ކިނޮޅަސް ބަނދަރު ހެދުމަށް އެމްޓީސީސީން އާދީއްތަ ދުވަހު ފުރަނީ

ބަނދަރަށް އަރާފައި އޮތް ވެލިގަނޑު މަތީގައި ކިނޮޅަހު ރައްޔިތުން ބުދަ ދުވަހު އިހްތިޖާޖު ކުރަނީ: ޝަކުވާ ކުރާތާ 12 އަހަރުވެއްޖެ -- ފޮޓޯ: ރަށު ކައުންސިލް

ބަނދަރަށް އަރާފައި އޮތް ވެލިގަނޑު މަތީގައި ކިނޮޅަހު ރައްޔިތުން ބުދަ ދުވަހު އިހްތިޖާޖު ކުރަނީ: ޝަކުވާ ކުރާތާ 12 އަހަރުވެއްޖެ -- ފޮޓޯ: ރަށު ކައުންސިލް

ރ. ކިނޮޅަސް ބަނދަރުގެ ނެރުމައްޗާ ދިމާލުން ވަރަށް ބޮޑަށް ވެލި އަރައި، ރަށަށް އަރައިފޭބުމަށް ހުރަސް އެޅޭ މައްސަލަ ހައްލު ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ފަރާތުން އާދީއްތަ ދުވަހު އެ ރަށަށް ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރަށް ވަށައިގެން އެނބުރޭ ބޮޑު ދޮންވެލިގަނޑެއް ކޮންމެ ހުޅަނދު މޫސުމެއްގައި ރަށު ބަނދަރަށް ވަދެ، އެކަމުގެ ސަބަބުން އޮޑިދޯނިފަހަރަށް ލަފައި، ނުފުރޭތީ ކިނަޅޮހު ރައްޔިތުން ވަނީ ބުދަ ދުވަހު އިޖްތިޖާޖެއްކޮށް ސަރުކާރަށް އަޑު އިއްވައިފަ އެވެ.

އެއާއެކު ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޯޝަލް މީޑިޔާގައި ނެރުނު ކުރު ބަޔާނެއްގައި ބުނީ "މި ވަގުތު ބަނދަރަށް ވަދެ ނުކުތުމަށް ދިމާވެފައި އޮތް މައްސަލަ ހައްލުކުރުމަށް" ސަރުކާރު ކުންފުނި އެމްޓީސީސީ އަންނަ އާދީއްތަ ދުވަހު ކިނޮޅަހަށް ދާނެ ކަމަށެވެ.

ކިނޮޅަސް ބަނދަރު މަތިން ފެންނަ ގޮތް: ކޮންމެ ހުޅަނގު މޫސުމެއްގައި މިހެން ދިމާވާ ކަމަށް ރަށު މީހުން ބުނޭ -- ފޮޓޯ:  ރަށު ކައުންސިލް
ކިނޮޅަސް ބަނދަރު މަތިން ފެންނަ ގޮތް: ކޮންމެ ހުޅަނގު މޫސުމެއްގައި މިހެން ދިމާވާ ކަމަށް ރަށު މީހުން ބުނޭ -- ފޮޓޯ: ރަށު ކައުންސިލް

ކިނޮޅަސް ބަނދަރު މަތިން ފެންނަ ގޮތް: ކޮންމެ ހުޅަނގު މޫސުމެއްގައި މިހެން ދިމާވާ ކަމަށް ރަށު މީހުން ބުނޭ -- ފޮޓޯ: ރަށު ކައުންސިލް

ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ ކިނޮޅަހު ބަނދަރުގެ މަސައްކަތް ކުރުމަށް ބިޑަށް ހުޅުވާލުމުން ކުރިމަތިލި އެއްވެސް ފަރާތަކަށް ބީލަން ކާމިޔާބު ނުކުރެވުނު ކަމަށެވެ. އެހެންކަމުން ޑައިރެކްޓް އެވޯޑްގެ އުސޫލުގެ ދަށުން ބިޑަށް ހުޅުވާލުމެއް ނެތި އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ކިނޮޅަސް ބަނދަރު ހެދުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ރަށު ކައުންސިލުން ޑިޒައިނަށް ބަދަލު ގެންނަން ބޭނުންވާތީ އެފަހަރު މަސައްކަތް ލަސްވީ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން 2008 ވަނަ އަހަރު އެ ރަށުގައި އެޅި ބަނދަރަށް އަހަރެއް ނުވަނީސް ވެލި ވަންނަން ފަށައިފި ކަމަށް ކިނޮޅަހު މީހުން ބުނެ އެވެ. އަދި އެކަން ހައްލުކޮށްދޭން ސަރުކާރުގައި އެދޭތާ 13 އަހަރުވެއްޖެ ކަމަށް ވެސް އެމީހުން ބުނެ އެވެ.

"މިކަމުގެ ސަބަބުން ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ތަކެތި ގެނެވޭނެ ގޮތެއް ވެސް ނެތް. މުދާ ގެންނަ ބޯޓުފަހަރާއި އަތޮޅު ފެރީ ވެސް ރަށަށް މިހާރު ކައިރި ނުކުރެވޭ. ފެރީއަށް ދާން ރަށުން ޑިންގީއެއްގަ ދަނީ ފައިނަށް،" ކިނޮޅަސް ކައުންސިލް މެމްބަރު ވާފިރު އަހުމަދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox