ބަދަހި ގުޅުމަކާ އެކީ ރާއްޖޭގެ ބީޗް ވޮލީގެ މަންޒަރު ބަދަލުކުރެވޭނެ: ވޮލީގެ ދުނިޔޭގެ ފެޑެރޭޝަން ރައީސް

Oct 11, 2021, 12:52 PM
އެއާޕޯޓްގެ ވީއައިޕީ ލޯންޖްގައި ވޮލީބޯޅަ ދުނިޔޭގެ ފެޑެރޭޝަން (އެފްއައިވީބީ)ގެ ރައީސް ގްރާސާ ރާއްޖޭގެ މީޑިއާ އަށް އިންޓަވިއުދެނީ.-- ފޮޓޯ:ހުސެއިން ޝަޔާހު/ އަދަދު

އެއާޕޯޓްގެ ވީއައިޕީ ލޯންޖްގައި ވޮލީބޯޅަ ދުނިޔޭގެ ފެޑެރޭޝަން (އެފްއައިވީބީ)ގެ ރައީސް ގްރާސާ ރާއްޖޭގެ މީޑިއާ އަށް އިންޓަވިއުދެނީ.-- ފޮޓޯ:ހުސެއިން ޝަޔާހު/ އަދަދު

ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީ އާއި ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގުޅިގެން ކުރެވޭ މަސައްކަތުން ރާއްޖޭގެ ބީޗްވޮލީ ބޯޅައިގެ މަންޒަރު ބަދަލުކުރެވޭނެ ކަމަށް އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ވިދާޅުވެއްޖެ އެވެ.

ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ގްރާސާ މިއަދު ރާއްޖެ ވަޑައިގެންނެވީ ވީއޭއެމްގެ ދައުވަތަކަށެެވެ. އެއީ ބީޗްވޮލީ ބޯޅައިގެ މުހިއްމު މަޝްވަރާތަކަކަށެވެ. މަަޝްވަރާކުރަން ހަމަޖެހިފައިވަނީ ދުނިޔޭގެ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ ގޮތް ތަކެއް ހޯދުމާއި އެފްއައިވީބީ މެދުވެރިކޮށް ރާއްޖެ އަށް ލިބެން އޮތް ފުރުސަތުތައް ފަހިކުރުމަށެެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލޯންޖްގައި ހުންނަވައި ގްރާސާ ވިދާޅުވީ ރާއްޖެ އަންނަން މި ލިބުނު ދައުވަތަކީ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި ގްރާސާގެ ވިސްނުމުގައި އޮތް ޑިވެލޮޕްކުރެވޭނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

"ދުނިޔޭގެ އެންމެނަށް ރާއްޖެ އެނގޭނެ. ރާއްޖެ އަކީ ޓޫރިސްޓުންގެ ސެންޓަރެއް. އަަހަންނަށް ޔަގީންވަނީ ޓޫރިސްޓުންނަށް ބީޗް ވޮލީބޯޅަ އަކީ ވަރަށް ފުރިހަމަ ކަމެއް،" ގްރާސާ ވިދާޅުވި އެވެ.

ގްރާސާ (ކ) އާއި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަަވަނީ.--- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގްރާސާގެ އެންމެ ބޮޑު އެއް އަމާޒަކީ ވޮލީބޯޅައިގެ ތެރެއިން ކޮންމެ ބަޔަކަށް ވެސް އާ ކަންތައްތަކެއް ކުރުމުގެ ފުރުސަތު ދިނުމެވެ. އެކަންތައް ކޮށްދޭނީ އެ ކަމަކަށް އެދި އެދި ތިބޭ ގައުމުތައް ބަލައިގެން ކަމަށް ވިދާޅުވި އެވެ. ގްރާސާ ބުނީ އޭނާ އެންމެ އެދޭ ކަަމަކީ ރާއްޖޭގައި ބީޗް ވޮލީބޯޅައިގެ ރަނގަޅު ޓީމެއް ބިނާކުރެވޭތަން ދެކުން ކަމަށް ވިދާޅުވި އެވެ.

ގްރާސާ ވިދާޅުވީ އެފްއައިވީބީގެ ފަރާތުން ކުރެވޭނެ އެންމެ ރަނގަޅަށް މަސައްކަތް ކޮށްގެން ރާއްޖޭގައި ބޮޑު ޕްރޮޖެކްޓެއް ގެންނަން ޝައުގުވެރިވާ ކަމަށެވެ. މިކަމުގައި ސަރުކާރާއި ޔޫތު މިނިސްޓްރީގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގްރާސާ ވިދާޅުވި އެވެ.

"އެސޯސިއޭޝަން އަދި އޮލިމްޕިކް ކޮމިޓީ އަދި އަހަރެމެން އެކުވެގެން މަސައްކަތް ކޮށްފިއްޔާ ތިނެއް ނޫނީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގައި ވަރަށް ރަނގަޅު ބީޗް ވޮލީބޯޅަ ޓީމުތަކެއް އޮންނާނެ. އޭރުން ރާއްޖޭގެ މަންޒަރު ބީޗް ވޮލީގައި ބަދަލުވާނެ،" ގްރާސާ ވިދާޅުވި އެވެ.

ރާއްޖެ އަކީ ބީޗް ވޮލީބޯޅައިގެ ފޯރި އޮތްތަނެެކެވެ. ރާއްޖޭގައި އޭވީސީގެ ބީޗް ވޮލީބޯޅަ މުބާރާތެއް 2015 ވަނަ އަހަރު ވަނީ ހޯސްޓްކޮށްފަ އެވެ. ގްރާސާ ވިދާޅުވީ މުސްތަގުބަލުގައި ރާއްޖޭގައި ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ބާއްވައިފިނަމަ މަޝްހޫރު ގިނަ ކުޅުންތެރިން އަންނާނެކަން ޔަގީންވާ ކަމަށެވެ.

"އޮލިމްޕިކް ޗެމްޕިއަނުން ވެސް އަންނާނެ. އޭރުން ވާނެ ވަރުގަދަ މުބާރާތަކަށް. ކޮންމެ މީހެއް ވެސް ރާއްޖެ އަންނަން މޯޓިވޭޓްވާނެ. މިއީ (މުބާރާތް ބޭއްވުމަކީ) ވިޔަފާރި މޮޑަލަށް ބަލާއިރު ވެސް ރަނގަޅު ކަމެއް،" ގްރާސާ ވިދާޅުވި އެެވެ.

އެއާޕޯޓްގައި މިއަދު ކުރިއަށްދިޔަ އިވެންޓްގެ ތެރެއިން: (ކ.ވ) ވީއޭއެމްގެ ނައިބު ރައީސް އަޝްރަފް، ޔޫތު މިނިސްޓަރު މަހުލޫފް، އެފްއައިވީބީގެ ރައީސް ގްރާސާ، ވީއޭއެމްގެ ރައީސް ރަނޭޝް އަދި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ބްރެޒިލްގެ މަޝްހޫރު ވޮލީ ޓީމުތަކަށް ކުރިން ކުޅުއްވި ކުރީގެ ވޮލީ ތަރި، ގްރާސާ އެފްއައިވީބީ ހިންގެވުމާ ހަވާލުވެ ހުންނެވީ 2012 އިން ފެށިގެންނެެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ މަގާމާ ހަވާލުވެފައި ނެގި ޗެލެންްޖްތަކަށް ބަލާއިރު މިހާރު އާދެވިފައި ހުރި ހިސާބު ރަނގަޅު ކަމަށެވެ. އެ ގޮތުން ބޮޑު 30 ވަރަކަށް ގައުމަކާ ގުޅިގެން ކުރި މަސައްކަތުން 132 ގައުމެއްގައި ރަނގަޅު ފެންވަރެއްގައި ވޮލީ ތަރައްގީ ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު އަމާޒަކީ އެފްއައިވީބީގައި އޮތް ހުރިހާ ގައުމަކަށް ވެސް ހައްގުވާ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

ވޮލީގައި މުސްތަގުބަލެއް އޮތީ މީޑިއާ އާއި ޓިީވީ އަދި އިންޓަނެޓްގެ ޒަރިއްޔާ އިން ކަމަށާއި ވިޔަފާރި މޮޑަލަށް ކަންކަން ހިނގާއިރު މި ހުރިހާ ކަމެއް ވެސް ވަރަށް ގާތުން ބަލައި ކަންކަން ކުރައްވާނެ ކަމަށް ގްރާސާ ވިދާޅުވި އެވެ.

އެއާޕޯޓްގައި މިއަދު ގްރާސާ އަށް މަރުހަބާ ދެންވެވުމަށް ބޭއްވި އިވެންޓްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލާފާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް ބައިވެރިވެވަޑައިގެންނެެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox