މެސީ އެތުލެޓިކޯ އަށް ގެނެވޭތޯ މަސައްކަތް ކުރިން: ސިމިއޯނީ

Oct 14, 2021, 7:19 AM
މެސީ އެތުލެޓިކޯ އަށް ގެނެވޭތޯ މަސައްކަތް ކުރިން: ސިމިއޯނީ

މެޑްރިޑް (އޮކްޓޫބަރު 14) - ބާސެލޯނާ ދޫކޮށްލަން ލިއޮނަލް މެސީ ނިންމި ހިސާބުން އޭނާ ހޯދަން މަސައްކަތްކުރި ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

މި ސީޒަން ފެށުމުގެ ކުރިން މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބާސެލޯނާ އިން ބެލިއިރު، އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ބާސެލޯނާގެ ހުރިހާ ކުުޅުންތެރިިންގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވުމެވެ. ލަލީގާގެ މުސާރަ އޮނިގަނޑަށް ފައްތައިގެން މެސީ މަޑުކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން ބާސެލޯނާ އަށް އެންމެ ފަހުން ޖެހުނީ އޭނާ ދޫކޮށްލާށެވެ. މެސީ ގުޅުނީ ޕީއެސްޖީއާ އެވެ.

އާޖެންޓީނާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސިމިއޯނީ ބުނީ މެސީ ގެނެވޭތޯ މަސައްކަތްކުރީ ލުއިސް ސުއަރޭޒް މެދުވެރިކޮށް ވާހަކަ ދައްކައިގެން ކަމަށެވެ.

"އަހަންނެއް މަޝްވަރާއެއް ނުކުރަން. އެކަމަކު އަހަރެން ސުއަރޭޒް ގާތުގައި ބުނިން މެސީ އެތުލެޓިކޯ އަށް ގެނެވޭތޯ މަސައްކަތް ކުރަން. އެކަމަކު، ސުއަރޭޒް އެ ވާހަކަތައް ތިން ގަޑިއިރެއްހާއިރު ދެކެވުނު ފަހުން ޕީއެސްޖީން މެސީއާ އެކު އެއްބަސްވުމަކަށް އަތުވެއްޖެ،" ސިމިއޯނީ ބުންޏެވެ.

ސިމިއޯނީ މެޗެއްގެ ތެރެއިން: މެސީއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފައިވޭ.

ސިމިއޯނީ ބުނީ މެސީއާ އެކު މަސައްކަތް ކުރަން ލިބޭ ފުރުސަތަކަށް އަބަދު ވެސް އިންތިޒާރުކުރާ ކަމަށެވެ. އޭގެ މާނަ އަކީ އޭނާ އެތުލެޓިކޯ ދޫކޮށް އެހެން ޓީމަކާ ގުޅޭ ވާހަކަ ނޫން ކަމަށް ސިމިއޯނީ ބުނެފައިވެ އެވެ.

އެތުލެޓިކޯ ކަހަލަ ޓީމަކަށް މެސީ އަންނަން ބޭނުންވާނެތޯ އެހުމުން ސިމިއޯނީ ދިން ޖަވާބަކީ މެސީ އަކީ ހުރިހާ މުބާރާތަކަށް ވާދަކުރެވޭ ފެންވަރުގެ ޓީމުތަކަށް ކުޅެން ބޭނުންވާނެ ކުޅުންތެރިއެއް ކަމަށާއި އެތުލެޓިކޯގައި އެ ފުުރުސަތު އެބައޮތް ކަމަށެވެ.

"އެތުލެޓިކޯ އަކީ މިހާރު މެސީ ފެންވަރުގެ ޓީމެއް،" ސިމިއޯނީ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދާފައިވާ މެސީ ޕީއެސްޖީ އަށް ބަދަލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މެސީ އަށް ޕީއެސްޖީން އަހަރަކު މުސާރައިގެ ގޮތުގައި 35 މިލިއަން ޑޮލަރު ލިބޭނެ އެވެ. ސޮއިކުރިއިރު ވެސް ބޯނަހެއްގެ ގޮތުގައި މެސީ އަށް 35 މިލިއަން ޑޮލަރު ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox