ނޯ-ގޯ ލިސްޓުން ނަގާ އިނގިރޭސިންނަށް ރާއްޖެ ހުޅުވާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރެސްޓޯރަންޓުތައް ހުންނަ ސަރަހައްދުގައި ޓޫރިސްޓަކު: -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރެސްޓޯރަންޓުތައް ހުންނަ ސަރަހައްދުގައި ޓޫރިސްޓަކު: -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އިނގިރޭސި ސަރުކާރުގެ ފޮރިން އޮފީހުގެ ޒަރޫރީ ނޫން ބޭނުންތަކުގައި ދަތުރުނުކުރާ "ނޯ-ގޯ" ލިސްޓުން ރާއްޖެ މިއަދު އުނިކޮށްފި އެވެ.

ރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން ޓްވިޓާގައި ބުނީ، ފޮރިން އޮފީހުގެ ދަތުރުުކުރުން މަނާ ގައުމުތަކުގެ ލިސްޓު މުރާޖާކޮށް ރާއްޖޭގެ ނަން އުނިކޮށްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ކޮވިޑުގެ ހާލަތަށް އައި ބަދަލާއެކު، އެ ލިސްޓުން ނެގުމާއެކު އިނގިރޭސިވިލާތުން ރާއްޖެ އަންނަން މިހާރު އެއްވެސް ހުރަހެއް ނޯންނާނެ އެވެ.

މި އަހަރުގެ މޭ މަހުން ފެށިގެން އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި އޮތުމަށް ފަހު ހުސްވި ހަފުތާއިން ފެށިގެން ރާއްޖެ ދަތުރުކުރަން ހުއްދަ ދިން ނަމަވެސް، ފޮރިން އޮފީހުގެ މި ލިސްޓުގައި އޮތުމުން ދަތުރުކުރަން ބޭނުންވާ މީހުންނަށް އޮޅުންބޮޅުން އެރި އެވެ. އަދި އެ ގައުމުގެ ޓްރެވަލް އެޖެންސީތަކުން ދެ ލިސްޓު އެއްގޮތް ކުރުމަށް އިނގިރޭސި ސަރުކާރަށް ގޮވާލާފަ އެވެ.

އެ ޓްރެވަލް އެޖެންސީތަކުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ، ސަރުކާރުގެ ދެ ލިސްޓެއްގައި ދެ ގޮތަށް އޮތުމަކީ ބުއްދި ގަބޫލުކުރެވޭ ހަމައެއް ނޫން ކަމަށެވެ. އަދި ކޮންމެވެސް އެއް ގޮތަކަށް އެކަން ކަނޑައަޅާ، ދަތުރުކުރެވޭނެތޯ އޮތް ސުވާލަށް ސާފު ޖަވާބެއް ދިނުމަށް ގޮވާލި އެވެ.

ޓްރެވަލް އެޖެންސީތަކުން މި ލިސްޓުތައް އެއްގޮތް ކުރަން ގޮވާލި މައިގަނޑު ސަބަބަކީ ފޮރިން އޮފީހުގެ "ނޯ-ގޯ" ލިސްޓުގައި އޮންނަ ގައުމުތަކަށް ދަތުރުކުރެވުނު ނަމަވެސް، އިންޝުއަރެންސް ނުލިބޭތީ އެވެ. އެގޮތުން ބަލިމަޑުކަމުގެ މި ހާލަތުގައި ޓްރެވަލް އިންޝުއަރެންސާ ނުލާ ދަތުރުކުރުން ރަނގަޅު ނުވާނެތީ، މިކަމަށް ހައްލެއް ހޯދައިދޭން އެ ވިޔަފާރިތަކުން ގޮވާލި އެވެ.

ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަައް ކަމުގައިވާ ބަންގްލަދޭޝް އަދި ސްރީލަންކާއަށް ވެސް މި މައްސަލަ ދިމާވި އެވެ. ފަހުން އާންމުކުރި ލިސްޓުގައި ރާއްޖެއެކޭ އެއް ފަދައިން މި ދެ ގައުމު ވެސް ވަނީ ލިސްޓުން އުނިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox