ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ކަނޑައަޅާ މޮރެޓޯރިއަމް ފަސް އަހަރަށް ދިގުކުރާތީ ކަންބޮޑުވުން

ބިދޭސީ މަސައްކަތްތެރިއެއް. ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުން ފަސް އަހަރަށް ދިގުދަންމާތީ ކަންބޮޑުވުން ފާޅުކުރަން ވަނީ ފަށާފަ.-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ބިދޭސީ މަސައްކަތްތެރިއެއް. ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުން ފަސް އަހަރަށް ދިގުދަންމާތީ ކަންބޮޑުވުން ފާޅުކުރަން ވަނީ ފަށާފަ.-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ސަރުކާރުން ގެންގުޅޭ މިނިމަމް ވޭޖް ސިޔާސަތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ހިމެނުމުގެ މޮރެޓޯރިއަމް ފަސް އަހަރު ދުވަހަށް އިތުރުކުރުމަށް ލަފާދީފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ދެ ޖަމިއްޔާއަކުން ބަޔާނެއް ނެރެފި އެވެ.

ޓްރާންސްޕެރެންސީ މޯލްޑިވްސްއާއި މިޝަން ފޯ މައިގްރެންޓް ވޯކާޒް އިން މޯލްޑިވްސް އިން ޖަމިއްޔާއިން ގުޅިގެން ނެރުނު އެ ބަޔާނުގައި ވަނީ ވޭޖް ބޯޑުން ބިދޭސީ މުވައްޒަފުންނަށް މިނިމަމް ވޭޖް ކަނޑައެޅުމަށް ނިންމާފައިވާ މޮރެޓޯރިއަމް ދެ އަހަރު ދުވަހުން ފަސް އަހަރު ދުވަހަށް އިތުރު ކުރުމަށް ލަފާދީފައިވާކަމަށް ބުނެފަ އެވެ.

އެ މޮރެޓޯރިއަމް އެންމެ ފުރަތަމަ އިނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށްކަން ފާހަގަކޮށް، ވަޒީފާއާ ބެހޭ ގާނޫނުގައި ވެސް ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުމަށް އޮންނަނީ ރަސްމީކޮށް މިނިމަމް ވޭޖްއެއް ކަނޑައަޅާތާ ދެ އަހަރު ދުވަހުގެ މުއްދަތެއްކަން ފާހަގަކޮށްފަ އެވެ.

"ވަޒީފާއާ ބެހޭ ގާނޫނުގެ 62 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ގޮތުގައި މިނިމަމް ވޭޖް ގާނޫނީ ގޮތުން ތަންފީޒުކުރާތާ، ދެ އަހަރު ދުވަސްތެރޭ ބިދޭސީ މަސައްކަތްތެރިންނަށް ވެސް މިނިމަމް ވޭޖް ތަންފީޒުކުރަން ޖެހޭ،" އެ ބަޔާނުގައި ވެ އެވެ.

ބަޔާނުގައި ވަނީ މިހާރު ވެސް ބިދޭސީ މަސައްކަތްތެރިންނަށް އިހާނެތިކޮށް ކަންކަން ކުރަމުންދާކަން އެ ބަޔާނުގައި ފާހަގަކުރެ އެވެ. އެހެންކަމުން އެ ލަފާދީފައިވާ ފަސް އަހަރު ދުވަހުގެ މޮރެޓޯރިއަމްގެ ސަބަބުން ބިދޭސީ މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އިތުރުވެގެންދާ ކަމަށެވެ.

އަދި މަކަރު ހަދައި އޮޅުވާލައިގެން ބިދޭސީންގެ ނާޖާއިޒު ފައިދާ ނަގައިގެން މަސައްކަތްކުރުވުމުގެ ބިރު ވެސް އެބަ އޮތް ކަމަށް އެ ބަޔާނުގައި ބުނެ އެވެ.

"މަޖުބޫރުކުރުވައިގެން މަސައްކަތްކުރުވުން، ދަރަނީގެ ބޮންޑޭޖް، މުސާރައިގެ ވައްކަން ފަދަ ހާލަތްތައް އިތުރުވެގެން ދާނެކަމާއި މެދު ކަންބޮޑުވޭ،" ޓްރާންސްޕެރެންސީއާއި މިޝަން ފޯ މައިގްރެންޓް ވޯކާޒް އިން ނެރުނު ބަޔާނުގައި ބުނެ އެވެ.

އަދި އޭގެ އިތުރުންވެސް މި ސިޔާސަތުގެ ސަބަބުން ދިވެހިން ވަޒީފާގެ މާހައުލުން އެއްފަރާތްވެގެން ހިނގައިދާނެކަމުގެ ނުރައްކާ ވެސް އެބަ އޮތް ކަމަށް އެ ބަޔާނުގައި ބުނެ އެވެ.

"އަދި ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ ޝިކާރައަށް ވާ މީހުންގެ ނިސްބަތް ވެސް އިތުރުވެގެން ހިނގައިދާނެތީ ކަންބޮޑުވޭ،" އެ ބަޔާނުގައިވެ އެވެ.

އާއިލާއާއި އަނބިދަރިން ދޫކޮށް ރާއްޖެއަށް ވަޒީފާ އަދާކުރަން އައިސް، ރާއްޖެއަށް ހިދުމަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަކީ ތަކުރާރުކޮށް އެ މަސައްކަތެއްގައި ނާކާމިޔާބީއާ ކުރިމަތިވެފައިވާ ކަމެއްކަން އެ ބަޔާނުގައި ފާހަގަކުރެ އެވެ. އަދި އެކަންކަމަށް މަސައްކަތް ކުރެވޭ މިންވަރު އިތުރުކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަން އެ ބަޔާނުގައި ބުނެ އެވެ.

ޓްރާންސްޕެރެންސީއާއި މިޝަން ފޯ މައިގްރެންޓް ވޯކާޒްއިން ނެރުނު ބަޔާނުގައި ވަނީ އިކޮނޮމިކް މިނިސްޓްރީން އަދި މިނިމަމް ވޭޖުގެ މަސައްކަތުގައި ގޮތެއް ނުނިންމި ނަމަވެސް ބަޔާނުގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކާ ތަފަތުކުރުންތަކެއް ނައްތާލައި، ހަމަހަމަ ރައްކާތެރި މާހައުލެއް ވުޖޫދަށް ގެނެސް، ވަކި ގައުމެއްގެ ނުވަތަ ވަކި ދާއިރާއައެއް ގެ މަސައްކަތްތެރިންނަށް ނުބަލާ ހުރިހާ މަސައްކަތްތެރިންނަށް ވެސް ހަމަހަމަ ރައްކާތެރިކަން ހޯދައިދިނުމަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox