މައުމޫން, ފާރިސް އަދި ނާދިރާ އޮޓޯއިން އެމްއާރްއެމްގެ ލީޑަޝިޕަށް

އެމްއާރްއެމްގެ ލީޑަޝިޕަށް ހޮވުނު މައުމޫން, ފާރިސް އަދި ނާދިރާ: އެހެން މަގާމުތަކަށް މީހުން ހޮވާނީ ކޮންގްރެސްގައި ބާއްވާ އިންތިހާބުން

އެމްއާރްއެމްގެ ލީޑަޝިޕަށް ހޮވުނު މައުމޫން, ފާރިސް އަދި ނާދިރާ: އެހެން މަގާމުތަކަށް މީހުން ހޮވާނީ ކޮންގްރެސްގައި ބާއްވާ އިންތިހާބުން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާފައިވާ އެމްއާރްްއެމްގެ ލީޑަޝިޕްގެ އެންމެ އިސް ތިން މަގާމަށް އޮޓޯއިން ބޭފުޅުން ހޮވިއްޖެ އެވެ.

އޮޓޯއިން ހޮވިފައިވަނީ ޕާޓީގެ ޒައީމްގެ މަގާމަށް މައުމޫންނާއި ރައީސްގެ މަގާމަށް އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަދި ނައިބު ރައީސް އަންހެންގެ މަގާމަށް އައިމިނަތު ނާދިރާ އެވެ.

އެމްއާރްއެމްގެ ޒައީމްގެ މަގާމު އުފެއްދީ ވެސް މައުމޫނަށް ހާއްސަކޮށްފަ އެވެ. އެހެންވެ, އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ. ހަމަ އެގޮތަށް, ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް އަންހެންގެ މަގާމަށް ވެސް ފާރިސް އާއި ނާދިރާގެ އިތުރުން އެހެން ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ.

އެ ޕާޓީގެ އިންތިހާބުތަކާ ބެހޭ ގަވައިދުގެ 11 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި, މަގާމަކަށް ޝަރުތު ހަމަވާ އެންމެ ކެންޑިޑޭޓެއް ކުރިމަތިލާފައިވާނަމަ, އެ ކެންޑިޑޭޓަކު އިންތިހާބުވީ އެވެ. މައުމޫން އާއި ފާރިސް އަދި ނާދިރާއަށް މަގާމު, އޮޓޯއިން ލިބިފައިވަނީ މި މާއްދާގައި އެހެން އޮތުމުންނެވެ.

އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް ކުރިމަތިލައްވާފައިވަނީ, ސިޔާސީ މައިދާނާ ވަރަށް ދުރުގައި ހުންނެވުމަށްފަހު އެވެ. އެމްއާރްއެމް އުފައްދައި, އެ ޕާޓީގެ އިންތިގާލީ ކޮމިޓީގައި ފާރިސް އިންނެވި ނަމަވެސް, އޭނާ ފެނުނީ ސިޔާސީ މަސައްކަތްތަކާ ވަރަށް ދުރުންނެވެ.

ސިޔާސީ މައިދާނާ ފާރިސްއަށް ދުރަށްވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު އެވެ. ކުރީގެ ދިއްގަރު ދާއިރާގެ މެންބަރަށް އެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލައްވައިގެން ކާމިޔާބެއް ނުވި އެވެ.

އެމްއާރްއެމްގެ ޖަލްސާއެއްގެ ތެރެއިން: ޕާޓީގެ ރައީސް ކަމަށް ފާރިސް ވަނީ ހޮވިފައި
އެމްއާރްއެމްގެ ޖަލްސާއެއްގެ ތެރެއިން: ޕާޓީގެ ރައީސް ކަމަށް ފާރިސް ވަނީ ހޮވިފައި

އެމްއާރްއެމްގެ ޖަލްސާއެއްގެ ތެރެއިން: ޕާޓީގެ ރައީސް ކަމަށް ފާރިސް ވަނީ ހޮވިފައި

ފާރިސްގެ ނަން ސިޔާސީ މައިދާނުގައި މަޝްހޫރުވެގެން ދިޔައީ, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ކޮރަޕްޝަންތަކާ ދެކޮޅު ކަމަށް ވިދާޅުވެ, ޕީޕީއެމްގައި ހުންނަވައި އެކަމާ ދެކޮޅަށް އަޑުއުފުލައްވަން ފެއްޓެވުމުންނެވެ.

އޭނާ އިސްކޮށް ހުންނަވައި މަޖިލީހުގެ އޭރުގެ ރައީސް އަބްދުالله މަސީހު މަގާމުން ވަކިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެކަމުގައި ރިޝްވަތު ބެހި ކަމުގެ ތުހުމަތުކޮށް, އެންމެފަހުން ފާރިސް ހައްޔަރުކުރީ އެވެ. އެފަހުން ޔާމީންގެ ވެރިކަން ނިމެންދެން ފާރިސް ހުންނެވީ ޖަލުގަ އެވެ. އޭނާގެ މައްޗަށް ދައުވާތައް ވެސް އުފުލާފައި އޮތެވެ. ނަމަވެސް, ވެރިކަން ނިމުމާއެކު ކޯޓުތަކުން ވަނީ ފާރިސްއާ ދެކޮޅަށް ހުރި މައްސަލަތައް ބޭރުކޮށްލާފަ އެވެ.

މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަން އުފައްދައި, އެ ކޯލިޝަންގެ މަސައްކަތްތައް ހިންގެވުމުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެންމެ އިސްކޮށް އުޅުއްވީ ފާރިސް އެވެ.

ހަމައެހެން, ނާދިރާއަކީ ޕީޕީއެމް ދެބައިވެގެން ދިޔައިރު މައުމޫން ފެކްޝަނުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި, ރައީސް ސޯލިހުގެ ކެމްޕެއިންގައި އެމްއާރްއެމްގެ ފަރާތުން އިސްކޮށް އުޅުއްވީ ވެސް ނާދިރާ އެވެ. އޭގެއިތުރުން އެމްއާރްއެމްގެ ޓިކެޓްގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި އެވެ.

ވާދަވެރިކަން އޮތީ ނައިބު ރައީސްގެ މަގާމަށް

އެމްއާރްއެމްގެ އިސް މަގާމުތަކުގެ ތެރެއިން ކިރިޔާވެސް ވާދަވެރިކަމެއް އޮތީ ނައިބު ރައީސްގެ މަގާމަށެވެ. އެ މަގާމަށް ކުރިމަތިލައްވާފައިވަނީ މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ (ޝިމައްޓޭ) އެވެ.

މި ދެ ބޭފުޅުންގެ މެދުގައި ވާދަވެރި އިންތިހާބެއް ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ.

މައުމޫންގެ އާއިލާއިން އެމްއާރްއެމްގައި ދެން އުޅުއްވާ, ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން, ޕާޓީގެ އިސް މަގާމަކަށް ކުރިމަތިލައްވާފައެއް ނުވެ އެވެ.

އެމްއާެރްއެމްގެ ޖަލްސާއެއްގައި ޝިމައްޓޭ, އެހެން ބައެއް މެންބަރުންނާއެކު
އެމްއާެރްއެމްގެ ޖަލްސާއެއްގައި ޝިމައްޓޭ, އެހެން ބައެއް މެންބަރުންނާއެކު

އެމްއާެރްއެމްގެ ޖަލްސާއެއްގައި ޝިމައްޓޭ, އެހެން ބައެއް މެންބަރުންނާއެކު

މަގާމުތަކަށް މީހުން އިންތިހާބު ކުރުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގަ އެވެ.

ޑިސެމްބަރު 20، 2019ގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ރެޖިސްޓާކުރި އެމްއާރުއެމްގެ ކޮންގްރެސް އަންނަ މަހު ބާއްވަން ހަމަޖެހިފައިވަނީ ކޮވިޑާ ހެދި ކޮންގްރެސް ނުބޭއްވި ލަސްވުމާއެކު، އީސީން ކޮންގްރެސް ބާއްވަން ދޭ މުއްދަތު އިތުރުކޮށްދިނުމުންނެވެ.

އާއްމުކޮށް ޕާޓީއެއްގެ ކޮންގްރެސްއަކީ އެ ޕާޓީއެއް ރެޖިސްޓްރީ ކުރާތާ ކުރު މުއްދަތެއް ތެރޭ ބާއްވަން ޖެހޭ ޖަލްސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox