ޖިނާއީ އެއްވެސް ކުށެއްގެ ތުހުމަތުން ބަރީއަވަން: ޒެނީޝާ

Oct 29, 2021, 5:18 AM
އާކްގެ އަހަރީ ޖަލްސާގައި ޒެނީޝާ ވާހަކަދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

އާކްގެ އަހަރީ ޖަލްސާގައި ޒެނީޝާ ވާހަކަދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނާ މައްސަލައަކީ ޒާތީ ތައައްސަބުން އުފަންވެފައިވާ މައްސަލައެއް ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.

ހިއުމަން ރައިޓްސް އިން ވަނީ މިދިޔަ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގި މައްސަލައަކާ ގުޅިގެން ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. މި މައްސަލައިގައި ދައުވާކުރުމާ މެދު އަދި އެ އޮފީހުން ގޮތެއް ނުނިންމަ އެވެ. މިއީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ނަމުގައި މި ސަރުކާރުގައި އުފެއްދި އިދާރާއިން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ.

ޒެނީޝާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިއްޔެ ރާއްޖޭގެ މީޑިއާގެ ބައެއް ވަސީލަތްތަކުން އޭނާއާ ގުޅޭގޮތުން އާއްމުކޮށް ޝާއިއުކޮށްފައިވާ މައުލޫމާތުގައި ހަގީގަތާ ކަނޑައެޅިގެން ހިލާފު ބައެއް މައުލޫމާތު ހިމެނޭ ކަމަށެވެ.

"ޖިނާއީ ކުށުގެ އެއްވެސް އަމަލެއް އަޅުގަނޑު ހިންގާފައެއް ނުވާނެ އެވެ. އަދި އެފަދަ އަމަލެއްގައި ބައިވެރިވެފައި ވެސް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަޅުގަނޑު އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

ޒެނީޝާ ވިދާޅުވީ އޭނާއާ މެދު ތުހުމަތުކުރެވޭ ކަމަށް ހިއުމަން ރައިޓްސް އިން ބުނާ މައްސަލައަކީ ޒާތީ ތައައްސަބުން އުފަންވެފައިވާ، ސައްހަ ނޫން އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ، ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުން ހިފައިގެން ހިންގުވާފައިވާ، އަދި ގާނޫނީ ހަމަތަކާ ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ހަރަކާތެއްކަން މާތްﷲގެ ވާގިފުޅާއެކު ސާބިތުވާނެކަމާ މެދު ޝައްކުނުކުރާ ކަމަށެވެ.

"ޖިނާއީ އެއްވެސް ކުށެއްގެ ތުހުމަތުން ބަރީއަވެ، ޖިނާއީ އެއްވެސް ކުށެއް އަޅުގަނޑު ނުކުރާކަން ތަކުރާރުކުރާ ހާލު، މި މައްސަލައިގައި އަޅުގަނޑުގެ ފަރާތުން އިތުރު މައުލޫމާތެއް ހިއްސާކުރާނީ އަޅުގަނޑުގެ ގާނޫނީ ވަކީލުންގެ ގޮތުގައި އައްޔަނުކޮށްފައިވާ ޕްރިމިއާ ޗެމްބާޒް އެލް.އެލް.ޕީ މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ޒެނީޝާ އަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައު އަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެންނަ" ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތްކަމުގައި އަޅުގަނޑު ދެކޭ ކަމަށް ވިދާޅުވެފަ އެވެ.

ދައުވާކުރަން ފޮނުވީ ކޮން މައްސަލައެއްގައި؟

އެނގިފައިވާ ގޮތުގައި މިއީ ކުޑަކުދިންގެ ހިޔާގައި ކުދިންތަކެއް ހިންގި ހަމަނުޖެހުމަކާ ގުޅިގެން ފުލުހުން އެ ކުދިންނާ މެދު އަމަލުކުރި ގޮތާ ގުޅޭ މައްސަލައެކެވެ. އެގޮތުން އެކުދިން އެތަނުން ނެރެގެން ގެންދިޔައިރު ބިޑި އަޅުވާފައި ތިބުމާއި ކުދިކުދި ހާނިއްކަތަކެއް ވުމާއި ޖެންޑާގެ އޮފިޝަލެއް ނެތި ސުވާލުކުރުމާއި ކުޑަކުދިންގެ މަރުކަޒެއް ނޫން ތަނެއްގައި ހައްޔަރުކޮށްފައި ބޭތިއްބި މައްސަލަ ތަހުގީގަށް ވަނީ ފާހަގަވެފަ އެވެ. އެނގިފައިވާ ގޮތުގައި ޒެނީޝާގެ މައްޗަށް ދައުވާކުރަނީ އެ ކުދިން ތިބީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށްވެފައި އޭނާ އަކީ ދައުލަތުގެ ފަރާތުން އެ ކުދިންނަށް ޒިންމާވާ އެންމެ އިސް މީހާ އަށް ވާތީ އެވެ.

"އަދަދު" އަށް ވަނީ ކަށަވަރުވެފައިވާ ގޮތުގައި ދައުވާ ކުރާ 30 މީހުންގެ ތެރޭގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވެސް ހިމެނެ އެވެ.

ކުޑަކުދިންގެ ހައްގުގެ ޗެމްޕިއަނެއް

ޒެނީޝާ އަކީ ޖެންޑާ މިނިސްޓަރުކަން ރައީސް އަބްދުﷲ ޔާމީން ދެއްވުމުގެ މާކުރިން ފެށިގެން ކުޑަކުދިންގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތުކުރަމުން އައި ބޭފުޅެކެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން އަމިއްލަ ގޮތުން ކުޑަކުދިންގެ ހިޔާ އަށް ގޮސް އެކުދިންނަށް ކިޔަވައިދީ ކުޅިވަރުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނެވެ.

އޭގެ ފަހުން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީކޮށް އެ ޖަމިއްޔާ މެދުވެރިކޮށް ކުޑަކުދިންގެ ހައްގުގައި މަސައްކަތްކޮށް، ވަކާލާތުކޮށް އަދި ހޭލުންތެރިކުރުވުމުގެ ނަމޫނާ މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި ސަރުކާރުގެ ބެލުމުގެ ދަށުން ދިރިއުޅޭ ކުޑަކުދިންނަށާއި އެކުދިންނާ ހަވާލުވެ ތިބޭ މުވައްޒަފުން ތަމްރީނު ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގި އެވެ.

އާކް އިން ވަނީ ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އެގެއިންސްޓް ޗިލްޑްރަން (ސައިވާކް) ގެ ނޭޝަނަލް އެކްޝަން ކޯޑިނޭޝަން ގްރޫޕްގައި 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކޯ ޗެއާގެ މަގާމު އަދާކޮށްފަ އެވެ.

މި ދާއިރާގައި ޒެނީޝާ ކުރެއްވި މަސައްކަތް ބަލައިގަނެ ސަރުކާރުން ވަނީ 2015 ވަނަ އަހަރު އިންސާނީ ހައްގުތައް ދިރުވައި އާލާކުރުމުގެ ދާއިރާއިން، އިންސާނީ ހައްގުތަކަށް ހޭލުންތެރިކުރުވުމުގެ ރޮނގުން ގައުމީ އިނާމު ދީފަ އެވެ.

މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިން ވެސް، އެ މަގާމުގައި ހުންނަވައިގެން ވެސް ޒެނީޝާ ސިޔާސީ ހަރަކާތްތަކުން ނުފެނެ އެވެ. އެހެންވެ ސިޔާސީ މަގާމަށް އޭނާ އޭރު ވަޑައިގަތުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox