ކުރީގެ އޮޑިޓާ ޖެނެރަލް ޒިޔަތު އިސްވެ ރާއްޖޭގެ ފުރަތަމަ އިންވެސްޓްމަންޓް ކުންފުނި އުފައްދައިފި

އިންވެސްޓްމަންޓް ކުންފުނި އުފެއްދުމުގައި އިސްކޮށް ތިއްބެވި ހަތަރު ބޭފުޅުން. -

އިންވެސްޓްމަންޓް ކުންފުނި އުފެއްދުމުގައި އިސްކޮށް ތިއްބެވި ހަތަރު ބޭފުޅުން. -

ފަންޑު މެނޭޖުކުރުމާއި އެޑްވައިޒަރީ ހިދުމަތް ދިނުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ އިންވެސްޓްމަންޓް ކުންފުންޏެއް އުފައްދައިފި އެވެ.

ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ނަމުގައި އަލަށް ކުންފުންޏެއް އުފެއްދުމުގައި އިސްކޮށް ތިއްބެވީ ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އާއެކު މާލީ ދާއިރާގައި ތަޖުރިބާހުރި ދިވެހި ބޭފުޅުންތަކެކެވެ.

އެނގިފައިވާ ގޮތުގައި އެ ކުންފުނީގެ ފުރަތަމަ ބޯޑު މީޓިން މިދިޔަ މަހުގެ ތެރޭގައި ބާއްވައި، ކުންފުނީގެ ސީއީއޯގެ މަގާމަށް ޒިޔާތު ވަނީ އައްޔަނުކޮށްފަ އެވެ.

އެ ކުންފުނީގެ ޗެއާޕާސަން އައްޔަނުކުރި ރިފާއަތު ޖަލީލަކީ 25 އަހަރަށްވުރެ ގިނަދުވަހު މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ދެން އެ ކުންފުނީގައި ހިމެނިވަޑައިގަންނަވަނީ ހަސަން މުހައްމަދުގެ އިތުރުން އަބްދުލް ހަލީމް އަބްދުއްލަތީފެވެ.

އެ ކުންފުނީގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު ހަލީމަކީ މީގެ ކުރިން ޕެންޝަން ފަންޑުގެ ސީއެފްއޯގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި ހަސަން އަކީ ފިނޭންސް މިނިސްޓްރީގައި އޮންނަ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމިޓީގެ ޗެއާޕާސަން އެވެ.

އެ ކުންފުނީގެ ތަސައްވުރާ ބެހޭގޮތުން ޒިޔަތު މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި މިކުންފުނިން ރާއްޖޭގެ ފައިނޭންޝަލް ދާއިރާއަށް ހެޔޮ ބަދަލުތަކެއް ތައާރަފު ކުރެވޭނެކަމާމެދު ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތެވެ.

އަދި ވިޔަފާރިތައް ކުރިއަރުވައި ފުޅާކުރަން ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތަސައްވުރަކީ ރާއްޖޭގެ ފައިނޭންޝަލް ސެކްޓާ އަށް ކުރިއެރުންގެނެސް، ދިވެހި އިގުތިސޯދު ބައިނަލްއަގުވާމީ މާލީ ނިޒާމާއި ގުޅުވާލުން. އަދި މިކަމުގެ ތެރެއިން އަޅުގަނޑުމެންގެ ވިޔަފާރީގެ ބައިވެރިންނަށް އިތުރު މާލީ ފުރުސަތުތަކާއި މަންފާ ހޯދައިދިނުން،" ޒިޔާތު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ވިޔަފާރިތަކަށް ފަންޑު ހޯދައި ދިނުމާއި، ސިންޑިކޭޝަން އާއި ސެކިއުރިޓައިޒް ކުރުމާއި، މިވަގުތު ރާއްޖެއަށް މިދާއިރާއިން އިތުރު ހިދުމަތް ތަކެއް ތައާރަފުކުރުން ވެސް ކުންފުނީގެ އަމާޒުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މި ކުންފުނީގެ 60 ޕަސަންޓް މަސްއޫލުވެރިންގެ ހިއްސާކުރާއިރު، ބާކީ 40 ޕަސަންޓަކީ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން، ހޮވާލެވޭ އިންވެސްޓަރުންނަށް ވިއްކާ ހިއްސާ އެވެ.

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox