މާލޭގެ ކޮންމެ އަކަ ކިލޯމީޓަރެއްގައި 10،000 ވެހިކަލް

މާލޭ މަގެއްގެ މަތީގައި ވެހިކަލްތައް ތޮއްޖެހިފައި: މާލޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ތެރޭގައި އެންމެ ގިނައީ ސައިކަލު. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭ މަގެއްގެ މަތީގައި ވެހިކަލްތައް ތޮއްޖެހިފައި: މާލޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ތެރޭގައި އެންމެ ގިނައީ ސައިކަލު. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލެ ސަރަހައްދުގެ ކޮންމެ އަކަ ކިލޯމީޓަރަކަށް 10،000 ވެހިކަލް އެބަހުރި ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ޖަޕާނުން އިސްނަގައިގެން ވާޗުއަލްކޮށް ކުރިޔަށް ގެންދާ އެންވަޔަރަމެންޓަލީ ސަސްޓެއިނަބަލް ފޯރަމް އިން އޭޝިއާގައި ޝައުނާ ވަނީ ރާއްޖޭގައި ވެހިކަލް އިތުރުވާ ރޭޓާ މެދު ކަންބޮޑުވާ ކަން ހާމަކުރައްވާފަ އެވެ. އަދި ވިދާޅުވީ ރާއްޖޭގައި އަހަރެއްގެ މައްޗަށް ވެހިކަލް އިތުރުވާ ރޭޓު 7،953 ގައި ހުރި އިރު، އެހެން ސަރަހައްދުތަކަށް ވުރެ މާލެ ސަރަހައްދުގައި ވެހިކަލް ހުރި އަދަދާ މެދު ހާއްސަކޮށް ކަންބޮޑުވާ ކަމަށެވެ.

ވެހިކަލްތައް ހުރި އަދަދާ މެދު ޝައުނާ ކަންބޮޑުވުން ފާޅުކުރެއްވީ ދެމެހެއްޓެނިވި ދަތުރުފަތުރުގެ މައުލޫއަށް ވާހަކަދައްކަވަމުންނެވެ. މި އަހަރުގެ ފޯރަމް ހާއްސަކުރީ އެންވަޔަރަމެންޓަލީ ސަސްޓެއިނަބަލް ޓްރާންސްޕޯޓް (ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ދަތުރުފަތުރު) އަށެވެ.

ޝައުނާ ވިދާޅުވީ ދަތުރުފަތުރަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ޖައްވަށް ވިހަ ގޭސް ބޭރުކުރާ ދާއިރާ ކަމަށެވެ. އެގޮތުން ދަތުރުފަތުރުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކާއި ވައި ނުސާފުވުން ގައުމީ ފެންވަރެއްގައި މަދުކުރަން ދަތުރުފަތުރުގެ ސިނާއަތް އެއްކޮށް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ގައުމެއްގެ ގޮތުން، ރާއްޖޭގެ މަސްލަހަތު އޮތީ ދަތުރުފަތުރުގެ ދާއިރާގައި ކްލީން ޓެކްނޮލޮޖީތައް ބޭނުންކުރަން ފެށުން." ޝައުނާ ވިދާޅުވި އެވެ.

ދަތުރުފަތުރުގައި ހުރި މައްސަލަތައް ހައްލުކުރަން ބިޔަ މަޝްރޫއެއް

މި ފޯރަމްގައި ޝައުނާ ވިދާޅުވީ ދެމެހެއްޓެނިވި ދަތުރުފަތުރަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ސަރުކާރުން އެ މަގަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރަން ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީން ފަންޑުކޮށްގެން ޕްރޮޖެކްޓެއް ހިންގަމުން އަންނަ ކަމަށް ޝައުނާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓުގެ ބޭނުމަކީ ދެމެހެއްޓެނިވި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ކުރިއެރުވުމަށާއި، ޖައްވަށް ބޭރުވާ ވިހާ ގޭސްތައް މަދުކުރުމަށާއި، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން އިޔާދަ ނުކުރެވޭ ހަކަތައިގެ ބާވަތްތަކަށް (ފޮސިލް ފިއުލްސް) އަށް ބަރޯސާވުން ކުޑަކުރުމެވެ.

އެގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ ޕްރޮޖެކްޓުގެ ދަށުން ގައުމީ މޮބިލިޓީ ޕްލޭނަކާއި، އިލެކްޓްރިކް މޮބިލިޓީ މަގުޗާޓަށް ބޭނުންވާ ސްޓްރެޓެޖިކް އޮނިގަނޑު ތައްޔާރުކުރާނެ އެވެ. އަދި ކަރަންޓުން ދުވާ ބަހާއި، ޕެޑަލް އެހީގައި ދުވާ ކަރަންޓު ބައިސްކަލު ވެސް ގެންނާނެ އެވެ.

މިނިސްޓްރީގެ މަސައްކަތަށް އަލިއަޅުވާލާ ޝައުނާ ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ޒަރިއްޔާއިން ރަށްތަކުގެ ވިލުންވެރިކަމަށް ފަހިކޮށްދިނުމަށާއި އިތުރުކުރުމަށް ސިޔާސަތު މުހިންމު ރޯލެއް އަދާކުރާ ކަމަށެވެ.

އޭގެ އިތުރުން ޝައުނާ ވަނީ ދެމެހެއްޓެނިވި ދަތުރުފަތުރުގެ ބޭނުމަށް "ސްމާޓް އިންޓެގްރޭޓަޑް" ހައްލުތަކެއް ތަރައްގީކުރަން ފޯރަމްގެ ބައިވެރިންނަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox