68 އަހަރު ފަހުން އެއާ އިންޑިއާ އަލުން ޓާޓާގެ ދަށަށް

އެއާ އިންޑިއާ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: އިންޑިއާގެ ހަތަރު އަވަށަކުން އެއާ އިންޑިއާގައި ސީދާ ރާއްޖެ ދަތުރުކުރެވޭ. -- ފޮޓޯ: އެމްއޭސީއެލް/ވީއައިއޭ

އެއާ އިންޑިއާ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: އިންޑިއާގެ ހަތަރު އަވަށަކުން އެއާ އިންޑިއާގައި ސީދާ ރާއްޖެ ދަތުރުކުރެވޭ. -- ފޮޓޯ: އެމްއޭސީއެލް/ވީއައިއޭ

އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާ ޕްރައިވެޓައިޒް ކުރަން ހުޅުވާލި ބިޑު ޓާޓާ ކުންފުނިން ކާމިޔާބުކޮށްފި ކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފި އެވެ.

ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ މި އެއާލައިން ވިއްކާލަން އިންޑިއާ ސަރުކާރުން މަސައްކަތްކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. މި އެއާލައިން ވިއްކާލަން 2018 ގައި ހުޅުވާލި ބިޑަށް އެއްވެސް ކުންފުންޏަކުން ކުރިމަތިލާފައެއް ނުވެ އެވެ.

ޓާޓާއިން އެއާ އިންޑިއާގެ ބިޑު ކާމިޔާބުކުރީ 2.4 ބިލިއަން ޑޮލަރު ހުށަހަޅައިގެންނެވެ. މި ބިޑުގައި އެއާ އިންޑިއާގެ ޖުމްލަ 8.2 ބިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން ޓާޓާ ކުންފުނިން ޒިންމާވާ 1.9 ބިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

Advertisement

އެއާ އިންޑިއާ އެއްބަސްވުމުގެ ދަށުން އެ އެއާލައިނުގެ 121 އެއާކްރާފްޓާއި 25 ކުދި މަތިންދާބޯޓުތަކުގެ ފްލީޓް އެއްކޮށް ޓާޓާގެ ދަށަށް ބަދަލުވާނެ އެވެ. އަދި އެތެރޭގެ އުދުހުންތަކާއި، މެދުއިރުމައްޗާއި އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކަށް ދަތުރުކުރާ ބަޖެޓު އެއާލައިން އެއާ އިންޑިއާ އެކްސްޕްރެސް ހިންގުން ވެސް ޓާޓާއާ ހަވާލުވާނެ އެވެ.

މި އެއާލައިނުން ރާއްޖެއަށް ވެސް އިންޑިއާގެ ހަތަރު މަންޒިލަކުން ސީދާ ދަތުރުތައް ކުރެ އެވެ. އެއީ ޓްރިވެންޑްރަމް، ބެންގަލޯ، ދިއްލީ އަދި މިފަހުން ދަތުރުތައް ފެށި މުމްބާއީ އެވެ.

ޓާޓާއިން އުފެއްދި އެއާލައިން އަލުން އެ ކުންފުނީގެ ދަށަން

އެއާ އިންޑިއާއަކީ ޓާޓާ އެއާ މެއިލްގެ ނަމުގައި 1932 ވަނަ އަހަރު ޖޭއާރްޑީ ޓާޓާގެ މޭސްތިރިކަމުގެ ދަށުން އުފެއްދި އެއާލައިނެކެވެ.

އިންޑިއާގެ މަތިންދާބޯޓުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނައި މި ކުންފުނި އިންޑިއާ ސަރުކާރުގެ ދަށަށް ގެނައި 1953 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ޖަވާހަރްލާލް ނެހެރޫގެ ސަރުކާރުގެ ޕްރައިވެޓް އެއާލައިންތަކުގެ ނެޝަނަލައިޒޭޝަން އެޖެންޑާގެ ދަށުންނެވެ.

އެފަހަރު އެއާ އިންޑީއާގައި އޮތް ޓާޓާގެ ހިއްސާ ގަންނަން އިންޑިއާ ސަރުކާރުން ދެއްކީ އެންމެ 372,680 ޑޮލަރެވެ.

ޓާޓާއަށް ބިޑު ކާމިޔާބުވުމާ ގުޅިގެން ކުރި ޓްވީޓެއްގައި އެ ކުންފުނީގެ ޗެއާމަން ރަތަން ޓާޓާ ވަނީ އެއާ އިންޑިއާގެ އެނބުރި އައުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ބުރަ މަސައްކަތެއް ނަމަވެސް، މިއީ އޭވިއޭޝަން ސިނާއަތުގައި ޓާޓާގެ ވިޔަފާރި ފުޅާކުރަން ފަހި ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އިންޑިއާގެ އެންމެ ދުވަސްވީ ކުންފުނި ޓާޓާގެ ހިއްސާ މިހާރު ވެސް ދެ އެއާލައިނެއްގައި އޮވެ އެވެ. އެއީ ސިންގަޕޯ އެއާލައިންސްއާ ގުޅިގެން އެ ކުންފުނިން ހިންގާ ވިސްތާރާ އާއި މެލޭޝިއާގެ އެއާ އޭޝިއާ ގްރޫޕާ ގުޅިގެން ހިންގާ ބަޖެޓު އެއާލައިން އެއާ އޭޝިއާ އިންޑިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox