ޕާޓީގެ ކާމިޔާބީއަށް ހިޔަނި އެޅުނީ ޔާމީން ހައްޔަރުމުން: ޕީޕީއެމް

ޕީޕީއެމްއަށް 10 އަހަރު، ޕާޓީގެ ކާމިޔާބީއަށް ހިޔަނި އެޅުނީ ޔާމީން ހައްޔަރުމުން --

ޕީޕީއެމްއަށް 10 އަހަރު، ޕާޓީގެ ކާމިޔާބީއަށް ހިޔަނި އެޅުނީ ޔާމީން ހައްޔަރުމުން --

ޕީޕީއެމް ޕީއެންސީ ހިމެނޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ސިޔާސީ ކާމިޔާބުތަކަށް ހިޔަނި އެޅިގެން ދިޔައީ އެ ކޯލިޝަން ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި ހިސާބުން ކަމަށް ބުނެފި އެވެ.

ޑީއާރްޕީގެ ކޮންޓްރޯލް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ގެއްލިވަޑައިގަތުމާއެކު 2011 ވަނަ އަހަރު އުފެއްފި ޕީޕީއެމަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވެއެތުވެދިޔަ ތަނުގައި އެޕާޓީއަށް ކާމިޔާބު ހޯދާދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާފައިވާ އެއްބޭފުޅަކީ ރައީސް ޔާމީން އެވެ.

"ޕާޓީގެ ކާމިޔާބުގެ ސަފްހާތައް ލިޔަމުން ގެންދަނިކޮށް މި ކާމިޔާބީތަކަށް ހިޔަނި އެޅިގެން ގޮސްފައިވަނީ، ޕާޓީއަށް ފާއިތުވެ ދިޔަ ތަނުގައި ކާމިޔާބީ ހޯއްދަވައިދެއްވުމުގެ އެންމެ މުހިންމު އަދި އެންމެ އިސް ދައުރެއް އަދާ ކުރެއްވި އަދިވެސް ކުރައްވަމުން ގެންދަވާ މޭސްތިރި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްގުނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ޖަލުގައި ބަހައްޓައިގެން އަނިޔާދެމުން ގެންދާ ގެންދިއުމެވެ." އިދިކޮޅުހެ ބަޔާނުގައިވެއެވެ.

Advertisement

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގައި، މަނީ ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ ދަށު ކޯޓުގައި ޔާމީނުގެ މައްޗަށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ގެންފަވަނީ ތަންފީޒު ކުރައްވަމުންނެވެ. އެއް އަހަރަށްވުރެ ގިނަ ދުވަހު ޖަލުގައި ހުންނެވުމަށްފަހު މިދިޔަ ރޯދަމަހު އެމަނިކުފާނު ވަނީ ގެކޮޅަށް ބަންދަށް ބަދަލުކޮށްފަ އެވެ.

އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އެޕާޓީގެ އެންމެ ބޮޑު އުންމީދަކީ ސުޕްރީމް ކޯޓު މަރުހަލާއިން ޔާމީން މިނިވަންވެ، 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭ ގޮތް ވުމެވެ. މީގެ އިތުރުން ޕާޓީއަށް ގިނަ މެމްބަރުން ސޮއިކުރަމުންދަނީ ރައީސް ޔާމީންގެ ދިފާއުގައި ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.

"ޕީޕީއެމް ގެ 10 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރާއިރު، ޕާޓީގެ ކޮންމެ މެންބަރެއްގެވެސް އަދި ދިވެހި ރައްޔިތުންގެ ގިނަ ބައެއްގެވެސް ދުއާއަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައުސޫމްކަން ސާބިތުވެ، ޖަލުން މިނިވަންވެ 2023 ވަނަ އަހަރު މިގައުމުގެ ވަލީޔުލްއަމްރުގެ މަގާމަށް އަލުން އަނބުރާ އެމަނިކުފާނު ވަޑައިންނެވުމުގެ ހެޔޮ ތައުފީގް މާތްﷲ ސުބުހާނަހޫ ވަތައާލާ މިންވަރު ކުރެއްވުމެވެ," އިދިކޮޅު ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމް އުފެދުނީ 2008 ވަނަ އަހަރު ރައީސް މައުމޫންއާއި ތަސްލީމް އެކުގައި ރިޔާސީ ރޭހަށް ނިކުންނަވާ، ލިބުނު ނާކާމިޔާބީއަށްފަހު، ޑީއާރުޕީގެ ކޮންޓްރޯލް ހޯއްދަވަން ދެބޭފުޅުން މަސައްކަތް ކުރުމުގެ ތެރެއިން ޕާޓީގެ ބާރު ރައީސް މައުމޫންގެ އަތްޕުޅުން ގެއްލުމުންނެވެ. އެއާއި އެކު ޕާޓީ ދޫކުރައްވާ ވަޑައިގަތެވެ. އަދި

2011 ވަނަ ދުވަހު ޕީޕީއެމް އުފެއްދެވިއެވެ. ޕީޕީއެމްގެ ކޮންޓްރޯލް ރައީސް މައުމޫން އަތުން ގެއްލުނީ އެޕާޓީގެ ރިޔާސީ ޓިކެޓުގައި އެމަނިކުފާނުގެ ކޮއްކޮ ރައީސް ޔާމީން ވެރިކަމަށް އައުމާއި އެކުއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި ހިޔާލް ތަފާތުވެ، ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް އުފެދުނެވެ. އެ މައްސަލާގައި ރައީސް މައުމޫންގެ ޕާޓީ ދޫކުރައްވާ ވަޑައިގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox