ޔާމީން ނެތި ސިޔާސީ މަޝްވަރާއަކަށް ނުދާނަން: އިދިކޮޅު

މިއަދު މަޖިލީހުގައި އިދިކޮޅު މެމްބަރުންނާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ. ސިޔާސީ އެއްވެސް މަޝްވަރާއަކަށް ރައީސް ޔާމީން މިނިވަންނުކުރަނީސް ނުދާނެކަމަށް އިދިކޮޅު މެމްބަރުން ރައީސް ނަޝީދަށް ދެންނެވި-- ފޮޓޯ: އާދަމް ޝަރީފް/ޓްވިޓާ

މިއަދު މަޖިލީހުގައި އިދިކޮޅު މެމްބަރުންނާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ. ސިޔާސީ އެއްވެސް މަޝްވަރާއަކަށް ރައީސް ޔާމީން މިނިވަންނުކުރަނީސް ނުދާނެކަމަށް އިދިކޮޅު މެމްބަރުން ރައީސް ނަޝީދަށް ދެންނެވި-- ފޮޓޯ: އާދަމް ޝަރީފް/ޓްވިޓާ

ސިޔާސީ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުން ކަމަށް އިދިކޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދަންނަވައިފި އެވެ.

މިއަދު މަޖިލީހުގައި ހިމެނޭ އިދިކޮޅަށް ނިސްބަތްވާ މެމްބަރުންނާ އެކު ރައީސް ނަޝީދު ބޭއްވި ބައްދަލުވުމަށްފަހު، މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނާއި ނުލާ އެއްވެސް މަޝްވަރާގެ ބައްދަލުވުމަކަށް އިދިކޮޅުން ނުދާނެ ވާހަކަ ރައީސް ނަޝީދަށް އިދިކޮޅުން ދެންނެވި ކަމަށެވެ.

"މިއަދު މަޖިލީހުގައި ރައީސް ނަޝީދާއި މީޓް ކުރެއްވުމުން، ސިޔާސީ އެއްވެސް މަޝްވަރާއެއް ކުރަން މީޓް ކުރާނީ އޮޕޮޒިޝަން ލީޑަރު އަދި 2023 ގައި އިދިކޮޅު ކެންޑިޑޭޓް ރައީސް ޔާމީން މިނިވަންވުމުން ކަމަށާއި ރައީސް ޔާމީނާ ނުލާ އެއްވެސް މަޝްވަރާއަކަށް ނުވަތަ މީޓިން އަކަށް ނުދާނެ ވާހަކަ ދެންނެވިން،" މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައިވެ އެވެ.

ރައީސް ނަޝީދު މިއަދު އިދިކޮޅު މެމްބަރުންނާ ބައްދަލުކުރެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ.

އެ ބައްދަލުވުމުގައި އިދިކޮޅުގެ ފަރާތުން ބައިވެރިވެވަޑައިގަތީ މެމްބަރު ޝަރީފުގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ގައްސާން މައުމޫން އެވެ.

މީގެ ކުރިން ވެސް ނިޒާމު ބަދަލުކުރުމުގެ މަޝްވަރާތަކާ ގުޅިގެން އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަން ނުކުރަނީސް މަޝްވަރާ ނުކުރާނެކަމަށް ބުނެފަ އެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި މަނީ ލޯންޑަރިން ދައުވާ ސާބިތުވެ، ރައީސް ޔާމީން މިވަގުތު ދަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެން ނަމަވެސް ޖަލުތަކުގައި ކޮވިޑުގެ ހާލަތު ގޯސްވުމުން ގުޅިގެން އެމަނިކުފާނު ވަނީ މިދިޔަ އޭޕްރިލް މަސްތެރޭ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox