީ މިއަދު މެންދުރުފަހު އައި ފްރާންސްގެ ފިރިހެނެކެވެ. މިއީ އޭނާ ރާއްޖެ އައި 20 ވަނަ ފަހަރެވެ. އޭނާ އަށް މަރުހަބާ ކިޔަން އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އެއާޕޯޓުގައި ވަނީ ސަގާފީ ހަރަކާތްތަކެއް ބާއްވައިފަ އެވެ.

މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ނިސްބަތަށް ބަލައި، މި އަހަރު ނިމޭއިރު 1.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވެ އެވެ.

އަހަރުގެ މިހާތަނަށް މަހެއްގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި ވަނީ އޯގަސްޓު މަހު އެވެ. އެއީ 143,599 ފަތުރުވެރިންނެވެ. އެއީ ދުވާލެއްގެ މައްޗަށް 4,632 ޓޫރިސްޓުންނެވެ.

އަހަރު ފެށިގެން އައި އިރު އެއް މަހަށްވުރެ އަނެއް މަހު ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް، އަހަރުގެ މެދު ތެރޭގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެގެން ދިޔަ ނަމަވެސް ޖުލައި މަހުން ފެށިގެން ފަތުރުވެރިން އަންނަ އަދަދު ވަނީ އަނެއްކާވެސް އިތުރުވާން ފަށައިފަ އެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ ތެރޭގައި އެންމެ ގިނައީ އިންޑިއާގެ ޓޫރިސްޓުންނެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ކޮވިޑުގެ ފުރަތަމަ ރާޅު އައުމާ އެކު އޭޕްރިލް މަހު ރާއްޖެ އަށް ޓޫރިސްޓުން ގެނައުން ހުއްޓާލި އެވެ. ޖުލައި މަހު އަލުން ޓޫރިޒަމް ފަށައިގެން މަޑުމަޑުން ރަނގަޅުވެ އަހަރު ނިމުނުއިރު ހުރީ ރަނގަޅު ރޭޓޭއްގަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އިތުބާރު ހިފޭ އެއް ކްރެޑިޓް ރޭޑިން އޭޖެންސީ ކަމަށްވާ އެމެރިކާގެ ފިޗުން ފާހަގަކުރާ ގޮތުގައި ކޮވިޑް ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އައި ލޮޅުމުން އަރައިގަނެވި ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރުން 70 އިންސައްތައާ ގާތްކުރާ އަދަދަށް މިހާރު ސިނާއަތް އާރާސްތުވެފައިވެ އެވެ.

އަންނަ އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދި ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރުން 80 އިންސައްތަ ރިކަވާ ވާނެ ކަމަށް ފިޗުން ލަފާކުރާ އިރު 2023 ވަނަ އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 100 އިންސައްތަ ރިކަވާ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox