މަސް ނިމޭއިރު އެއް މިލިއަން ޓޫރިސްޓުންގެ ޓާގެޓު ހުރަސްކުރާނެ

ރާއްޖެއަށް ޗުއްޓީހޭދަކުރަން އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. -- ފޮޓޯ:ހުސައިން ޝަޔާހް/އަދަދު

ރާއްޖެއަށް ޗުއްޓީހޭދަކުރަން އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. -- ފޮޓޯ:ހުސައިން ޝަޔާހް/އަދަދު

މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދަށް ބަލާއިރު މި ހިނގާ އޮކްޓޫބަރު މަހުގެ ނިޔަލަށް އެއް މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް މިހާތަނަށް ހުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިއަހަރު ރާއްޖެއަށް ގެނައުމަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.1 މިލިއަން ފަތުރުވެރިންނެވެ.

އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އަންނަމުން ދިޔަ ފަތުރުވެރިންގެ އަދަދު ދިޔައީ އެއް މަހަށް ވުރެ އަނެއް މަހު އިތުރުވަމުންނެވެ. ޖެނުއަރީ މަހު 92,103 ފަތުރުވެރިން ރާއްޖެ އައި އިރު، ފެބްރުއަރީ މަހު އައި ފަތުރުވެރިންގެ އަދަދު 96,882 އަށް އިތުރުވި އެވެ.

ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. -- ފޮޓޯ:ހުސައިން ޝަޔާހް
ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. -- ފޮޓޯ:ހުސައިން ޝަޔާހް

ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. -- ފޮޓޯ:ހުސައިން ޝަޔާހް

މި އަހަރުގެ ތިން ވަނަ މަސް ވެގެންގޮސްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަން މަޑުޖެހިފައު އޮތުމަށްފަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އެއް ލައްކަ އަށް އެރި މަހަކަށެވެ. އެމަހު 109,585 ފަތުރުވެރިން ރާއްޖެ އައެވެ.

ދެ ވަނަ ކުއާޓާގައި ރާއްޖެއަށް އަންނަމުންދިޔަ ފަތުރުވެރިންގެ އަދަދު ދަށަށްދާން ފެށި އެވެ. އޭޕްރިލް މަހު ރާއްޖެ އައީ 91,200 ފަތުރުވެރިންނެވެ. މެއި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 64,613 އަށް ދަށަށް ދިޔައިރު، ޖޫން މަހު ރާއްޖެ އައީ 56,166 ފަތުރުވެރިންނެވެ.

ނަމަވެސް ތިން ވަނަ ކުއާޓާ ފެށުނު ފަހުން ކޮންމެ މަހަކުވެސް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ޖުލައި މަހު 101,818 ފަތުރުވެރިން ރާއްޖެ އައި އިރު، އޮގަސްޓް މަހު އައި ފަތުރުވެރިންގެ އަދަދު ވަނީ 143,599 އަށް އިތުރުވެފަ އެވެ. މިއީ ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރުގެ އޮގަސްޓަމަހު ރާއްޖެ އައި 139,338 ފަތުރުވެރިންނަށް ވުރެ 4،261 އިތުރު އަދަދެކެވެ.

ސެޕްޓެމްބަރު މަހު 114,896 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އޮކްޓޫބަރު މަހުގެ ފުރަތަމަ 23 ދުވަހުވެސް 102،434 ފަތުރުވެރިން މިވަނީ ރާއްޖެ އައިސްފަ އެވެ.

މި އަދަދުތަކާ އެކު އޮކްޓޫބަރު 23 ގެ ނިޔަލަށް ރާއްޖެއަށް ޖުމުލަ 973,296 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އެއް މިލިއަން ފަތުރުވެރިން ހަމަކުރަން އިތުރަށް ބޭނުންވަނީ 26,704 ފަތުރުވެރިންނެވެ.

މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް އަންނަނީ 4,454 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއަދަދަށް ކޮންމެ ދުވަހަކުވެސް ފަތުރުވެރިން އަންނަ ކަމަށް ވާނަމަ ހަ ދުވަހުގެ ތެރޭގައި 26,724 ފަތުރުވެރިން އަންނާނެ އެވެ.

ކުރިއަށް އޮތް ހަ ދުވަހުގެ ތެރޭގައި 26,724 ފަތުރުވެރިން ރާއްޖެ އައިސްފި ނަމަ މި މަސް ނިމުމުގެ ކުރިން 1,000,020 ފަތުރުވެރިން ރާއްޖެ އަށް އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox