ކިނޮޅަހު ބަނދަރަށް ވެލި އަރައި ރައްޔިތުން ރަށު ބަންދެއްގައި

ކިނޮޅަހު ބަނދަރަށް ވެލި އަރާ މައްސަލައިގައި އެ ރަށު ރައްޔިތުން ކުރި މުޒާހަރާކުރަނީ:އެ ރަށު ކައުންސިލުން 2012 ވަނަ އަހަރު ފެށިގެން އަންނަނީ މައްސަލަ ހައްލުކޮށްދޭން ސަރުކާރުގައި އެދެމުން-- ފޮޓޯ: ކިނޮޅަސް ކައުންސިލް

ކިނޮޅަހު ބަނދަރަށް ވެލި އަރާ މައްސަލައިގައި އެ ރަށު ރައްޔިތުން ކުރި މުޒާހަރާކުރަނީ:އެ ރަށު ކައުންސިލުން 2012 ވަނަ އަހަރު ފެށިގެން އަންނަނީ މައްސަލަ ހައްލުކޮށްދޭން ސަރުކާރުގައި އެދެމުން-- ފޮޓޯ: ކިނޮޅަސް ކައުންސިލް

ރ. ކިނޮޅަހުގެ ބަނދަރަށް ވެލި އަރައި، ރަށުން އަރައިފައިބަން ބޮޑު ގޮންޖެހުމަކަށްވެފައިވާ މައްސަލަ ސަރުކާރުން ހައްލުނުކޮށްދީގެން އެ ރަށު ރައްޔިތުން އިއްޔެ މުޒާހަރާއެއް ކޮށްފި އެވެ.

ކިނަޅޮހުގައި 2008 ވަނަ އަހަރު ސަރުކާރުން އެޅި ބަނދަރަށް ވެލި ވަންނަ މައްސަލަ ހައްލުކޮށްދޭން އެދޭތާ 12 އަހަރުވެއްޖެ ކަމަށް ރަށު ކައުންސިލް މެމްބަރު ވާފިރު އަހުމަދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. މުޒާހަރާ ކުރީ ރައްޔިތުންގެ ޝުއޫރުތައް އަދިވެސް އެއްފަހަރު ސަރުކާރަށް އިއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ތަކެތި ގެނެވޭނެ ގޮތެއްވެސް ނެތް. މުދާ ގެންނަ ބޯޓުފަހަރާއި އަތޮޅު ފެރީ ވެސް އެރަށަށް މިހާރު ކައިރި ނުކުރެވޭ. ފެރީއަށް ދާން ރަށުން ޑިންގީއެއްގަ ދަނީ ފައިނަށް،" ވާފިރު ވިދާޅުވި އެވެ.

ކިނޮޅަހު ރައްޔިތުން އިހްތިޖާޖު ކުރަނީ: މައްސަލަ ހައްލުކޮށްދޭން އެދޭތާ 12 އަހަރުވެއްޖެ -- ފޮޓޯ: ރަށު ކައުންސިލް
ކިނޮޅަހު ރައްޔިތުން އިހްތިޖާޖު ކުރަނީ: މައްސަލަ ހައްލުކޮށްދޭން އެދޭތާ 12 އަހަރުވެއްޖެ -- ފޮޓޯ: ރަށު ކައުންސިލް

ކިނޮޅަހު ރައްޔިތުން އިހްތިޖާޖު ކުރަނީ: މައްސަލަ ހައްލުކޮށްދޭން އެދޭތާ 12 އަހަރުވެއްޖެ -- ފޮޓޯ: ރަށު ކައުންސިލް

ވާފިރު ވިދާޅުވީ ބަނދަރަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން ރައްޔިތުން ތިބެން ޖެހިފައި ވަނީ ރަށު ބަންދެއްގައި ކަމަށެވެ.

ބަނދަރު މައްސަލައިގައި އިއްޔެ ހަވީރު ކުރި އެ އިހުތިޖާޖުގައި ކިނޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ. ކައުންސިލުން ބުނީ އިއްޔެ ކުރި އެ އިހުތިޖާޖުގެ ބޭނުމަކީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނައުން ކަމަށެވެ. އަދި އެއީ ރައްޔިތުން އިންތިޒާމު ކުރި މުޒާހަރާއެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކިނަޅޮހު މީހުން ބުނާ ގޮތުގައި ބަނދަރަށް އަރާ ވެލިގަނޑަކީ ރަށް ވަށައިގެން މޫސުމީ ގޮތުން އެނބުރޭ ވެލިގަނޑެކެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ބަނދަރު ހެދިއިރު، އެ ވެލިގަނޑު އޮތީ ބަނދަރު ހެދުމަށް ހަމަޖެހިފައިވާ އޮތް ސަރަހައްދުގައި ކަމަށް ރަށު މީހުން ބުނެ އެވެ. އެހެންވެ ބަނދަރުގެ މަސައްކަތް ކުރުމަށްޓަކައި މި ވެލިގަނޑުން ބައެއް ނެގުމަށްފަހު، ބަނދަރާއި ވެލިގަނޑުގެ ބާކީ އޮތް ބައި ވަކި ކުރުމަށް ހިލަ ޖެހީ އެވެ.

އެކަމަކު އެ ބަނދަރާއި ވެލިގަނޑު ވަކި ކުރުމަށް ޖެހި ފާރު އޭގެ އަހަރެއްހާ ދުވަސް ފަހުން ހަލާކުވެ، ކޮންމެ ހުޅަނގު މޫސުމެއްގައި ބަނދަރަށް ވަރަށް ބޮޑަށް ވެލި އަރައި، ބޭނުން ނުކުރެވޭވަރުވާ ކަމަށް ކިނޮޅަހު މީހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox