މަދުން އާމްދަނީ ލިބޭ ގައުމުތައް އެންމެ ބޮޑަށް ދަރާ އޮތީ ޗައިނާއަށް

ޗައިނާ އެކްސްޕޯޓް އިމްޕޯޓް ބޭންކް: ޗައިނާއިން އެހެން ގައުމުތަކަށް ލޯނު އެންމެ ގިނައިން ދޫކޮށްފައިވަނީ މި ބޭންކް މެދުވެރިކޮށް. -- ފޮޓޯ: ސީޖީޓީއެން

ޗައިނާ އެކްސްޕޯޓް އިމްޕޯޓް ބޭންކް: ޗައިނާއިން އެހެން ގައުމުތަކަށް ލޯނު އެންމެ ގިނައިން ދޫކޮށްފައިވަނީ މި ބޭންކް މެދުވެރިކޮށް. -- ފޮޓޯ: ސީޖީޓީއެން

މަދުން އާމްދަނީ ލިބޭ ގައުމުތަކާއި މެދު މިނުގެ އާމްދަނީ ލިބޭ ގައުމުތަކުން އެންމެ ގިނައިން ދަރަނި ނަގާފައި ވަނީ ޗައިނާއިން ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އެ ބޭންކުން އަހަރަކު އެއް ފަހަރު ނެރޭ ގައުމުތަކުގެ ދަރަނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މަދު އަދި މެދު މިނުގެ އާމްދަނީ ލިބޭ ގައުމުތަކުން ޗައިނާއަށް އަދާކުރަންޖެހޭ ދަރަނި މިދިޔަ އަހަރުގެ ނިޔަލަށް ހުރީ 170 ބިލިއަން ޑޮލަރު (2.6 ޓްރިލިއަން ރުފިޔާ) ގަ އެވެ. މިއީ 2011 ވަނަ އަހަރާ އަޅާ ބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

ޗައިނާއަށް ދަރާފައިވާ ފައިސާގެ ތެރޭގައި ގިނައީ އުމްރާނީ ތަރައްގީގެ މަޝްރޫތައް ހިންގުމަށް ނަގާފައި ހުރި ލޯނާއި ބިމުން ތެލާއި، ގޭހާއި، ޖަވާހިރާއި ރަން ފަދަ ތަފާތު އެކި މައުދަންތައް ނެގުމުގެ ސިނާއަތްތަކަށް ނަގާފައި ހުރި ލޯނެވެ. މި ބޭނުންތަކަށް އެންމެ ގިނައިން ލޯނު ނަގާފައި ހުރީ އެފްރިކާ އަދި ދެކުނު އޭޝިއާ ގައުމުތަކުންނެވެ.

ވޯލްޑް ބޭންކުން އިތުރަށް ފާހަގަކުރި ގޮތުގައި އެ ބޭންކާއި، އެހެނިހެން ބައިނަލްއަގުވާމީ މާލީ އިދާރާތައް ހިމެނޭ ގޮތަށް މި ގައުމުތަކުގެ ބޭރު ދަރަނީގެ ސްޓޮކް (އެކްސްޓާނަލް ޑެޓް ސްޓޮކް) ގެ ހަތަރު ބައި ކުޅަ އެއް ބަޔަކީ ވެސް ޗައިނާއަށް އަދާކުރަން ޖެހޭ ދަރަނި ކަމަށެވެ.

ރާއްޖެ ހިމެނޭ ގޮތަށް ދެކުނު އޭޝިއާގެ ދަރަނި 36.3 ބިލިއަން ޑޮލަރަށް އަރައިފި

ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން ރާއްޖެ އާއި ޕާކިސްތާނާއި ސްރީލަންކާގެ ބޭރުގެ ދަރަނި އެންމެ ބޮޑީ ޗައިނާއަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އެ އަދަދު ހުރީ 36.3 ބިލިއަން ޑޮލަރު (559 ބިލިއަން ރުފިޔާ) ގަ އެވެ. މި އަދަދު 2011 ވަނަ އަހަރު ހުރީ 4.7 ބިލިއަން ޑޮލަރު (72 ބިލިއަން ރުފިޔާ) ގަ އެވެ. އެހެންކަމުން ނުވަ އަހަރު ދުވަހުގެ ތެރޭގައި ދެކުނު އޭޝިއާ ގައުމުތަކުން ޗައިނާއަށް ދަރާފައިވާ ފައިސާގެ އަދަދު ވަނީ ހަތް ގުނަ އިތުރުވެފަ އެވެ.

މި ލޯނުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ ސަރުކާރާއި ޗައިނާ އެކްސްޕޯޓް އިމްޕޯޓް ބޭންކާއި ޗައިނާ ޑިވެލޮޕްމަންޓް ބޭންކާއި އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ބޭންކް އޮފް ޗައިނާ އާއި ޗައިނާ ސަރުކާރުން ހިންގާ ބޭންކް އޮފް ޗައިނާ ފަދަ ސިނާއީ ބޭންކުތަކުން ނަގާފައިވާ ލޯނުތަކެވެ.

ވޯލްޑް ބޭންކުން ދަރަނީގެ އަދަދު ހިސާބުކުރީ މިދިޔަ އަހަރުގެ ނިޔަލަށް އަނބުރާ ދައްކާފައިވާ ޕްރިންސިޕަލް އަދި އިންޓްރެސްޓް އުނިކުރުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox