ޑްރަގުގެ ބޮޑުން ދޫވާ މައްސަލަ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ފަރާތްތައް ހައްޔަރުކުރެވުނު ނަމަވެސް، ތަހުގީގު އަދި ކޯޓު މަރުހަލާއިން ދޫވަމުންދާކަމަށް ބުނެ އިދިކޮޅުން މިއަދު ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކަމުގެ ތުހުމަތުތައް ހައްޔަރުކުރެވޭ ފަރާތްތަކާމެދު ފިޔަވަޅެއް ވެސް އަދި އަދަބެއް ވެސް ނުދެވޭ ކަމަށެވެ.

އެގޮތުން، ތަހުގީގުގެ މަރުހަލާގައި ހެދޭ ގޯސްތަކުގެ ސަބަބުންނާއި ޝަރީއަތަށް އެ މައްސަލަތައް ސާބިތުނުވެގެން އެފަދަ ފަރާތްތައް މުޖުތަމައުއަށް ދޫވެގެންދިޔުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވި އެވެ.

އެ ކުއްލި މައްސަލަ ބަހުސް ކުރުމަށް މަޖިލީހަށް މިއަދު ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 23 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ޑްރަގުގެ ބޮޑުން ދޫވާ މައްސަލަ ބޮޑު

އާދަމް ޝަރީފް އެ މައްސަލަ ހުށަހަޅުއްވާފައިވަނީ މިދިޔަ ބުރަސްފަތި ދުވަހު 100 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލި މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.

ފުލުހުންގެ އޮޕަރޭޝަނުގައި މަސްތުވާތަކެތ ހޯދާއިފައި ވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ރަށެއްގައި ފޮރުވާފައި ހުއްޓާކަމަށް ފުލުހުން ބުނެ އެވެ. އަދި އެ އޮޕަރޭޝަނުގައި މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލާފާސްކުރިކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނާގޮތުގައި އެ މައްސަލައިގަ ކޯޓުން ދޫކޮށްލާފައިވަނީ އެ މައްސަލައިގަ އިސްކޮށް ހިމެނޭ ދެ މީހުންނެވެ. އެ ދެ މީހުން ދޫކޮށްލި ނިންމުން އިސްތިއުނާފްކުރުމަށް ފުލުހުން ވަނީ ޕީޖީގައި އެދިފަ އެވެ.

ނަމަވެސް، އަދި މިހާތަނަށް އެ މައްސަލަ އިސްތިއުނާފުކުރި ކަމެއް ނޭނގެ އެވެ.

ދޫވަނީ ގަސްތުގައި ކަންކުރާ ގޮތުން؟

ހެކި ހޯދުމުގައި ކަނޑައެޅިފައިވާ އިޖުރާއަތާ ހިލާފަށް ގަސްތުގައި ފުލުހުން އަމަލުކުރަމުންދާކަމުގެ ނުސީދާ ތުހުމަތެއް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އިޖުރާއަތާ ހިލާފުވެފައިވާ 10 ފުލުހެއްގެ މައްސަލަ ފާހަގަކުރެވިގެން، އެކަން ފުލުހުންނާ ހިއްސާކުރެވިފައިވާކަން ޕީޖީ ވަނީ ހާމަކުރައްވައިފަ އެވެ.

ނަމަވެސް، އެ ތުހުމަތު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ދޮގުކުރައްވައިފަ އެވެ.

ގިނަ ފަހަރު އިޖުރާއަތާ ހިލާފަށް އަމަލުކުރެވެނީ ލިބޭ މައުލޫމާތެއްގެ ދަށުން ހަގީގީ އިހުތިސޯސް އޮންނަ ކޯޓަކުން އަމުރު ހޯދުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ކުރަންޖެހެނީ ވަގުތު ފާއިތުވުމުގެ ކުރިން މަސްތުވާތަކެތި އަތުލައިގަތުމުގެ ބޭނުމުގައިކަން ސީޕީ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އިސްކޮށްފައި ހުންނާނީ ރައްޔިތުންގެ މަސްލަހަތު. އަޅުގަނޑުމެންގެ އިޖުރާއަތެއް ގޯސްވެގެން ހަ މީހަކު ދޫވެގެން ދިޔުންތޯ ނޫނީ 170 ކިލޯގެ މަސްތުވާތަކެތި އެތެރެވެގެން އޭގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ބަޔަކު ހަލާކުވެގެން ދިޔުންތޯ (ރަނގަޅީ)؟،" އިޖުރާއަތްތަކާ ހިލާފުވާއިރު ފުލުހުންގެ ގެންގުޅޭ ވިސްނުން ސާފުކޮށް ދެއްވަމުން ހަމީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox