އެފްއައިވީބީގެ ރައީސްގެ ފަރާތުން ލިބުނީ ސާފު މެސެޖެއް: މަހުލޫފް

Oct 12, 2021, 5:54 AM
މިނިސްޓަރު އަހުމަދު މަހުލޫފް މީޑިއާ އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މިނިސްޓަރު އަހުމަދު މަހުލޫފް މީޑިއާ އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކައިން ލިބުނީ ރާއްޖެ އަށް ކުރިއަށްދެވޭނެ ކަމުގެ އުއްމީދީ މެސެޖެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ދިން ދައުވަތަަކަށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ގްރާސާ އިއްޔެ ރާއްޖެ ވަޑައިގެންނެވީ މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށެވެ. މަަޝްވަރާ ކުރައްވަން ހަމަޖެހިފައިވަނީ އެފްއައިވީބީ މެދުވެރިކޮށް ރާއްޖެ އަށް ލިބެން އޮތް ފުރުސަތުތައް ފަހިކުރުމަށެެވެ.

އެއާޕޯޓްގައި ހުންނަވައި އިއްޔެ މީޑިއާ އަށް ދެއްވި އިންޓަވިއުގައި މަހުލޫފް ވިދާޅުވީ ގްރާސާގެ މި ދަތުރުފުޅަކީ މީގެ އަހަރެއްގެ ކުރިން އުފެދުނު ގުޅުން ބަދަހިވެގެން އައިސް ވީއޭއެމްގެ ރައީސަކަށް މިހާރު ހުންނެވި މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕުން ކުރެއްވި ރަނގަޅު މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ މީގެ ކުރިން ދެކެވެނީ ހުސް ފުޓްބޯޅަ ވާހަކަ ކަމަށާއި މިހާރު މި ގައުމަށް ބޮޑެތި ކުޅިވަރުތަކުގެ ރައީސުން ވަޑައިގަންނަވާ ހިސާބަށް ދިއުމާ އެކު އޭގެއިން ދޭހަވާ ކަމަކީ ކުޅިވަރު އާއިލާ އަށް މަސައްކަތްތަކެއް ކުރެވޭކަން ކަމަށެވެ. އަދި މި ކުޅިވަރު އެސޯސިއޭޝަންތަކަށް ޔޫތު މިނިސްޓްރީން ދޭ ސަޕޯޓް ވެސް ސާފުވާކަން މިިނިސްޓަރު ފާހަަގަކުރެއްވި އެވެ.

"ދެންމެ (އެފްއައިވީބީ ރައީސް ގްރާސާ) އެ ދެއްވީ ވަރަށް ކްލިއާ މެސެޖެއް ހަގީގަތުގައި ތިމަންނަ މި ކުޑަ ގައުމަށް މި ރީތި ގައުމަށް އައިސް މި ހުރީ ބޮޑު ކަމެއް ކޮށްދޭށޭ. ތިމަންނަ އަތުގައި ހުށަހެޅުންތައް އެބަހުއްޓޭ،" މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި ދަތުރުތެރޭގައި ރައީސްއާ އެކީ ބޭއްވޭ ބައްދަލުވުމާއި އެންމެންނާ އެކީ މި ކުރެވޭ މަޝްވަރާތަކުން އަޅުގަނޑު ވެސް އެދެނީ މި ހީކުރާ ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ފެނިގެންދާނެ ކަމަށް. ސަރުކާރުން ލިބެން ޖެހޭ ހުރިހާ އެއްބާރުލުމެއް ލިބިގެންދާނެ،"

އެފްއައިވީބީއާ ގުޅިގެން ކުރިއަށްދާނަމަ ރަނގަޅު ފެސިލީޓީސްތަކެއް ހޯދުމާއި އެތުލީޓުން ޑިވެލޮޕްކުރުމުގެ ފުރުސަތު އިތުރު ކުރުމުގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރެވޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި މަޝްވަރާތަކުގައި އެ ވާހަކަތައް ދައްކަވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ޝައުގުވެރިވާ ކުޅިވަރުތަކުގެ ތެރޭގައި ވޮލީ ހިމެނޭ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި ވޮލީބޯޅައިގެ ކުރިމަގަށާއި ޖުމްލަކޮށް ހުރިހާ ކުޅިވަރެއްގެ ކަންކަމުގައި ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން މަސައްކަތް ކުރާ ކަން މަހުލޫފް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox