އިންޑިއާ އެއްބަސްވުންތަކުގެ ތަފްސީލު ހޯދަން އަނެއްކާވެސް އެދިއްޖެ

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކައިރީގައި ފުލުހުން ސެކިޔުރިޓީ ބަލަހައްޓަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކައިރީގައި ފުލުހުން ސެކިޔުރިޓީ ބަލަހައްޓަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މި ސަރުކާރުން އަވަށްޓެރި އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާ ކަމުގެ ތުހުމަތުކުރެވޭ ކަމަށް ބުނެ، އެ އެއްބަސްވުންތަކުގެ ތަފްސީލް ހޯދަން އިދިކޮޅުން އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

އިންޑިއާއާއެކު ވެފައިވާ ބޮޑެތި އެއްބަސްވުންތަކުގެ ތަފްސީލް ހޯދަން މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެ މައުލޫމާތު ހޯދަން މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް ހުށަހެޅުއްވި ކަމަށެވެ.

އެއާ ގުޅުވައި އާދަމް ޝަރީފް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އިންޑިއާ ސަރުކާރާއެކު ރައީސް އިބްރހާިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަދަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެ، ސިޔާދަތަށް ގެއްލުންވާ ކަމަށް އެތައް ބަޔަކު މިހާރު ވެސް ތުހުމަތު ކުރަމުންދާ ކަމަށެވެ.

Advertisement

އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެ އާއި އިންޑިއާދެމެދު ޒަމާނުއްސުރެ އޮތް ރަހުމަތްތެރިކަމާއި އިންޑިއާ ކަނޑުގެ ރައްކާތެރިކަން ވެސް ގެއްލިގެން ހިނގައިދާނެ ކަަމަށް ޝަރީފްގެ ހުށަހެޅުމުގައި ވިދާޅުވެފައިވެ އެވެ.

އެހެންކަމުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ނެތްކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިއާއާއެކު ސޮއިކުރި ޔޫޓީއެފްގެ އެއްބަސްވުމާއި ހައިޑްރޮގްރޮފީ އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގެ އަސްލު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ (241) ކޮމިޓީއާ ހިއްސާކުުރުމަށް އެ ސިޓީގައި އެދިވަޑައިގެންފައި ވެ އެވެ.

އެއްބަސްވުންތަކާމެދު އޮތް ކަންބޮޑުވުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިންޑިއާއާއެކު އޮންނަ ޒަމާންވީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށްފަހު، މި ސަރުކާރުން އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.

އެގޮތުން، އިންޑިއާއިން ދަނީ ތިލަފުއްޓާއި މާލެ ގުޅާލުމުގެ ބުރިޖު މަޝްރޫއުގެ އިތުރުން ގުޅިފަޅަށް ބަނދަރު ބަދަލުކުރުންފަދަ ބިޔަ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ވެސް އިންޑިއާއިން ރާއްޖެއަށް މެދުނުކެނޑި ގިނަ އެހީތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.

މި ސަރުކާރު އައި ފަހުން، އިންޑިއާއިން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ފޯރުކޮށްދީފައިވާ ފައިސާގެ އަދަދު މިހާރު ވަނީ ދެ ބިލިއަން އެމެރިކާ ޑޮލަރު ހުރަސްކޮށްފަ އެވެ.

ނަމަވެސް، އިންޑިއާގެ އެހީގައި ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގަނީ ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ބޭތިއްބުމުގެ ބޭނުމުގައި ކަމުގެ ތުހުމަތުތައް އިދިކޮޅުން އިސްވެ ދަނީ ކުރަމުންނެވެ. އެގޮތުން، އައްޑޫގައި ޕޮލިސް އެކޭޑެމީއެއް އެޅުން ފަދަ މަޝްރޫއުތަކުގެ އިތުރުން އިންޑިއާގެ ކޮންސިޔުލޭޓެއް އަޅަނީ އެ ބޭނުމުގައި ކަމަށް ބުނެ އެ އަތޮޅުގެ ޕީޕީއެމް މެމްބަރުން ވެސް ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އަދި އުތުރުތިލަފަޅުގައި ދިވެހި ކޯސްޓްގާޑަށް ޑޮކްޔާޑަކާއި ބަނދަރެއް އިންޑިއާ ސަރުކާރުން އަޅައިދެނީ ހަތިޔާރާއެކު އިންޑިއާ ސިފައިން އެތަނުގައި ތިބެވޭ ގޮތަށް ކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

އޭގެ އިތުރުން، ހދ. ހަނިމާދޫގެ އެއާޕޯޓު ތަރައްގީކުރާއިރު އެތަނުގައި އިންޑިއާގެ ވައިގެ ސިފައިން ތިބޭނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ނަމަވެސް، ސަރުކާރާއެކު ސަލާމަތީ ބާރުތަކުން ވެސް ދަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.

އެގޮތުން، ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާފަދަ ގޮތަކަށް ބޭރު ގައުމެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބޭނެ ޖާގަ ނުދޭނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox