ރާއްޖޭގައި ބީޗް ވޮލީބޯޅަ ކުރިއަރުވަން ދުނިޔޭގެ ފެޑެރޭޝަނުން އެހީވަނީ

Oct 14, 2021, 6:28 AM
ވީއޭއެމްގެ ލީޑަޝިޕާއި އެފްއައިވީބީގެ ރައީސް ގްރާސާ: (ކ.ވ) ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ސޫޒަން، ވީއޭއެމްގެ ރައީސް ރަނޭޝް، އެފްއައިވީބީގެ ރައީސް ގްރާސާ އަދި ވީއޭއެމްގެ ނައިބު ރައީސް އަޝްރަފް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ވީއޭއެމްގެ ލީޑަޝިޕާއި އެފްއައިވީބީގެ ރައީސް ގްރާސާ: (ކ.ވ) ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ސޫޒަން، ވީއޭއެމްގެ ރައީސް ރަނޭޝް، އެފްއައިވީބީގެ ރައީސް ގްރާސާ އަދި ވީއޭއެމްގެ ނައިބު ރައީސް އަޝްރަފް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި ބީޗްވޮލީބޯޅަ ކުރިއަރުވަން ދެ އަހަރު ދުވަހުގެ ކޯޗިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމަވައިފި އެވެ.

މިއީ ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާގެ ފަރާތުން ވޮލީބޯލް އެމްޕަވާމަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެެރެއިން ހިންގޭނެ ޕްރޮޖެކްޓް އެކެވެ. މީގެ ތެރެއިން ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުމުގެ ލެވަލް މަތިކުރުމާއި ގްރާސްރޫޓުން ފެށިގެން މަތީ ލެވަލާ ހަމައަށް ބީޗް ވޮލީން ކުޅުންތެރިން ތަމްރީން ކުރުމުގެ މަސައްކަތްތަކަށް ކުރިއެރުން ހޯދޭނެ އެވެ.

ވޮލީބޯލް އެމްޕަވާމަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ވޮލީގެ ތެެރެއިން ލިބޭ ފައިސާ މެދުވެރިކޮށް ވޮލީ ތަރައްގީގެ ތަންތަަނަށް އިންވެސްޓްކުރަން ދުނިޔޭގެ ޖަމިއްޔާ އިން ފަށާފައިވާ ޕްރޮގްރާމް އެކެވެ.

އެފްއައިވީބީގެ ރައީސް ގްރާސާ ވިދާޅުވީ ރާއްޖޭގައި ހުރި ވޮލީބޯޅައިގެ ހުނަރުތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފައި، ވޮލީބޯޅަ އަކީ ރާއްޖޭގައި ވެސް އެކި ގޮތްގޮތުން ފައިދާކުރާނެ ކުޅިވަރަކަށް ހަދަން ކުރާ މަސައްކަތުގައި އެފްއައިވީބީން ބައިވެރިއެއްގެ ގޮތުގައި އޮންނަން ބޭނުންވާ ކަމަށެވެ.

"އަހަރެން ބޭނުން ބީޗްވޮލީބޯޅަ މި ގައުމުގެ އެންމެ މަގުބޫލު ކުޅިވަރުތަކުގެ ތެރޭގައިވާން. ވަރުގަދަ ގައުމީ ޓީމެއް އޮވެ، އެ ކުޅުންތެރިންނަށް އަރަމުން އަންނަ ޖީލުތަކުގައި ތިބި ޒުވާން ކުޅުންތެރިންނަށް ރަނގަޅު ނަމުނާއެއް ދައްކައިދެވިއްޖިއްޔާ މިކަން ނުވާންވީ ސަބަބެއް ނެތް،" ގްރާސާ ވިދާޅުވި އެވެ.

ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވެސް ވަނީ އެފްއައިވީބީގެ މި ދަތުރުގައި ރާއްޖޭގެ ވޮލީބޯޅަ އަށް މުހިއްމު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

އެފްއައިވީބީގެ ރައީސް ގްރާސާގެ ޝަަރަފްގައި ބޭއްވި އިވެންޓްގެ ތެރެއިން.

އެފްއައިވީބީގެ ރައީސް ގްރާސާ ވިދާޅުވީ ވީއޭއެމްގައި މިހާރު އޮތް ލީޑަޝިޕްގެ ޕްލޭންތަކެއް އެބައޮތް ކަމަށާއި އެއީ ހަަމައެކަނި ގައުމީ ޓީމުތައް ވަރުގަދަކުރުމާއި ގްރާސްރޫޓް ލެވަލުން ކުޅުންތެރިން ތަރައްގީ ކުރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެ އަކީ ބީޗް ވޮލީބޯޅައިގެ ދުނިޔޭގެ ފެންވަރު މުބާރާތްތައް ބޭއްވޭނެ ތަނަކަށް ހެދުމަށް ކަމަށް ގްރާސާ ވިދާޅުވި އެވެ.

ގްރާސާ ރާއްޖެ އަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ޒުވާން ކުޅުންތެރިން އެ މީހުންގެ ހުނަރު ކުރިއަރުވައި ބައިނަލްއަގުވާމީ ކުޅިވަރުގެ ހަރަކާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ފާހަގަކުރައްވައިފަ އެވެ.

އަދި ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމަށްޓަކައި ވަސީލަތުގެ ގޮތުންނާއި އެނޫން ވެސް އެކި ގޮތުްގޮތުން އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވި އެވެ. ހާއްސަކޮށް ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން ކުރިޔަށް ގެންދިއުމުގައި ހައި ޕާފޯމަންސް ޓްރެއިނިންސް ސެންޓަރެއް ރާއްޖޭގައި ގާއިމްވެފައި ހުރުމުގެ މުހިއްމުކަން ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox