ރާއްޖޭގެ ފުރަތަމަ އަމިއްލަ އިންވެސްޓްމަންޓް ކުންފުނި ފަސްޓް ނެޝަނަލްއަށް ލައިސެންސް ދޫކޮށްފި

ސީއެމްޑިއޭގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު (ވ) އަދި ފަސްޓް ނެޝަނަލްގެ ސީއީއޯ ހަސަން ޒިޔަތު (ކ): ސީއެމްޑީއޭއިން ވަނީ އިންވެސްޓްމަންޓް އެޑްވައިޒަރީ އަދި ސެކިއުރިޓީސް ޑީލާސް ލައިސެންސް މި ވިޔަފާރިއަށް ދޫކޮށްފައި. -- ފޮޓޯ: ފަސްޓް ނެޝަނަލް

ސީއެމްޑިއޭގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު (ވ) އަދި ފަސްޓް ނެޝަނަލްގެ ސީއީއޯ ހަސަން ޒިޔަތު (ކ): ސީއެމްޑީއޭއިން ވަނީ އިންވެސްޓްމަންޓް އެޑްވައިޒަރީ އަދި ސެކިއުރިޓީސް ޑީލާސް ލައިސެންސް މި ވިޔަފާރިއަށް ދޫކޮށްފައި. -- ފޮޓޯ: ފަސްޓް ނެޝަނަލް

ފަނޑު މެނޭޖުކުރުމަށާއި އިންވެސްޓްމަންޓުތަކާ ގުޅިގެން ލަފާއަރުވަން އުފެއްދި ރާއްޖޭގެ ފުރަތަމަ އަމިއްލަ އިންވެސްޓްމަންޓް ކުންފުނި، ފަސްޓް ނޭޝަނަލް ފިނޭންސް ކޯޕަރޭޝަން (ފަސްޓް ނެޝަނަލް)އަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ލައިސެންސިން އިއްޔެ ލިބިއްޖެ އެވެ.

ފަސްޓް ނެޝަނަލްއަކީ ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އާއި ރާއްޖޭގެ މާލީ ދާއިރާގެ ފުންނާބު އުސް ބޭފުޅުންތަކެއް ގުޅިގެން އުފެއްދި ކުންފުންޏެކެވެ. މި ކުންފުންޏަށް ސީއެމްޑީއޭއިން ވަނީ އިންވެސްޓްމަންޓް އެޑްވައިޒާ އަދި ސެކުއިރިޓީސް ޑީލާ ލައިސެންސިން ދީފަ އެވެ.

ފަސްޓް ނެޝަނަލްގެ މަސައްކަތްތައް ރަސްމީކޮށް ފަށަން ލައިސެންސިން ލިބުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ޒިޔަތު ވިދާޅުވީ، މިއާ ގުޅިގެން ކެޕިޓަލް ބާޒާރުން އިންވެސްޓްމަންޓްތަކާއި ފައިނޭންސިން ހޯދަން ލަފާއެރުވުމާ މެނޭޖުކުރުމުގެ ހިދުމަތްތައް އެ ވިޔަފާރިން ލިބޭނެ ކަމަށެވެ.

މި ކުންފުނީގެ ކްލަޔަންޓުންނަށް ފޯރުކޮށްދޭން ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި ފަންޑު މެނޭޖުކުރުމާއި ލަފާއެރުވުމާއި، އިންވެސްޓްމަންޓް ހޯދުމާއި، އަމިއްލަ މުދަލާއި ފައިސާގެ (ވެލްތު) ޕްލޭނިން ހިދުމަތްތައް ހިމެނެ އެވެ. ވެލްތު ޕްލޭނިން ހިދުމަތުގެ ތެރޭގައި ފައިސާ އިތުރުކުރަން އިންވެސްޓް ކުރަން ލަފާއެރުވުން ވެސް ހިމެނެ އެވެ.

ފަސްޓް ނެޝަނަލްއިން ފޯރުކޮށްދޭ ހިދުމަތްތައް

  • އިންވެސްޓްމަންޓް އެޑްވައިޒަރީ
  • ވެލްތު ޕްލޭނިން
  • ދަރުމަވެރި މަސައްކަތަށް އަމިއްލަ ޖަމިއްޔާ ހެދުން
  • ވަޒީފާދޭ ފަރާތްތަކާ ގުޅިގެން މުވައްޒަފުންގެ ސޭވިންސް ޕްލޭން ފަރުމާކުރުން

ފަސްޓް ނެޝަނަލް އިން ބުނީ އެ ވިޔަފާރީގެ އިންވެސްޓްމަންޓް ސޮލިއުޝަންސް ބޭނުންކޮށްގެން ފައިސާ ރައްކާ ކުރާ މީހުންނަށް އޭގެން ލިބޭ މަންފާ އިތުރުވޭނެ ކަމަށެވެ. އަދި ބޭންކުގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ހިއްސާ އާއި ބޮންޑް އަދި ޓްރެޝަރީ ބިލުތަކަށާއި، އަމިއްލަ ކުންފުނިތަކުގެ ހިއްސާއަށް ވެސް އިންވެސްޓް ކުރަން ފުރުސަތުތައް ލިބޭނެ ކަމަށް ބުންޏެވެ.

އެގޮތުން ޒިޔަތު ވިދާޅުވީ، ފަސްޓް ނެޝަނަލްއިން މީހުންނަށް އިންވެސްޓްމަންޓް ލަފާއަރުވާނީ އެ މީހަކު ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި، އާއިލާ އާއި، ޓެކުހާއި ގުޅޭ ކަންކަމަށް ބިނާކޮށެވެ. މީގެ ސަބަބުން އިންވެސްޓަރުންނަށް ބޭނުންވާ މައުލޫމާތު ލިބިގެން ގޮތް ނިންމަން މަގުފަހި ވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ވިޔަފާރިން ފޯރުކޮށްދޭ ވެލްތް ޕްލޭނިން ހިދުމަތަކީ ވެސް ރާއްޖެއަށް ކޮންމެހެން ބޭނުންޖެހިފައި އޮތް ހިދުމަތެއް ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އެގޮތުން ފަސްޓް ނެޝަނަލް އިން ހިދުމަތް ދެނީ އެ މީހެއްގެ ވަޒީފާ އާއި އާއިލީ ހާލަތަށް ބަލައި ވަށާޖެހޭ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި މި ހިދުމަތުގެ މައިގަނޑު ބޭނުމަކީ މުދަލާއި ފައިސާއަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ދިރިއުޅުމުގެ ހަރަދުތައް ބައްޓަންކޮށް، އަނެއް ޖީލާ ހަމަޔަށް ރައްކާތެރިކަމާއެކު ތަނަވަސްކަން ގެންދެވޭނެ މަގުފަހިކުރުމެވެ.

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox