ލެމޯސް ބަންގްލަދޭޝް ކޯޗަކަށް ގެނައީ އޮސްކާ ފުރުސަތު ދޫކޮށްލުމުން

Oct 29, 2021, 4:55 AM
ލެމޯސް ބަންގްލަދޭޝް ކޯޗަކަށް ގެނައީ އޮސްކާ ފުރުސަތު ދޫކޮށްލުމުން

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްގެ ކޯޗުކަން ކުރި ސްޕެއިންގެ އޮސްކާ ބްރުޒޮން، ބަންގްލަދޭޝް ޓީމާ އެކު ކުރިއަށްދާން ލިބުނު ފުރުސަތު ދޫކޮށްލުމުން، އަންނަ މަހު ސްރީ ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް ޓީމަށް ކޯޗުކޮށްދިނުމުގެ ފުރުސަތު ޕޯޗުގީސް ކޯޗު މާރިއޯ ލެމޯސް އަށް ދީފި އެވެ.

ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ޖެމީ ޑޭ ވަގުތީ ގޮތުން ދުރުކޮށް އެ ގައުމުގެ ޗެމްޕިއަން ކްލަބް، ބަންޝުންދުރާ ކިންގްސްގެ ކޯޗު އަދި ނިއު ރޭޑިއަންޓް ގޮވައިގެން ދިވެހި ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އޮސްކާ ވަނީ ސާފަށް ބަންގްލަދޭޝާ ހަވާލުވެ، ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން އެ ޓީމަށް ލީގު ބުރުގެ ހަތަރު ވަނަ ހޯދައިދީ ފައިނަލާ ގާތަށް ގެންގޮސްދިނެވެ.

ސާފް ޗެމްޕިއަންޝިޕްގައި އެއް ކުޅުންތެރިއަކު މަދުކޮށް ބަންގްލަދޭޝް އިން އިންޑިއާއާ އެއްވަރުކުރި އެވެ. މިއީ ބަންގްލަދޭޝްގައި އޮސްކާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަވި މެޗެވެ. ސާފްގައި ބަންގްލަދޭޝް އިން ކުޅުނު ފަހު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާއާ ވަނީ އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ.

ބަންގްލަދޭޝް ޓީމާ އެކު ކުރިއަށް ދިއުމުގެ ފުރުސަތު ދީފިނަމަ ބޭނުން ހިފާނެތޯ ސުވާލުކުރުމުން އޮސްކާ ބުނީ އެ ނިންމުމަކީ އޭނާ އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ މަޝްވަރާކުރަން ޖެހޭނީ ބަޝުންދަރާގެ ރައީސް އިމްރުލް ހަސަން އާއި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ކަމަށް އޮސްކާ ބުނެފައިވެ އެވެ.

އޮސްކާ ވަނީ ބަންގްލަދޭޝް ގައުމީ ކޯޗުގެ މަގާމުގައި ދެމިހުންނަން ބޭނުންނުވާ ކަމަށް ބުނެ، ޗުއްޓީ އަކަށް ސްޕެއިނަށް ގޮސްފަ އެވެ.

އެހެންވެ، އަންނަ މަހު 7-18 އަށް ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް ޓީމަށް އިރުޝާދު ދިނުމުގެ ޒިންމާ ހަވާލުކުރީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކްލަބް، ޑާކާ އަބަހާނީ ޓީމުގެ ކޯޗަކަށް ހުރި ލެމޯސް އެވެ. އަބަހާނީގެ ކޯޗުކަން 2018 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ލެމޯސް، ބަންގްލަދޭޝް ޓީމަށް އިރުޝާދުދޭނީ ހަމައެކަނި ފޯ ނޭޝަންސް ކަޕްގަ އެވެ.

ކުރިން މެލޭޝިއާގެ ނެގްރީ ސެމްބިލާން އަށް ކޯޗުކޮށްދިން ލެމޯސް ވަނީ އޭނާގެ އުފަން ގައުމު ޕޯޗުގަލް އާއި ދެކުނު ކޮރެއާ އަދި ތައިލެންޑް ލީގުގައި ވެސް ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި އޭއެފްސީ ކަޕްގައި އަބަހާނީ ގޮވައިގެން ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފައިވެ އެވެ.

ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝާއި ލަންކާގެ އިތުރުން ދެން އޮތީ ރާއްޖެ އާއި ސީޝެެލްސް އެވެ. ފޯ ނޭޝަންސް ކަޕަށް ރާއްޖޭން ތައްޔާރުވަމުން އަންނަނީ ދާދި ފަހުން ގައުމީ ޓީމާ ހަވާލުވި އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox