އޮޑިޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

May 25, 2021, 12:09 PM
އޮޑިޓަ ޖެނަރަލް ޒިޔަތު: އެމްއެމްޕީއާރުސީގެ ލިސްޓުުގައި އޭނާގެ ނަން އޮތް ކަން އެނގިވަޑައިގަތުމުން މަގާމުން އިސްތިއުފާ ދެއްވީ.

އޮޑިޓަ ޖެނަރަލް ޒިޔަތު: އެމްއެމްޕީއާރުސީގެ ލިސްޓުުގައި އޭނާގެ ނަން އޮތް ކަން އެނގިވަޑައިގަތުމުން މަގާމުން އިސްތިއުފާ ދެއްވީ.

އޮޑިޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި މަގާމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޖޫން 7 އަދި 8 ވަނަ ދުވަހުގެ ހެނދުނު 10 އިން މެންދުރު 12:30 އަށެވެ.

އޮޑިޓަ ޖެނެރަލަކަށް އެންމެ ފަހުން ހުންނެވީ ހަސަން ޒިޔަތެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ލިސްޓުގައި ނަން އޮތް ކަން އެނގިވަޑައިގަތުމުންނެވެ.

ތަހުގީގީ އިދާރާތަކުން އެ ލިސްޓު ހޯދައިގެން އާއްމުކުރީ ރައްޔިތުންގެ މަޖިލީހުންނެވެ. ޒިޔަތު ވިދާޅުވެފައި ވަނީ، އޭނާގެ ނަން ލިސްޓުގައި ހިމަނާފައި ވަނީ ސުވާލުކުރުމެއް ނެތި ކަމަށާއި އެހެން ވިޔަސް އިތުރަށް އެ މަގާމުން ދެމިހުންނެވުމަކީ މުއައްސަސާގެ އިތުބާރަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި ލިސްޓުގައި އޭނާގެ ނަން ހިމެނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތުމުން ކެމްޕޭނަށް އެ ޕާޓީން ހަރަދުކޮށްފައިވާތީ އެވެ. ދެ ފަހަރެއްގެ މަތިން ކެމްޕޭނަށް ފައިސާ ޕާޓީން ލިބުނު ކަމަށް ޒިޔަތު އެއްބަސްވެވަޑައިގެންނެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމަކު އެއީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައެއްނުގަންނަވަ އެވެ.

ތަހުގީގީ އިދާރާތަކުން ކުރިން އެކުލަވާލި ލިސްޓުގައި ހިމެނުނީ 267 ނަމެކެވެ. އެކަމަކު، ފަހުން މަޖިލީހަށް ފޮނުވި ލިސްޓުގައި 281 މީހުން ހިމެނެ އެވެ. އެ ލިސްޓުގައި ތިބި ދައުލަތުގެ އިސް މަގާމްތަކުގައި ތިބި 119 މީހުންގެ ނަން ވަކިން ވަނީ އާއްމުކޮށްފަ އެވެ.

އެ މީހުން މަގާމުތަކުން ވަކިކުރަން ވެސް އޮތީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox