މީހުންނަށް ފާރަލެވޭ ގަވާއިދު މުރާޖައާކުރަން މަޖިލީހުން ފާހެއްނުވި

މަގުމަތި ބެލެހެއްޓުމުގައި ދެ ފުލުހަކު ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މަގުމަތި ބެލެހެއްޓުމުގައި ދެ ފުލުހަކު ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ޖިނާއީ މައްސަލަތަކުގައި މީހުންނަށް ފާރަލުމާއި ވަގު ވަގަށް ހެކި ހޯދޭ ގޮތަށް ހަދާފައިވާ ގަވާއިދަކީ ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމަށް ފުލުހުންނަށް އަރައިގަނެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ގަވާއިދެއް ކަމަށް ބުނެ، އެ ގަވާއިދު މުރާޖައާ ކުރަން އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުން ބާރުލިބިގެން ހަދާފައިވާ "ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދު" ގައި ހާއްސަ އުކުޅުތަކުގެ ތެރޭގައި ހަ ކަމެއް ހިމަނާފައި ވެ އެވެ.

އެއީ ޑައިރެކްޓް ސަވައިލެންސް އާއި ކޯވާޓް ހިއުމަން އިންޓެލިޖެންސް އާއި އިންޓްރޫސިވް ސަވައިލެންސް އާއި އިންޓަސެޕްޝަން އާއި ސްޓިންގް އޮޕަރޭޝަން އަދި ޕާސޯނާ އުކުޅުތަކެވެ.

އެކަމާ ގުޅިގެން މާވަށު ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، އެ ގަވާއިދުގެ ދަށުން އެކިއެކި އާލަތްތައް ބޭނުންކޮށްގެން މީހުންނަށް ޖާސޫސު ކުރުމާއި ފާރަލެވުމަކީ އާންމު ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ މިނިވަންކަމާއި ހައްގަށް ހުރަސްއެޅޭ ކަމަށެވެ.

ސައީދު
ސައީދު

މާވަށު ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލިސް

އެގޮތުން، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް މިނިކަމަކާއި ހައްގެއް ގާނޫނަކުން އަދި ގަވާއިދަކުން ވެސް ނިގުޅައިގަތުމަށް ޖާގަ ނުލިބޭތީ، އެ ގަވައިދު އަލުން މުރާޖައާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ މައްސަލައިގައި ވަނީ ގޮވާލައިފަ އެވެ.

ނަމަވެސް، އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގުނު ވޯޓުގައި، އެ މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް 22 މެމްބަރުން ވޯޓާއެކު އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދީފައިވަނީ އެންމެ ހަތް މެމްބަރުންނެވެ.

އެ ގަވާއިދުން ފުލުހުންނަށް ލިބިދޭ ބައެއް ބާރުތައް

ފުލުހުންގެ ހިދުމަތުގެ ގާނޫނުން ބާރުލިބިގެން ހަދާފައިވާ އެ ގަވާއިދުގައި ހާއްސަ އުކުޅުތަކުގައި ހިމެނޭ ޑައިރެކްޓް ސަވައިލެންސަކީ މީހެއްގެ ހަރަކާތްތަކަށް ފާރަލުމެވެ.

ކޯވާޓް ހިއުމަން އިންޓެލިޖެންސަކީ ޖާސޫސުން މެދުވެރިކޮށް މީހަކާ މެދު ގުޅުމެއް އުފައްދައިގެން މައުލޫމާތު ހޯދަން އުޅުމެވެ. އިންޓްރޫސިވް ސަވައިލެންސަކީ ގޭ ތެރެ ނުވަތަ އޮފީސް ފަދަ ތަނެއް ބަގުކޮށް އަޑާއި މަންޒަރު ރެކޯޑު ކުރެވޭ ގޮތް ހެދުމެވެ.

އިންޓާސެޕްޝަނަކީ ފޯނު ނުވަތަ އީމެއިލް ފަދަ ތަކެތި ބެލުމާއި އަޑުއެހުމެވެ. ސްޓިންގް އޮޕަރޭޝަންތަކަކީ ހެއްކާއެކު މީހަކު އަތުލުމަށް ވަކި ސެޓިންއެއް ހެދުމެވެ.

ޕާސޯނާއަކީ ވާޗުއަލް ނުވަތަ ފޭކު މީހެއްގެ ނަމުގައި މުއާމަލާތްކޮށްގެން ހެކި ހޯދުމެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުން ކުރެވޭނީ ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގަ އާއި ބޮޑެތި ކުށްތައް ތަހުގީގު ކުރުމުގަ އެވެ. އަދި ބޭނުންކުރަންޖެހިއްޖެ ނަމަ ހުއްދަ ލިބިގެން އެހެން ހާލަތްތަކުގައި ވެސް އެފަދަ އުކުޅުތައް ބޭނުން ކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

ގަވާއިދުގައި ބުނެފައިވާ ހުރިހާ އުކުޅުތަކަކީ ވެސް ފުލުހުން މިހާރު ބޭނުން ކުރަމުންދާ އުކުޅުތަކެވެ. އަދި އެފަދަ އުކުޅުތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ ބޮޑެތި މައްސަލަތައް ހިންގުމުގެ ކުރިން ހުއްޓުވާފައި ވެސް އެބަހުއްޓެވެ.

އޭގެ އިތުރުން، ފުލުހުންނާ ގުޅޭ ހަތިޔާރު ގެންގުޅުމުގެ ގަވާއިދަކާއި ފުލުހުންގެ ބާރު ބޭނުން ކުރުމުގެ ގަވާއިދަކާއި ޕޮލިސް ރިކޯޑް ދޫކުރުން ފަދަ ގަވާއިދުތަކެއް ހޯމް މިނިސްޓްރީން ވަނީ ގެޒެޓުކޮށްފަ އެވެ. އެ ހުރިހާ ގަވާއިދުތަކެއް ވެސް ގެޒެޓުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، ގައި ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox