ކޮކީ އަށް އަނިޔާވެ ސާބާ މުބާރާތް ގެއްލިއްޖެ

Oct 27, 2021, 11:36 AM
ޯދޯހާ ކޭމްޕް ނިންމާލާފައި އައިއިރު ކޮކީ.-- ފޮޓޯ: ޕީއެސްއެމް

ޯދޯހާ ކޭމްޕް ނިންމާލާފައި އައިއިރު ކޮކީ.-- ފޮޓޯ: ޕީއެސްއެމް

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ތަރި ރިޝްފާން ރަޝީދު (ކޮކީ)ގެ ކަކުލަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެ، އޭނާ އަށް ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް (ސާބާ) ބާސްކެޓްބޯޅަ މުބާރާތް ގެއްލިއްޖެ އެވެ.

ކޮކީ ކަކުލަށް އަނިޔާވީ ދުބާއީގައި ގައުމީ ބާސްކެޓް ޓީމުން ކުރި ކޭމްޕްގެ ތެރެއިން އެޓީމުން ކުޅުނު ފުރަތަމަ މެޗުގަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ގައުމީ ބާސްކެޓް ޓީމުން ވާދަކުރީ ދުބާއީގައި ދިރިއުޅޭ ސީރިއާ ކުޅުންތެރިންނާ އެކު އެކުލަވާލާފައިވާ ޓީމަކާ އެވެ. މެޗުގެ ދެ ވަނަ ކުއާޓާރުގެ ކުޅުން ކުރިއަށް ދަނިކޮށް ކޮކީގެ ކަކުލުގެ ލިގަމަންޓަށް ވަނީ އަނިޔާވެފަ އެވެ.

ކަކުލުގެ މި ފަދަ ސީރިއަސް އަނިޔާތަކުގައި އާންމުކޮށް އޮޕަރޭޝަން ކުރުމަށް ފަހު ކުުޅުމަށް އެނބުރި އާދެވޭނީ އެންމެ އަވަސް ވެގެން ވެސް ހަ މަސް ދުވަސް ފަހުންނެވެ. މާނަ އަކީ ސާބާ ޗެމްޕިއަންޝިޕްގެ އިތުރުން ބާސްކެޓްގެ ކުރިއަށް އޮތް ސީޒަނުގައި ވެސް ކޮކީ އަށް ކުޅެވޭނީ މަސްތަކެއް ފަހުންނެވެ. ކޮކީ ކުޅެމުން އަންނަނީ ކިންގްސް އަށެވެ.

Advertisement

ކިންގްސްގެ މެޗެއްގެ ތެރެއިން ކޮކީ ބޯޅަ ހިފައިގެން.-- ފޮޓޯ: އަބްދުﷲ އަބީދު

މި ފަހަރުގެ ސާބާގައި ވާދަކުރާ ގައުމީ ސްކޮޑުގައި ހިމެނުނު ހުނަރުވެރި ކުޅުންތެރިޔާ އިބްރާހިމް ރަޝްވާން (ޗިކު) ވެސް ވަނީ ދާދި ފަހުން ކަކުލަށް ލިބުނު ސީރިއަސް އަނިޔާ އަކަށް ފަރުވާ ހޯދައިފަ އެވެ. އެ ގޮތުން 2018 ވަނަ އަހަރު ލިބުނު އަނިޔާއިން އެއްކޮށް ރިކަވާވެގެން އެނބުރި އައިސް ޗިކު ގައުމީ ޓީމަށް ކުޅެދޭ ފުރަަތަމަ މުބާރާތަކަށް ވާނީ މި ފަހަރުގެ ސާބާ ޗެމްޕިއަންޝިޕް އެވެ.

ގައުމީ ބާސްކެޓް ޓީމުން މިހާރު ތައްޔާރު ވަމުންދަނީ އަންނަ މަހުގައި ބާއްވާ ސާބާ މުބާރާތަަށެވެ. ދުބާއީގައި ކުރިއަށްދިޔަ ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު ދެން ބާސްކެޓް ޓީމު ތައްޔާރީތައް މާލޭގައި ކުރިއަށް ގެންދާނީ އަންނަ މަހު ފަށާ ސާބާ މުބާރާތާ ހަމައަށެވެ.

ސާބާ މުބާރާތަށް ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ހަމަޖެއްސިއިރު، ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ހަވާލުކުރީ ކުރިން ގައުމީ ޓީމަށް ކުޅުނު އަދި ބާސްކެޓްގައި ވިދަމުން އަންނަ ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ)އާ އެވެ. އިއްލެގެ އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސި ބައެއް ކޯޗުންނަކީ އޭނާއާ އެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި މުހައްމަދު ޒިލާލް (ޒިލާ) އާއި އަލީ ފަޒްލީ ހިމެނެ އެވެ. އަދި އޭގެ އިތުރުން މި ފަހަރު އެސިސްޓަންޓް ކޯޗަކަށް މުހައްމަދު ނަސީރު (މޮއްޑެ) ވެސް ވަނީ ހިމަނައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox