އަނެއްކާ ވެސް ސާފް ކްލަބް ޗެމްޕިއަންޝިޕް ފެށޭތޯ މަސައްކަތްކުރަނީ

އޭއެފްސީ ކަޕްގެ މެޗެއްގެ ތެރެއިން ހަމްޕު ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްސީ

އޭއެފްސީ ކަޕްގެ މެޗެއްގެ ތެރެއިން ހަމްޕު ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްސީ

ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ކްލަބް ފުޓްބޯޅަ މުބާރާތް، ސާފް ކްލަބް ޗެމްޕިއަންޝިޕް ބޭއްވޭތޯ އަނެއްކާ ވެސް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މަޝްވަރާކޮށްފި އެވެ..

ސާފް އިން އެންމެ ފުރަތަމަ ރަސްމީކޮށް ކްލަބް ޗެމްޕިއަންޝިޕް ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަން އިއުލާނުކުރީ 2011 ވަނަ އަހަރު އެވެ. އެ ފަަހަރު ނިންމީ ސާފްގެ ފުރަތަމަ ކްލަބް މުބާރާތް ބަންގްލަދޭޝްގައި ބޭއްވުމަށެވެ. އެކަަމަކު، އެކި ސަބަބުތަކާ ހުރެ އެ ފަހަރު އެ މުބާރާތް ނުބޭއްވި ޖެހުނީ ފަސްކުރާށެވެ.

ދެ ވަނަ ފަހަރަށް ކްލަބް ޗެމްޕިއަންޝިޕްގެ ވާހަކަ ދެކެވުނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. އެ ފަހަރު ނިންމީ 2014 ވަނަ އަހަރު ސްރީ ލަންކާގައި ފުރަތަމަ ކްލަބް ޗެމްޕިއަންޝިޕް ހޯސްޓް ކުރާގޮތަށެވެ. އެ ފަހަރު މުބާރާތް ނުބޭއްވުނު އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސަރަހައްދުގެ ގަދަބާރު އިންޑިއާ އިން މުބާރާތް ކުރިއަށް ގެންދަން މާ ބޮޑު ޝައުގުވެރިކަމެއް ނުގެންގުޅޭތީ އެވެ.

އޭގެ ފަހުން 2016، 2017 އަދި 2018 ވަަނަ އަހަރު ވެސް ކްލަބް ޗެމްޕިއަންޝިޕްގެ ވާހަކަ އެކި ފަހަރު މަތިން ދެކެވުނު ނަމަވެސް އޮތީ ރަސްމީކޮށް އެ މުބާރާތް ނުފެށި އެވެ.

މި ފަހަރު މާލޭގައި ކުރިއަށްދިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕް ނިންމާލުމަށް ފަހު ހޮޓެލް ޖެންގައި ބޭއްވި ސާފްގެ އާންމު ޖަލްސާގައި ވަނީ އަންނަ އަހަރު ބާއްވާނެ މުބާރާތްތަކާ މެދު މަޝްވަރާކޮށްފަ އެވެ. ސާފްގެ ހިންގާ ކޮމިޓީން ވަނީ ފަސް މުބާރާތެއް އަންނަ އަހަރު ބާއްވަން ބޭނުންވާއިރު، އޭގެ ތެރޭގައި ކްލަބް ޗެމްޕިއަންޝިޕް ވެސް ހިމަނަން ނިންމައިފަ އެވެ. އަދި ކްލަބް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް އަންނަ އަހަރު ބޭއްވުން ކޮންމެހެން މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ.

ސާފްގެ ގައުމުތަކުން މިހާރު ކްލަބް ލެވަލްގައި ވާދަކުރަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގަ އެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އޭއެފްސީ ކަޕްގެ ފޯމެޓަށް ގެނައި ބަދަލާ އެކު ދެކުނު އޭޝިއާގެ ހުރިހާ ޓީމެއް ކުޅެން ޖެހެނީ އެއް ޒޯނެއްގަ އެވެ. މި ފަަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓް ކުރީ ސެންޓްރަލައިޒްކޮށް މާލޭގަ އެވެ.

ސާފްގެ ކްލަބް ޗެމްޕިއަންޝިޕް މިހާތަނަށް ނުބޭއްވިފައި އޮތް ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު ތުހުމަތެއް އަމާޒުވަނީ އިންޑިއާ އަށެވެ. އެއީ ސާފްގެ މުބާރާތްތަކުގެ ކަލަންޑަރު އެކުލަވާލުމުގެ ކަންތައްތައް ދާއިރު، ކްލަބް ޗެމްޕިއަންޝިޕް ބޭއްވޭނެ ރަނގަޅު ތާރީހަކާ މެދު އިންޑިއާ އަށް އެއްބަސްނުވެވޭތީ ގިނަ ފަހަރު އެ މުބާރާތުގެ ކަންކަން މަޑުޖެހެނީ އެވެ.

ކްލަބް ޗެމްޕިއަންޝިޕް ކުރިއަށް ގެންދަން ސާފްގެ ވިސްނުން ހުރީ ކޮންމެ ގައުމެއްގެ ލީގު ޗެމްޕިއަނަށް ފުރުސަތު ދޭ ގޮތަށެވެ. މީގެ ކުރިން ސާފް އިން މަޝްވަރާކޮށްފައިވާ ގޮތަށް ބަލާއިރު، ކްލަބް ޗެމްޕިއަންޝިޕް ހޯސްޓްކުރާ ގައުމެެއްގެ ދެ ކްލަަަބަކަށް ފުރުސަތު ދޭގޮތަށް ވެސް ރޭވި އެވެ.

ސާފް އިން ކްލަބް ޗެމްޕިއަންޝިޕާ ގުޅޭ މުހިއްމު މަޝްވަރާތައް ދެން ބާއްވާ އެ ފެޑެރޭޝަންގެ ބައްދަލުވުމުގައި ކުރިއަށް ގެންދާނެ އެވެ. އެ ގޮތުން ބާއްވާނެ ގައުމަކާއި ތާރީހެއް ކަނޑައެޅިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox