ސާފުގެ ސަލާމަތީ ކަންކަން ބަލަހައްޓަން 100 އަށް ވުރެ ގިނަ ފުލުހުން

ސާފް ޗެމްޕިއަންޝިޕުގެ މެޗުތަކަށް ޓިކެޓް ގަންނަން ގަލޮޅު ދަނޑުގައި ގިނަ ބަޔަކު ކިޔޫ ހަދާފައި. -ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސާފް ޗެމްޕިއަންޝިޕުގެ މެޗުތަކަށް ޓިކެޓް ގަންނަން ގަލޮޅު ދަނޑުގައި ގިނަ ބަޔަކު ކިޔޫ ހަދާފައި. -ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މާދަމާ ފަށަން ހަމަޖެހިފައިވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕްގެ ސަލާމަތީ ކަންކަން ބެެލެހެއްޓުމަށް 100 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފޯރިގަދަ ވާނެ ކަމަށް ބެލެވޭ ސާފު ޗެމްޕިއަންޝިޕުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މާލޭގެ ގަލޮޅު ދަނޑުގަ އެވެ.

ސާފުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ސުޕްރެޓިންޑެންޓް އޮފް ޕޮލިސް އަހުމަދު އަޒްހާން "އަދަދު"އަށް ވިދާޅުވީ މުބާރާތާ ގުޅުވައިގެން ގާތްގަނޑަކަށް 100-120 އާ ދެމެދުގެ އަދަދެއްގެ ފުލުހުން އެ މަސައްކަތަށް ޑިޕްލޮއި ކުރާނެ ކަމަށެވެ.

"އެއީ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް މި ކުރިޔަށް ގެންދަނީ. ކާމިޔާބުކަމާ އެއްކޮށް ބޭއްވުމަށް ސަލާމަތީ ކަންކަންވެސް ވަރަށް މުހިންމު ވާނެ. އަޅުގަނޑުމެން ހުރިހާ ކަމެއް ރާވާނީ ދަނޑުގެ އެތެރެއާ ބޭރަށް ފޯކަސްކޮށްގެން،" އަޒްހާން ވިދާޅުވި އެވެ.

ސަތޭކައަށް ވުރެ ގިނަ ފުލުހުން ސާފް މުބާރަތަށް ޑިޕްލޮއިކުރާއިރު، މަގުމައްޗާއި މެޗުތަކަށް ކޯޑޮން ކުރާ ސަރަހައްދުތަކުގައި ވެސް ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ.

މެޗުތައް ކުރިޔަށް ދާ ވަގުތުގައި ގަލޮޅު ދަނޑުގެ މަޖީދީ މަގު ފަޅީގައި އާއްމުންނަށް ޕާކު ނުކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސަރަހައްދު ހާއްސަކޮށްފައިވާނީ ވީވީއައިޕީ އާއި ވީއައިޕީ ބޭފުޅުންނަށެވެ.

"ވީވީއައިޕީގެ ގޮތުގައި މި ބަލަނީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް، ދެން އެ ސަރަހައްދުގެ އިތުރުން ގަލޮޅު ދަނޑުގެ އިރުމަތި ފަރާތަށް އޮންނަ މަގު ފަޔާ ވެހިކަލްއާއި އެމްބިއުލާންސް ފަދަ ވެހިކަލްތަކަށް ހާއްސަކުރާނެ،" އަޒްހާން ވިދާޅުވި އެވެ.

ދެ މެޗަކަށް ސަލާމަތީ ކަންކަން ވަރުގަދަ ކުރާނެ!

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މުބާރާތުގެ ބައެއް މެޗުތަކަށް ސެކިއުރިޓީ ވަރުގަދަ ކުރަން ވެސް ހަމަޖެހިފައި ވެ އެވެ.

"އެއީ ރާއްޖޭގަ އެބަ އުޅޭ ވަރަށް ބޮޑު ކޮމިއުނިޓީއެއް ބަންގްލަދޭޝްގެ. އެހެންވީމަ ބަންގްލަދޭޝް ރާއްޖެ މެޗަށާއި އިންޑިއާއާއި ރާއްޖެ ވާދަކުރާ މެޗަށް ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރާނެ،" އަޒްހާން ވިދާޅުވި އެވެ.

ގަލޮޅި ދަނޑު. ފޮޓޯ: ހުސެއިން ޝަޔާހު، އަދަދު
ގަލޮޅި ދަނޑު. ފޮޓޯ: ހުސެއިން ޝަޔާހު، އަދަދު

ގަލޮޅި ދަނޑު. ފޮޓޯ: ހުސެއިން ޝަޔާހު، އަދަދު

ބަންގްލަދޭޝްއާއި ރާއްޖެ ވާދަކުރާ މެޗު އޮކްޓޯބަރު 7 ވަނަ ދުވަހު އޮތް އިރު އިންޑިއާއާއި ރާއްޖެ ވާދަކުރާ މެޗު އޮތީ 13 ވަނަ ދުވަހު އެވެ.

ފޯރިގަދަވާނެ ކަމަށް ބެލެވޭ އެ ދެ މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަންނާނެ އެވެ.

އެހެންކަމުން އަޒްހާން އެދިވަޑައިގެންނެވީ އެފަދަ މެޗުތަކުގައި ވެސް ސަޕޯޓަރުންގެ ފަރާތުން ހަމަޖެހުން ގެއްލުވާލާ ފަދަ އަމަލުތަކުން ދުރުވެ ތިބުމަށެވެ.

ސަލާމަތީ ފިޔަވަޅުތަކުގެ ތެރޭގައި ރެންޑަމްކޮށް ދަނޑަށް ވަންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ދަބަސްތައް ފަދަ ތަކެތި ޗެކު ކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.

އަދި އެހާ ގިނަ އަދަދެއްގެ މީހުން ދަނޑަށް ވަންނަ އިރު، ވަކި ވަކިން ސްކޭން ނުކުރެވުނު ނަމަވެސް އެ މަސައްކަތް ވެސް ކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.

އަޒްހާން ވިދާޅުވީ ސާފު މުބާރާތް ކާމިޔާބުކޮށް ބޭއްވުމަށް އާއްމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.

އަދި ދަނޑަށް ވެއްދުން މަނާ ތަކެތީގެ ލިސްޓަކާއި ޕޯސްޓަރެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދަނޑުގެ ކައިރި ސަރަހައްދުގައި ބަހައްޓާނެކަމަށާއި، އެގޮތަށް ވެއްދުން މަނާ ތަކެތި ދަނޑަށް ވަންނަން ދާ އިރު ނުގެންދިޔުމަށް އަޒްހާން އިލްތިމާސް ކުރެއްވި އެވެ.

"ސަޕޯޓަރުން ދަނޑަށް ވައްދަން ފަށާނެ ދެ ގަޑިއިރު ކުރިން. އެހެންވީމަ ވަރަށް ބޮޑު އެދުމެއް އެއީ އެންމެ ފަހު ވަގުތަށް މަޑުނުކުރުން. އެއީ އަނެއްކާ ވެސް ކިއުތައް ދިގުވެގެން ގޮސް ލަސްތަކެއް ކުރިމަތިވާނެތީ. ދެން އެނގިލައްވާނެ މިއީ އާއްމު ހާލަތެއް ނޫންކަން ވެސް. އެހެންކަމުން އަޅުގަނޑުމެން ވެސް ވެކްސިން ކާޑު ބަލައި، އޭގެ މައުލޫމާތާއި އެއީ އެބޭފުޅާއަށް ނިސްބަތްވާ ސައްހަ އެއްޗެއްތޯ ވެސް ބަލާތީ، ވަގުތު ހޭދަވާނެ. އެހެންވީމަ ދުރާލާ ދަނޑަށް ވަޑައިގަތުން އެއީ ވަރަށް ބޮޑު އެދުމެއް،" އަޒްހާން ވިދާޅުވި އެވެ.

ސާފު ޗެޕްޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އޮކްޓޯބަރު 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox