ތުހުމަތުވާ ދެ މީހުންނާމެދު ތޮއްޑޫ އާއި ދަނގެތީގައި ވެސް ކަންބޮޑުވުން

ރައްޔިތުން ނުކުމެ ތުހުމަތުވާ އެކަކު ޕޮލިސް ސްޓޭޝަނަށް ވައްދަނީ: ކުށުގެ ރެކޯޑް އެބަ އޮތް

ރައްޔިތުން ނުކުމެ ތުހުމަތުވާ އެކަކު ޕޮލިސް ސްޓޭޝަނަށް ވައްދަނީ: ކުށުގެ ރެކޯޑް އެބަ އޮތް

އއ. ދަނގެތީގެ މަޝްހޫރު ވިޔަފާރީވެރިޔާ މަހުމޫދު އަބޫބަކުރު ރަހުމުކުޑަ ގޮތަކަށް މަރާލުމާއެކު އެ ރަށުގެ ރައްޔިތުން ނުކުމެ ދެ މީހުން އަތުލައިގަތެވެ. ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި މަހުމޫދުގެ ގާތިލުންނަކީ އއ. ތޮއްޑޫއަށް ނިސްބަތްވާ އެ ދެ މީހުންނެވެ.

އެ ދެ މީހުން މިހާރު ތިބީ ފުލުހުންގެ ހިމާޔަތުގަ އެވެ. މިހާތަނަށް މަހުމޫދުގެ މަރުގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކޮށްފައެއް ނުވެ އެވެ.

މުޅި ދަނގެތި ސިއްސުވާލި އަނިޔާވެރި އަމަލުގެ ފަހަތުގައި ތިބި ކަމަށް ތުހުމަތު އެޅިފައިވާ ދެ މީހުންނާ ގުޅޭ ގޮތުން އެ ރަށުން ވެސް ތޮއްޑޫއިން ވެސް އިވުނީ ހަމަ އެއް ވާހަކަތަކެވެެ.

ތޮއްޑޫ ކައުންސިލް މެމްބަރަކު ވިދާޅުވި ގޮތުން އެ ދެމީހުންނަކީ އެ ރަށުން 2019 ވަނަ އަހަރު އެ ރަށު ރައްޔިތުން ނުކުމެ ބޭރުކޮށްފައިވާ ބައެކެވެ. އެއީ ވައްކަމާއި، ފޭރުމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރީ ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާތީ, އެކަން ބޮޑުވެގެންނެވެ.

އޭނާ ކިޔައިދެއްވި ގޮތުގައި އެމީހުން ރަށުން ބޭރުކުރި ދުވަހު ވެސް ބޮޑު މާރާމާރީއެއް ހިނގާފައިވެ އެވެ. މި ހަމަނުޖެހުމުގައި އެތަނުން އެކަކަށް އަނިޔާވި ކަމާއި އޭގެ ފަހުން ފަރުވާ ހޯދަން ދިޔައީ މާލޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަރުވާ ހޯދުމަށްފަހު އެނބުރި ތޮއްޑޫއަށް އަޔަސް ރަށަށް ނާރުވާނެތީ, އެމީހުންގެ މިސްރާބު ދަނގެއްޗަށް ޖެހީ ކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ. އޭގެފަހުން އެމީހުން އުޅެމުން ދިޔައީ ދަނގެތީގަ އެވެ.

ތޮއްޑޫން އޭނާ ބޭރުކުރީ ރަށު ރައްޔިތުންނަށް ކެތްނުވުމުން، އޭނާއާއި ހެދި ނޫޅެވޭ ދަރަޖައަށް ދިއުމުން

އެރަށު އިތުރު މީހެއް މި ނޫހަށް ކިޔައިދިން ގޮތުގައި އެމީހުން ތޮއްޑޫން ބޭރުކުރީ ދެތިން ހަތަރު ކުއްޖަކަށް މަރުގެ އިންޒާރު ވެސް ދީފައި ވަނިކޮށެވެ. އަދި އެރަށު ގެސްޓު ހައުސްއެއް ހިންގާ އޯނަރެއް ގައިގައި ތަޅައިގަނެ، ގެސްޓުން ތިއްބާ މާރާމާރީވެސް ހިންގާފައިވަނިކޮށެވެ.

އޭނާ ވަނީ އެތަނުން އެކަކު އެރަށު ފިހާރައެއް ފަޅާލައިގެން ވައްކަން ކުރަން ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް މި ނޫހަށް ހިއްސާކޮށްފަ އެވެ.

ޖަމްޝާދު ފިހާރައެއް ފަޅާލައިގެން ވައްކަން ކުރަނިކޮށް، ފޮޓޯ: ސީސީޓީ ފޫޓްއޭޖް
ޖަމްޝާދު ފިހާރައެއް ފަޅާލައިގެން ވައްކަން ކުރަނިކޮށް، ފޮޓޯ: ސީސީޓީ ފޫޓްއޭޖް

ފިހާރައެއް ފަޅާލައިގެން ވައްކަން ކުރަނިކޮށް، ފޮޓޯ: ސީސީޓީ ފޫޓްއޭޖް

ތޮއްޑޫގެ އިތުރު މީހަކު ބުނި ގޮތުގައި އެތަނުން އެކެއްގެ މައްޗަށް ޖިންސީ ގޯނާ އާއި ރޭޕްގެ ތުހުމަތު ވެސް ކުރެވެ އެވެ.

ދަނގެތިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ކަންކަމުގައި އެ ރަށުގައި އުޅޭ ދެ މީހުންނެވެ.

އޭނާ ކިޔައިދިން ގޮތުގައި ކޮވިޑްގެ ތެރޭގައި ޕީޕީއީ އަޅައިގެން އެރަށު ފިހާރައަކުން ވައްކަން ކުރަން ވެސް އެމީހުން މަސައްކަތް ކޮށްފައިވެ އެވެ. އެހެންނަމަވެސް, އެއްވެސް ފިޔަވަޅެއް ނޭޅި، އޭނާ މުޖްތަމައުއަށް ދޫވެފައި ހުރީކަން ފާހަގަކުރި އެވެ.

އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ވައްކަން ކުރަމުން ފޭރަމުން ދުވާ މީހެއް މިނިވަންކޮށް މުޖްތަމައުއަށް ދޫވެފައި ހުރުން. ބޮޑު ކުށަކަށް އަރައި ގަތީ ފިޔަވަޅު ނޭޅުމުން

ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު މައިމޫން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި އެމީހުން ފުލުހުންގެ އިދާރާއަށް ގެންދާ ވީޑިއޯ ހިއްސާކޮށް، ވިދާޅުވީ "އއ. ތޮއްޑޫ ހަލާކުކޮށްފަ، އަނެއްކާ އދ. ދަގެއްޗަށް އަރާ، އެރަށް ހަލާކުކޮށްފަ މިއަދު މީހަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރަށް ލީ." ކަމަށެވެ.

ބެލެވެނީ ވައްކަމުގެ އަމަލެއް ކަމަށް

ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "އަދަދު"އަށް ކިޔައިދިން ގޮތުގައި އެ ރަށުގައި ކެފޭއެއް ވެސް ހިންގާ މަހުމޫދަކީ އަބަދުވެސް ޖީބުގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ މީހެކެވެ.

އެގޮތުން ރޭ ގެއަށް ދިޔުމަށް ކެފޭއިން ނުކުތީ އިއްޔެ ކެފޭއަށް ލިބުނު ފައިސާ ޖީބަށް ލައިގެން ކަމަށެވެ.

"އެހެންވީމާ ބޮޑަށް ބެލެވެނީ ބަޔަކު ފައިސާގެ ދަހިވެތި ކަމުގައި ކޮށްފައިވާ ކަމެއް ކަމަށް،" މުއާވިޔަތު ވިދާޅުވި އެވެ.

އެރަށު އިތުރު ޒުވާނެއްވެސް މި ނޫހާ ވާހަކަދައްކަމުން ބުނީ ބޮޑަށް ބެލެވެނީ "ލާރިކޮޅު ފޭރިގަތުމަށް ހިންގި" އަމެލެއް ކަމަށެވެ.

މަހުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ހެނދުނު އޭނާގެ ހަށިގަނޑު ފެނުނީ ދަނގެތީގައި ހުރި އޭނާގެ އާއިލާއަށް ނިސްބަތްވާ ފަޅު ގެޔެއްގެ ވަޅެއް ތެރެއިންނެވެ. އެއީ, އޭނާ އެންމެ ފަހުން ފެނުނު ކެފޭއާ ގާތްގަނޑަކަށް 200 މީޓަރު ދުރުގައި ހުރި ގޯއްޗެކެވެ.

ހަށިގަނޑު ފުރަތަމަ ފެނުނު މީހުން ބުނާ ގޮތުގައި, މަހުމޫދުގެ ފަޔާއި ބޮލުގައި ގޯނިތަކެއް އައްސާފައި ހުއްޓެވެ. އަދި ވަޅިއަކުން ހަމަލާދީ ވަރަށް އަނިޔާކޮށްފައި ވެސް ހުއްޓެވެ. އެ ސަރަހައްދުގައި އެ ވަޅި އާއި ދަގަނޑު ބުރިއެއް ވެސް އޮތެވެ.

މިހާރު ފުލުހުންގެ ފޮރެންސިކް ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު، މަހުމޫދުގެ ހަށިގަނޑު ވަޅުން ނަގައި ބައެއް ޓެސްޓްތައް ދަނީ ކުރަމުންނެވެ. އޭނާގެ ޖަނާޒާގެ ކަންކަން އަދި ނުފަށަ އެވެ.

އާއިލާއަށް ވެސް އެ ސަރަހައްދަށް ނުވަދެވޭ ކަމަށާއި ތަހުގީގު ނިމުމުން ވަޅުލުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox