އޮޅުވާލައިގެން ހޯދި އިންކަމް ސަޕޯޓް އެލަވަންސް ބަހާލައިގެން ދައްކަން ފުރުސަތު ދެނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

އިންސްޓޯލްމަންޓުތަކަށް ބަހާލައިގެން އޮޅުވާލައިގެން އިންކަމް ސަޕޯޓު އެލަވަންސް ހޯދި މީހުންގެ އަތުން، އެ ފައިސާ ބަހައިލައިގެން އަނބުރާ ދައްކަން ފުރުސަތު އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ދިނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޑިސެމްބަރު މަހާ ދޭތެރޭ އާމްދަނީއަށް އަސަރުކުރި މީހުންނަށެވެ.

މިގޮތުން ވަޒީފާއިން ކަނޑައިލި މީހުންނަށާއި، ނޯ-ޕޭއަށް ދާން ޖެހުނު މީހުންނަށާއި، އާމްދަނީއަށް އަސަރުކުރި މީހުންގެ ތެރެއިން 5،000ރ. އަށް ވުރެ ކުޑަ މުސާރައެއް ލިބުނު މީހުންނަށް މަހެއްގެ މައްޗަށް ގިނަވެގެން 5000ރ. ގެ އެލަވަންސެއް ދިނެވެ.

އިކޮނޮމިކް މިނިސްޓްރީން މި އެލަވަންސް ދޫކުރީ އެ މިނިސްޓްރީ އާއި އިންކަމް ސަޕޯޓަށް ހުށަހެޅި މީހާއާ އެކު އިގުރާރެއްގައި ސޮއިކޮށްފަ އެވެ.

މި އިގުރާރުގައި އެ މީހަކު ހުށަހެޅި މައުލޫމާތަކީ ސައްހަ މައުލޫމާތު ކަމަށާއި، މީހެއްގެ ވަޒީފާ ނޫނީ އާމްދަނީއަށް ބަދަލެއް އައިސްފި ހާލަތެއްގައި އެ މައުލޫމާތު ވީހާ ވެސް އަވަހަކަށް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރާ ހިއްސާކުރަން އެއްބަސްވާން ޖެހެ އެވެ.

އޮޅުވާލުންތައް ފާހަގަވީ ފޯމުތައް ރިވިއުކުރުމުގެ ތެރެއިން

އިންކަމް ސަޕޯޓް ހޯދަން ބައެއް މީހުން ދޮގު މައުލޫމާތު ދީފައިވާ ކަން އިކޮނޮމިކް މިނިސްޓްރީއަށް ފާހަގަކުރެވުނީ ޕެންޝަން އޮފީހުގެ ސިސްޓަމްތަކާ ގުޅާލުމަށް ފަހު އިންކަމް ސަޕޯޓް އެލަވަންސް ޕްރޮގްރާމަށް ހުށަހެޅި އެޕްލިކޭޝަންތަކުގެ ސައްހަކަން ކަށަވަރުކުރަން ކުރިޔަށް ގެންދިޔަ ރިވިއުގެ ތެރެއިންނެވެ.

މި ރިވިއުގައި އިންކަމް ސަޕޯޓް ދޫކުރި 93،906 އެޕްލިކޭޝަނުގައި ހުރި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރީ ޕެންޝަން އޮފީހުގެ ޑޭޓާބޭސްގައި ހުރި މައުލޫމާތާ އަޅާކިޔައިގެންނެވެ.

މިގޮތަށް އަޅާކީއިރު، ދޮގު މައުލޫމާތު ދީގެން ފަސް މިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ ހޯދާފައިވާކަން ވަނީ ހާމަވެފަ އެވެ.

މީގެ ތެރެއިން މިހާތަނަށް އަނބުރާ ހޯދުނީ އެންމެ ދެ ލައްކަ ރުފިޔާ އެވެ.

ފައިސާ އަނބުރާ ހޯދަން ކުރަމުންދާ މަސައްކަތްތައް

އޮޅުވާލައިގެން ހޯދި ފައިސާ އަނބުރާ ހޯދަން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން "އަދަދު"އަށް ބުނީ ދޮގު މައުލޫމާތު ހުރި އެޕްލިކޭޝަންތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް އޭގެ ތެރެއިން 70 ޕަސެންޓު މީހުންނާ މިހާރު ގުޅިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި މި ފައިސާ އަނބުރާ ދައްކަން ޖެހޭ ކަން ސާބިތުވާ ސަބަބުތައް ސާފުކޮށް ބަޔާންކޮށް އަނބުރާ ފައިސާ ރައްދުކުރަން ސިޓީގެ ޒަރިއްޔާއިން އަންގާފައި ވާނެ ކަމަށް ބުންޏެވެ.

އަދި އެއްފަހަރާ އެ ފައިސާ އަނބުރާ ނުދެއްކޭ މީހުންނަށް ބައިބަޔަށް ބަހާލައިގެން ފައިސާ ދައްކަން މިނިސްޓްރީއާ އެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އެބައޮތްކަން އަންގާފައިވާ ކަމަށެވެ.

ކައުންސިލްތަކާއި، ވިޔަފާރިތަކާއި ގުޅިގެން ބާކީ ތިބި މީހުން ހޯދަނީ

އިކޮނޮމިކް މިނިސްޓްރީން ބުނީ ޖޮބް ސެންޓަރަށް ދީފައިވާ ނަމްބަރުތަކުން ނޫނީ އީ-މެއިލްއިން ޖަވާބުދާރީ ނުވާ މީހުން ހޯދުމުގެ މަސައްކަތް ކައުންސިލްތަކާއި، ވިޔަފާރިތަކާއި، އެހެނިހެން ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓްރީން ދިން މައުލޫމާތަށް ބަލާއިރު، ޖިނާއީ ދައުވާއެއް އުފުލާނީ އެއްވެސް ގޮތަކުން އެ ފައިސާ އަނބުރާ ނުލިބިއްޖެ ހިނދެއްގައި ނޫނީ އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގަ އެވެ.

އެ ހިސާބުން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ވަނީ އަންގައިފަ އެވެ.

އިންކަމް ސަޕޯޓު އުސޫލުގައި ބުނަނީ ކީކޭ؟

ސަރުކާރުން އާންމުކޮށްފައިވާ އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމުގެ އުސޫލުގައި މި އެހީ ހޯދަން ދޮގު މައުލޫމާތު ހުށަހަޅައިފި ކަން ސާބިތުވެއްޖެ ހާލަތެއްގައި މިނިސްޓްރީން އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެ އެވެ.

އެގޮތުން މިފަދަ އެޕްލިކޭޝަން ބާތިލުކުރުމާއި، ފައިސާ އަނބުރާ ހޯދުމާއި، ފައިސާ އަނބުރާ ރައްދު ނުކޮށްފި ނަމަ މަދަނީ ދައުވާ އުފުލުމާއި، ދޮގު މައުލޫމާތު ދިން މައްސަލައިގައި ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ އުފުލުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox