މިނިމަމް ވޭޖު ކަނޑައަޅަން ދިން ލަފާ: ކޮންމެހެން އެނގެންޖެހޭ ނުވަ ކަމެއް!

އެންމެ ކުޑަ މުސާރަ ކަނޑައެޅުމުގައި ދައުލަތުގެ މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރު ހިމަނާފައިވަނީ ދެ ގިންތިއެއްގައި. އާޓްވޯކް: އަދަދު

އެންމެ ކުޑަ މުސާރަ ކަނޑައެޅުމުގައި ދައުލަތުގެ މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރު ހިމަނާފައިވަނީ ދެ ގިންތިއެއްގައި. އާޓްވޯކް: އަދަދު

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖް ކަޑައަޅަން އެ މަސައްކަތް ހަވާލުކުރި މިނިމަމް ވޭޖު ބޯޑުން ލަފާދީ މިހާރު ވަނީ ފާސްކުރަން ފޮނުވާފަ އެވެ.

އެންމެ ކުޑަ އުޖޫރަ ކަޑައެޅުން ދިގުލައިގެން ގޮސްފައިވާއިރު، އެންމެ އެކަށޭނަ އަދަދެއް ކަޑައެޅުމަށް މިނިމަމް ވޭޖް ބޯޑުން ވަނީ ގިނަ ކަންތައްތަކަށް ބަލާފަ އެވެ.

ވިޔަފާރިތަކުގެ ކުޑަ ބޮޑު މިން

މިނިމަމް ވޭޖް ކަނޑައެޅުމުގައި ބޯޑުން ވަނީ ވިޔަފާރިތަކުގެ ކުޑަ ބޮޑު މިނަށް ބަލައިފަ އެވެ.

Advertisement

އަދި އެންމެ ފަހުން ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގާނޫނަށް ވަނީ ރިއާޔަތްކޮށްފަ އެވެ.

އެންމެ ކުދި ވިޔަފާރިތައް

އެގޮތުން އެންމެ ކުދި ނޫނީ މައިކްރޯ ވިޔަފާރިތަކަށް މިނިމަމް ވޭޖެއް ކަނޑައަޅާފައެއް ނުވެ އެވެ.

މިގޮތަށް ނިންމީ މި ވިޔަފާރިތަކުގެ ތެރޭގައި ގިނައީ އާއިލީ ކުދި ވިޔަފާރިތައް ކަމަށްވެފައި މި ވިޔަފާރިތަކުގެ ހަގީގީ މަންޒަރު ނެނގޭތީ އެވެ.

އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ލިބިފައި ހުރި މައުލޫމާތުތަކުން މި ވިޔަފާރިތަކުގެ މާލީ ހާލަތަށް ބަލައި ބޯޑަށް ފެނުނީ މި ވިޔަފާރިތަކަށް މިނިމަމް ވޭޖެއް ކަނޑަނޭޅުމަށެވެ.

މައިކްރޯ ނުވަތަ އެންމެ ކުދި ވިޔަފާރިތަކަކީ ފަހަކަށްވުރެ މަދު މުވައްޒަފުން މަސައްކަތްކުރާ ވިޔަފާރިތަކެވެ.

މި ވިޔަފާރިތަކަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފަކުރަނީ އެންމެ ގިނަވެގެން އަހަރަކު ފަސް ލައްކަ ރުފިޔާއާ ހަމައަށެވެ.

ކުދި ވިޔަފާރިތައް

ރާއްޖޭގައި ކުދި ވިޔަފާރީގެ ގޮތުގައި ބަލަނީ އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ލިބޭ ވިޔަފާރިތަކެވެ. މި ވިޔަފާރިތަކުގައި އާންމުގޮތެއްގައި މަސައްކަތް ކުރާނީ ހަޔާކާއި ތިރީހާ ދެމެދުގެ އަދަދެއްގެ މުވައްޒަފުންނެވެ.

މިނިމަމް ވޭޖް ބޯޑުން ކުދި ފަންތީގެ ވިޔަފާރިތަކަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގަޑި އިރަކަށް 24.04ރ. އެވެ. އެއީ މަހެއްގެ މައްޗަށް ބަލާނަމަ 5،700ރ. އެވެ.

މި އަދަދަކީ މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ ކުޑަ އަދަދަކަށްވާއިރު، މިއީ ރާއްޖޭގައި އެންމެ ކުޑަކޮށް ދެވޭނެ މުސާރަ އެވެ.

މެދު ފަންތީގެ ވިޔަފާރިތައް

މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގަޑި އިރަކަށް 33.65ރ. ގެ މަގުންނެވެ.

އެއީ ދުވާލަކު އަށް ގަޑި އިރު މަސައްކަތްކުރާ ނަމަ މަހަކަށް 8،000ރ. އެވެ.

މި ވިޔަފާރިތައް ގިންތި ކުރަނީ އާމްދަނީގެ ގޮތުގައި ފަސް މިލިއަން ރުފިޔާ އާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ ވިޔަފާރިތަކެވެ.

މި ތަންތަނުގައި މަސައްކަތް ކުރާނެ މުވައްޒަފުންގެ އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 31 އާއި 100 ދެމެދުގެ އަދަދަކެވެ.

ބޮޑެތި ވިޔަފާރިތައް

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައި ވަނީ ގަޑި އިރަކަށް 42.79ރ. އެވެ.

މިއީ މަހެއްގެ މައްޗަށް ބަލާ ނަމަ 10،200ރ. އެވެ. މިއަދަދު ބޯޑުން ކަނޑައަޅާފައި ވަނީ މުވައްޒަފާ އޭނާގެ އާއިލާގެ ޒަރޫރޫ ބޭނުންތަކަށް ދާނެ ހަރަދަށް ބަލައިފަ އެވެ.

އެގޮތުން ވަޒީފާ އަދާކުރާ ދެ މީހުންގެ ގޭބީސީއަކުން ހަރަދަށް ދާނެ މިންވަރަށް ބޯޑުން ވަނީ ބަލާފަ އެވެ.

ސިވިލް ސާވަންޓުން

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު އެންމެ މަދުވެގެން 7،000ރ. ދޭންޖެހޭނެ އެވެ.

ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތްކުރާ ސިވިލް ސާވަންޓުންނަށް މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ ގަޑި އިރަކަށް 33.65ރ. ގެ ރޭޓުންނެވެ.

މިއަދަދު ކަނޑައަޅާފައި ވަނީ މިހާރު ސިވިލް ސާވިސްގެ ވަޒީފާ ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާގައި އަދާކުރަނީ ޕްރައިވެޓް ސެކްޓާގެ ވަޒީފާތަކުގައި މުވައްޒަފުން އަދާކުރާ ވަގުތައްވުރެ ކުޑަ ވަގުތެއް ކަމަށް ވުމުންނެވެ.

އަދި މިގޮތަށް މި އަދަދު ކަނޑައެޅުމުގެ ބޭނުމަކީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ވަޒީފާ އަދާކުރާ ވަގުތު ޕްރައިވެޓް ސެކްޓާގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތާ އެއް ހަަމަކުރުމަށް ބާރު އެޅުމަށް ކަމަށް ބޯޑުން ބުނެ އެވެ.

ސާވިސް ޗާޖުފަދަ އިނާޔަތް މިނިމަމް ވޭޖްގައި ނުހިމެނޭ

ބޯޑުން ކަނޑައަޅައި ފާސްކުރާން ފޮނުވާފައިވާ މިނިމަމް ވޭޖްގެ ތެރޭގައި މުވައްޒަފުންނަށް ލިބޭ ފިކްސްޑް އެލަވަންސް ހިމެނޭނެ އެވެ.

އެކަމަކު މި އަދަދުގެ ތެރޭގައި އެކި މަސް މަހު އެކި މިންވަރަށް ދެވޭ އެލަވަންސްތަކާއި އިތުރުގަޑީގެ ފައިސާ އާއި ހާއްސަ އެލަވަންސްތަކެއް ނުހިމެނޭނެ އެވެ.

މިނިމަމް ވޭޖްގައި އެއްވެސް "އިން-ކައިންޑް ބެނެފިޓް" ނުހިމެނޭ ގޮތަށް ކަނޑައަޅާފައިވާ އިރު، ކަސްޓަމާ ސާވިސްގެ ވަޒީފާތައް އަދާކުރާ، ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސާވިސް ޗާޖު އެދެވޭ ގޮތުގައި ނުލިބުމެވެ.

މިނިމަމް ވޭޖް ކަނޑައެޅުމާއެކު އަސާސީ މުސާރައިގެ ތެރެއަށް ސާވިސް ޗާޖެއް ނުލެވޭނެ އެވެ.

ރަށުން ބޭރުގައި ވަޒީފާ އަދާކުރާނަމަ މުވައްޒަފުން ހުންނަ ތަނުގެ ކުއްޔާ ކެއުމަށްދާ ހަރަދު ވަޒީފާ ދޭ ފަރާތުން ކުރެ އެވެ.

މިގޮތަށް މުވައްޒަފުންގެ ހުރުމާއި ކެއުމަށް ދާ ހަރަދު ވެސް އަސާސީ މުސާރައިގެ ތެރޭގައި ނުހިމެނެނޭ އެވެ.

ފޯ ސީޒަނސް
ފޯ ސީޒަނސް

ފޯ ސީޒަންސް ރިސޯޓުގެ އެޕްރެންޓިސް ޕްރޮގްރާމްގެ ބައިވެރިއެއް. -ފޮޓޯ: ފޯ ސީޒަންސް

މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ މުވައްޒަފުން މަސައްކަތްކުރާ ކޮންމެ ގަޑި އިރަކަށް ޖެހޭ މިންވަރު ބަލައިގެންނެވެ.

މިގޮތަށް ބަލައި އަދަދު ކަނޑައަޅާފައިވާ އިރު، އަމިއްލަ ވިޔަފާރިތަކުން ކޮންމެ މަހަކު އެންމެ މަދުވެގެން މުވައްޒަފުންނަށް ދޭން ޖެހޭނެ އަދަދު ވެސް ވަނީ ކަނޑައަޅާފަ އެވެ.

ގަޑި އިރަކަށް ޖެހޭ އަދަދަށް ބަލައި މިނިމަމް ވޭޖް ކަނޑައަޅާފައި ހުރި ވަޒީފާތަކުގައި އިތުރު ގަޑީގައި މަސައްކަތްކޮށް ގަޑި އިރަކަށް ޖެހޭ އަދަދު ދަށް ނަމަ އެ އަދަދު މަދުވެގެން މިނިމަމް ވޭޖުގައި ކަނޑައަޅާފައިވާ އަދަދާ އެއްވަރު ކުރަން ޖެހެ އެވެ.

ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕްރައިވެޓް ސެކްޓަރުގައި

ކުޑަ މުސާރަ ކަނޑައެޅުމުގައި ބަހާލާފައިވަނީ ދެ ދާއިރާއަކަށެވެ. އެއީ ޕަބްލިކް ސެކްޓަރާއި ޕްރައިވެޓް ސެކްޓަރެވެ. ޕަބްލިކް ސެކްޓަރުގައި ހިމެނެނީ ދައުލަތުގެ ވިޔަފާރި ކުންފުނިތައް ފިޔަވައި އެންމެހާ މުއައްސަސާތަކެވެ. ޕްރައިވެޓް ސެކްޓަރަކީ ވިޔަފާރިއެެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކެވެ. ދައުލަތުގެ ކުންފުނިތައް ހިމަނާފައިވަނީ މި ބައިގަ އެވެ.

ބިދޭސީ މަސައްކަތްތެރިން

ބޯޑުން މިއަދު ދިން ލަފާގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ކަނޑައަޅާ އެންމެ ކުޑަ މުސާރަ ހިމަނާފައެއް ނުވެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުމުގައި މިހާރު އިއުލާނުކޮށްފައިވާ މޮރޮޓޯރިއަމް ފަސް އަހަރުގެ މުއްދަތަކަށް ދިގު ދައްމާލުމަށް ބޯޑުން ވަނީ ލަފާދީފަ އެވެ.

މި މުއްދަތުގައި މިކަމާ ގުޅޭ އިތުރު ދިރާސާތައް ކުރުމަށް ވަނީ ނިންމާފަ އެވެ.

ފަސް އަހަރު ދުވަސް ހަމަވުމުގެ ކުރިން އިގުތިސާދީ ހާލަތަށް ބަލައި ބިދޭސީންގެ އުޖޫރަ ކަނޑައެޅޭ ނަމަ އެގޮތަށް އަމަލުކުރާނެ ކަމަށް ބޯޑުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox