ވަޒީފާތަކަކީ ސިޔާސީ ހަދިޔާއެއް، ގަނީމާ މުދަލެއް ނޫން

ވަޒީފާތަކަކީ ސިޔާސީ ހަދިޔާއެއް، ގަނީމާ މުދަލެއް ނޫން

ވަޒީފާ ދޭންވާނީ ވޯޓު ދޭނެ ބޮޑެތި އާއިލާތަކަށް އެކަނި ކަމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެ ވާހަކަ ދައްކަވާފައިވާ އޯޑިއޯއެއް ލީކްވެފައި ވާއިރު، އެއީ އާދައިގެ ކުޑަކުޑަ ވާހަކައެއް ނޫނެވެ. އެއީ ގާނޫނުއަސާސީ އާއި ދައުލަތުގެ މަގާމުތަކަށް މީހުން ނެގުމުގެ ހަމަތަކާ ހިލާފު، އިންތިހާބުތަކާ ބެހޭ ގާނޫނުތަކާ ވެސް ފުށޫއަރާ، އަދި ކޮރަޕްޝަންގެ ބޮޑު އަމަލެއްގެ ވާހަކަ އެވެ.

"ވަޒީފާގެ ވާހަކަ ދެއްކީމަ ރައީސް ވިދާޅުވި ވާހަކައެއް މި ބުނަނީ. އަޅުގަނޑުމެން ވެސް ވަރަށް ވިސްނަން ޖެހޭނެ މި ރަށުން ވެސް ވަޒީފާއެއް ދޭން ވާހަކަ ދައްކާއިރު. ވިދާޅުވީ ފަހުން ވަޒީފާތައް ދޭނީއޭ ތިބުނާ މީސްމީހުންނަށް. މިހާރު މިއޮތީ އިންތިހާބު ބޯމަތިވެފައޭ. މިހާރު އަހަރުމެން ކައިރިއަށް އައިސް ވަޒީފާއަށް ނުބުނައްޗޭ އެކަކު ވެސް. ސިންގަލް މީހެއްގެ ވާހަކަ،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.

މިއީ މުއިއްޒު ވިދާޅުވި ވާހަކައަކަށް ވިޔަސް، ނުވިޔަސް، ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ބާރުގަދަ މެންބަރަކު މި ވާހަކަ ވިދާޅުވުމަކީ ދައުލަތުގެ ނިޒާމުތައް ފެއިލްވެފައިވާ މިންވަރާއި، ހަމައެއް ލަމައެއް ނެތް ކަމާއި، ލަދެއް ހަޔާތެއް ނެތް މިންވަރައި ގާނޫނަކާއި ގަވާއިދަކަށް ހުރުމަތެއް، ހިފަހައްޓާނެ އަހުލާގެއް ވެސް ނެތްކަމުގެ ފުރިހަމަ ދަލީލެކެވެ.

Advertisement

ވަޒީފާއަކީ ސިޔާސީ ހަދިޔާއެއް ނޫނެވެ. ސިޔާސީ ވެރިންނަށް ލިބިފައިވާ ގަނީމާ މުދަލެއް ވެސް ނޫނެވެ. ވަޒީފާއަކީ އިންސާނެއްގެ އެންމެ އަސާސީ މުހުތާދެވެ. އިންސާނަކަށް ވީތީވެ، ތާހިރު ދިރުއުޅުމަށް ބޭނުންވާ ވަސީލަތެކެވެ. އަމިއްލަ ނަފުސާއި އާއިލާގެ ކަރާމާތާއި، މިނިވަންކަމާއި، އިޖުތިމާއީ ބައިވެރިވުމުގެ އެންމެ ވަރުގަދަ ބިންގަލެވެ.

ނަމަވެސް ވަޒީފާ ހައްގުވަނީ އިލުމާއި ހިލުމާއި ގާބީލުކަމަށް ބެލުމެއް ނެތި، ސިޔާސީ ޕާޓީތަކުގެ ވެރިންގެ ގާތް މީހުންނާއި އާއިލާތަކާއި ސިޔާސީ ވެރިންގެ ބޫޓުގައި ދޫލާ މީހުންނަށް ވެއްޖެ އެވެ. މި ސިޔާސަތު މި ސަރުކާރުން ދަމަހައްޓާނަމަ އިސްލާމީ އަހުލާގުގެ ވާހަކަ ބޮޑެތި ޖަލްސާތަކުގައި ވެރިން ދައްކާވާނެ ކަމެއް ނެތެވެ. ތަރައްގީ ވެފައިވާ ގައުމަކަށް 2040 ގައި ރާއްޖެ ހަދާނެ ވާހަކަ ދެއްކިޔަސް، އެކަން ހުވެފެހުން ވެސް ބަލާނެ ކަމެއް ނެތެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ދަށުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންފައި އޮތަސް، އެކަމުގައި ހުދޫދެއް އެބަ އޮތެވެ. އެ މާއްދާގައި އޮތީ؛ ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ވާހަކަ އެވެ. އެ އަދަދު ހުދާއިކަޅުން ލިޔެފައި ނެތުމަކީ، ސުމާރެއް ނެތް މިންވަރަށް ވަޒީފާ ދިނުމެއް ނޫނެވެ.

ރައީސް މުއިއްޒު ފުރަތަމަ ކަނޑައެޅުއްވީ 700 އަށް ވުރެ ސިޔާސީ މަގާމުތައް ގިނަ ނުކުރުމަށެވެ. ނަމަވެސް އެ އަމާޒު ނުހިފެހެއްޓި، އެންމެ ފަހުން ފެނިގެން ދިޔައީ ސަރުކާރުގެ ބައެއް އޮފީސްތަކުގައި ގޮނޑި މޭޒު، ކޮމްޕިއުޓަރު ނެތް މިންވަރަށް 115 ގެ ދަށުން މީހުން ވައްދަމުންދިޔަ ތަނެވެ. މި މާއްދާގެ ދަށުން އައްޔަންކޮށްފައިވާ މީހުންނަކާއި، މަގާމުތަކުގެ ތަފުސީލެއް ވެސް ހާމައެއް ނުކުރެ އެވެ.

އެހެންވެ، އައިބީ އެ ދައްކާ ވާހަކައަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. މާލޭގައި ހުރި ސަރުކާރުގެ ބައެއް އޮފީސްތަކައި ވެސް އޮފީހުގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުންވާ މިންވަރަށް ވުރެ ސިޔާސީ މުވައްޒަފުން ގިނަ އެވެ. ބައެއް ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތި، ނުކުންނާނެ އިދާރާއެއް ނެތި، ވަޒީފާތައް އުފައްދާފައި މީހުން ލާފައި އެބަ ތިއްބެވެ.

ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިހްލާސްތެރިކަމާއެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމަކީ، އަދި އެކަންކަން ހިންގުމަކީ ރައީސް މުއިއްޒުގެ ވާޖިބެކެވެ. މަސްއޫލިއްޔަތެވެ.

ނަމަވެސް ބޮޑެތި އާއިލާތަކާއި ނުފޫޒުގަދަ މީހުންނަށް ވަޒީފާ ބެހުން ގާނޫނު އަސާސީގައި ތަފާތު ނުކުރުން ބަޔާންކުރާ 17 ވަނަ މާއްދާއާ ހިލާފުވެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ހައްގުތަކާއި މިނިވަންކަން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެ އެވެ.

މި ހައްގުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެ އެވެ. ކަމަށް ބަޔާންކޮށްފައިވެ އެވެ.

ކުންފުންޏެއް ވިޔަސް، ސަރުކާރުގެ އޮފީހެއް ވިޔަސް އޮނިގަނޑުގައި ހިމެނޭ ވަޒީފާއެއް ދޭނަމަ އިއުލާނުކުރަންޖެހެ އެވެ. ނަމަވެސް މިހާރު އެ އުސޫލެއް ނުހިފަހައްޓަ އެވެ. ސަރުކާރުގެ އޮފީސްތަކުގައި ޖާގަ ނެތް މިންވަރަށް ސިޔާސީ މަގާމުތައް އިތުރުކޮށްފައި ވާއިރު، ކުންފުނިތަކުގެ އާންމު އިދާރީ މަސައްކަތްތަކަށް ވެސް އިއުލާނު ކުރުމެއް، އިންޓަވިއު ކުރުމެއް ނެތި، މީހުން އެބަ ވައްދަ އެވެ. ބައެއް މަގާމުތަކަށް އިންޓަވިއު ކުރިޔަސް، ވަޒީފާ ދޭ ލިސްޓު އޮންނަނީ ދުރާލާ ނިންމައިފަ އެވެ.

މި އުސޫލު ދަމަހައްޓާނަމަ ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ނިޒާމާއި ވަޒީފާއަށް މީހުން ނެގުމުގައި ޒަމާނުއްސުރެ އޮތް ހަރުދަނާ ނިޒާމުތައް ބޭނުން އެވަނީ ކަނޑުވާލައިފަ އެވެ. ސިޔާސީ ހަދިޔާއެއްގެ ގޮތުގައި ވަޒީފާ ދޭނަމަ މަސްއޫލިއްޔަތު އަދާކުރެވޭނެ ގާބީލު މީހުން ނެތުމާއި، ހިންގުން ދޯހަޅިވުމާއި ކޮރަޕްޝަނާއި ހިޔާނާތް އިތުރުވެގެންދާނެ އެވެ. ދައުލަތުގެ މާލިއްޔަތަކީ ސިޔަސީ ޕާޓީއެއްގެ ބަޖެޓުފަދަ އެއްޗެއްގެ ގޮތުގައި ދެކި، ހަމައެއް އުސޫލެއް ނުބަލާ ހަރަދުކުރާނެ އެވެ. މިއީ ކުރިމަތިވެފައިވާ އަދި އިތުރަށް ގޯސްވާނަމަ ބަލިމަޑުކަމެކެވެ.

ވަޒީފާ ދިނުމުގައިހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވޭނެ އުސޫލެއް އޮންނަންޖެހެ އެވެ. ވަޒީފާގެ މިންގަނޑުތަކާއި ޝަރުތުތައް އެނގެންޖެހެ އެވެ. ވަޒީފާ އަށް ހުޅުވާލުމުގައި އެކަށީގެންވާ ވަގުތު އޮންނަންޖެހެ އެވެ. އިންޓަވިއު ކުރުމުގައި ސިޔާސީ ލިސްޓަށް ރިއާޔަތް ނުކޮށް، އިލުމާއި ގާބިލްކަމާއި ތަޖުރިބާއަށް ބަލަންޖެހެ އެވެ. ނޫނީ ގައުމެއް ކުރިޔަކަށް ނުދާނެ އެވެ.

އިބްރާހިމް ދީދީ ދެއްކެވި ވާހަކަ ކަމާގުޅުން ހުރި މުއައްސަސާތަކުން ބަލަންޖެހެ އެވެ. ބަލަންވީ މިލިއަން ޑޮލަރުގެ މުއާމަލާތްތަކުގެ މައްސަލަތައް އެކަންޏެއް ނޫނެވެ. ވަޒީފާ ދިނުމުގައި ސިޔާސީވުމަކީ، ގާނޫނުއަސާސީ މުގުރައިލުމެވެ. މުޖުތަމައެއްގެ ގޮތުގައި އޮންނަ ހަމަހަމަކަން ގެއްލުމެވެ. އަދުލްއިންސާފު ނެތިދުއުމެވެ. އިންސާނީ ކަރާމަތަށް ހުރުމަތެއް ނެތުމެވެ. މުޖުތަމައެއްގެ ތެރޭގައި ހިފެހެއްޓިފައި ހުންނަންޖެހޭ މި ހަމަތައް ގެއްލުވާލުމަކީ ޒަމާންތަކަކަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox